Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލައިބްރަރީ ފޮތް

ކެލިފޯނިއާގެ ލައިބްރަރީއަކުން ނެގި ފޮތެއް، 46 އަހަރު ފަހުން އަނބުރާ ރައްދުކޮށްފި

މި ފޮތް ފޮނުވާފައި ވަނީ ކާކުކަން ހާމަނުވާ ގޮތައް. އޭގެ ތެރޭގައި އޮތް ނޯޓެއްގައި "މިހާ ލަސްވީތީ މައާފަށް އެދެން" މިހެން ލިޔެފައިވާއިރު، އަތުން ކުރަހާފައިވާ ހިނިތުންވުމެއްގެ ނިޝާނެއް އިން.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 16:51
ލައިބްރަރީ އެއްގެ ހަރުގަނޑުގައި ޖަހާފައިވާ ފޮތް

ލައިބްރަރީ އެއްގެ ހަރުގަނޑުގައި ޖަހާފައިވާ ފޮތް | ގެޓީ އިމޭޖަސް

އެމެރިކާގެ ކެލިފޯނިއާގެ ލައިބްރަރީއަކަށް ލިބުނު ޕާރުސަލެއް ކަނޑާލިއިރު، މީގެ 46 އަހަރު ކުރިން އަނބުރާ ހަވާލުކުރަންޖެހޭ ފޮތެއް އޭގެ ތެރޭގައި އޮތުމުން އެތަނުގެ މުވައްޒަފުންނަށް ބޮޑު ހައިރާންކަމެއް ލިބިއްޖެ އެވެ.

ސެން ޑިއޭގޯ ކައުންޓީ ލައިބްރަރީގެ ލާމޭސާ ގޮފީގެ ބްރާންޗް މެނޭޖަރު ކެސީ ކޮލްޑްވިން ބުނި ގޮތުގައި، މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އޭނާ ހުޅުވި ޕާރުސަލަކުން ފެނުނީ ޝީލާ ބޭންފޯޑް ލިޔެފައިވާ "ދަ އިންކްރެޑިބަލް ޖާނީ" ނަމަކަށް ކިޔާ ފޮތެކެވެ. ލައިބްރަރީގެ ރެކޯޑްތައް ބުނާ ގޮތުން މި ފޮތަކީ ވަރަށް ކުރިން އަނބުރާ ހަވާލުކުރަން ޖެހިފައިވާ ފޮތެކެވެ.

"އެ ޕާރުސަލް ހުޅުވާލުމުން ވަރަށް ބޮޑަށް ބާ ފޮތުގެ ވަސް ދުވި،" ކޮލްޑްވިން ކިޔައިދިނެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ލައިބްރަރީގެ އެޑްރެސް ބަދަލުވެފައި ވީނަމަވެސް، އެ ފޮތް ފޮނުވި ފަރާތުން އެކަން ހޯދައި ބަލައިގެން ސީދާ ރަނގަޅު ގޮތްޕަށް ފޮތް ފޮނުވާފައިވާތީ އެއީ ވަރަށް ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ.

މި ފޮތް ފޮނުވާފައި ވަނީ ކާކުކަން ހާމަނުކޮށް އާދައިގެ ޕާރުސަލެއްގަ އެވެ. އޭގެ ތެރޭގައި އޮތް ނޯޓެއްގައި "މިހާ ލަސްވީތީ މައާފަށް އެދެން" މިހެން ލިޔެފައިވާއިރު، އަތުން ކުރަހާފައިވާ ހިނިތުންވުމެއްގެ ނިޝާނެއް އިނެވެ.

Loading Instagram post...

ލައިބްރަރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެ ފޮތް އަނބުރާ ހަވާލުކުރަން ޖެހޭ ތާރީޚަކީ 20 މޭ 1980 އެވެ.

ސެން ޑިއޭގޯ ކައުންޓީން އިންސްޓަގްރާމް ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ލައިބްރަރީން ނަގާ ތަކެތި އަނބުރާ ހަވާލުކުރުމަށް ކިތަންމެ ލަސްވި ކަމުގައި ވިޔަސް ދުވަހަކު ވެސް ވަގުތު ފާއިތެއް ނުވާނެ ކަމަށެވެ. އަދި މިހާރު އެ ލައިބްރަރީން ފޮތް ލަހުން ހަވާލުކުރުމުން ދުވަހުން ދުވަހަށް އަރާ ޖޫރިމަނާ ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ކޮލްޑްވިން ބުނީ މި ފޮތް އަލުން ކިއުންތެރިންނަށް ދޫކުރާ ސެކްޝަނަކަށް ނުލާނެ ކަމަށެވެ. އޭގެ ބަދަލުގައި، މި މަޖާ ހާދިސާގެ ހަނދާނެއްގެ ގޮތުން އޭނާގެ އަމިއްލަ މޭޒުމަތީގައި އެ ފޮތް ބާއްވާނެ ކަމަށް އޭނާ ބުންޏެވެ.

ކެލިފޯނިއާސެން ޑިއޭގޯ ކައުންޓީ ލައިބްރަރީދަ އިންކްރެޑިބަލް ޖާނީކުތުބުހާނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ކެލެފޯނިއާ ހައިވޭ ޕެޓްރޯލް އިން ކަމަލާ އަށް ސެކިއުރިޓީ ފޯރުކޮށްދެނީ

ކެލެފޯނިއާ ހައިވޭ ޕެޓްރޯލް އިން ކަމަލާ އަށް ސެކިއުރިޓީ ފޯރުކޮށްދެނީ

02 ސެޕްޓެމްބަރު 2025
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު