Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ

ރޮހިންޖާ މުސްލިމުންގެ އަވަށްތައް އަސްކަރިއްޔާއިން ދަނީ އަންދަމުން: އެމްނެސްޓީ އިންޓަނޭޝަނަލް

15 ސެޕްޓެމްބަރު 2017 | ހުކުރު 09:12

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 15 ސެޕްޓެމްބަރު 2017 | ހުކުރު 09:12
އެމްނެސްޓީ އިން އާއްމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކެއް

އެމްނެސްޓީ އިން އާއްމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކެއް

މިޔަންމާގެ ހުޅަނގު އައްސޭރިފަށުގައި މުސްލިމުން ދިރިއުޅޭ އަވަށްތައް ނައްތާލުމަށްޓަކައި، އެގައުމުގެ އަސްކަރިއްޔާއިން އަވަށްތަކުގައި ހުޅުޖަހަމުންދާ ކަމަށާއި މިއީ "ރާވައިގެން ހިންގާ ކޭމްޕޭނެއް ކަމަށް" އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީ އިން ބުނީ މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޖާ މުސްލިމުން ގައުމުން ފައްސާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ހެކި ހުރި ކަމަށެވެ. އެމްނެސްޓީ އިން ވަނީ މިކަން ސާބިތު ކުރުމަށްޓަކައި ސެޓެލައިޓް ފޮޓޯތަކެއްވެސް އާއްމުކޮށްފައެވެ.

އެމްނެސްޓީ އިން ބުނީ އެމްނެސްޓީއަށް ލިބުނު މައުލޫމާތު ލިބިފައި ވަނީ ފަޔަރ ޑިޓެކްޝަން ޑޭޓާ، ސެޓެލައިޓް އިމޭޖަރީ، ފޮޓޯ، ވީޑިއޯ، އިންޓަވިއުތަކާއި އަދި މަންޒަރު ދުށްމީހުން މެދުވެރިކޮށް ކަަމަށެވެ. އަދި އެމްނެސްޓީ ލިބިފައިވާ ހެކި ދޮގު ނުކުރެވޭނެ ކަމަށްވެސް އެމްނެސްޓީ އިން ބުނެއެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ބުނަމުން ދަނީ އަސްކަރިއްޔާ އިން ހަނގުރާމަކުރަމުން ދަނީ މުސްލިމު ހަނގުރާމަވެރިންނާއި ކަމަށާއި އާންމުންނަށް ހަމަލާ ނުދޭ ކަމަށެވެ.

އޯގަސްޓް މަހު ހަމަނުޖެހުން ފެށުނު ފަހުން ހަތަރު ލައްކައެއްހާ ރޮހިންޖާ މުސްލިމުން ވަނީ ގައުމު ދޫކޮށް ބަންގްލަދޭޝަށް ގޮސްފައެވެ.

މިޔަންމާގެ ރަހައިން ސްޓޭޓުގައި މުސްލިމުންނާ މެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވުމަށް ޓިބެޓްގެ ބުޑިސްޓުންގެ ލީޑަރު ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީއަށް ދާދިފަހުން ވަނީ ގޮވާލައްވާފައެވެ. ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީއަށް މިމޭރުމުން ގޮވާލެއްވީ ދާދިފަހުން އަން ސަން ސޫޗީއަށް އޭނާ ފޮނުއްވި ސިޓީއެއްގައެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގައި އޮންނަ ރަހައިން ސްޓޭޓުގައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް