Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު

ރައީސް ސޯލިހު ގެ ސަރުކާރުން ހަމަޖައްސައިދިން ފަންޑު މިސަރުކާރުން ނުދީގެން، މަސައްކަތް ނިމިފައިވާ ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ނުހުޅުވިފަ!

ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ކުރީގެ ސަރުކާރުގައި ނިމި، ފަރުނީޗަރާއި އިކުއިޕްމަންޓަށް އިންޑިއާގެ ފަންޑު ހަމަޖެހިފައި އޮތަސް މި ސަރުކާރުން އެ ފަންޑު ދެ އަހަރުވީއިރު ކައުންސިލަށް ޖަމާނުކުރާކަމަށް ކައުންސިލް ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުގެ ފަހުކޮޅު އެތަނަށް ބޭނުންވާ ފަރުނީޗަރު އަދި އިކުއިޕްމަންޓް ވެސް ވަނީ ހަމަޖެހިފަ.

އަލީ ޝާހީން
އަލީ ޝާހީން | 25 ޑިސެމްބަރު 2025 | ބުރާސްފަތި 14:16
ރައީސް ސޯލިހު ގެ ސަރުކާރުން ށ. ފޯކައިދޫ ގައި ތަރައްގީކޮށް ނިންމާފައިވާ ކޮމިއުނިޓީ ސެންޓަރު

ރައީސް ސޯލިހު ގެ ސަރުކާރުން ށ. ފޯކައިދޫ ގައި ތަރައްގީކޮށް ނިންމާފައިވާ ކޮމިއުނިޓީ ސެންޓަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން ށ. ފޯކައިދޫ ގައި ތަރައްގީކޮށް ނިންމާފައިވާ ކޮމިއުނިޓީ ސެންޓަރު ރަސްމީކޮށް ނުހުޅުވި ހުރީ، ހަމަޖެހިފައި އޮތް ފަންޑު މި ސަރުކާރުން ނުދީގެން ކަމަށް އެރަށު ކައުންސިލް ގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ، ރައީސް ސޯލިހު ގެ ސަރުކާރުގައި ފޯކައިދޫ ކޮމިއުނީޓީ ސެންޓަރުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައި ކަމަށާއި އަދި މިދިޔަ ސަރުކާރުގެ ފަހުކޮޅު އެތަނަށް ބޭނުންވާ ފަރުނީޗަރު އަދި އިކުއިޕްމަންޓް ވެސް ވަނީ ހަމަޖެހިފަ ކަމަށެވެ. އާސިފް ވިދާޅުވީ އޭރުގެ އުސޫލުތައް އޮންނަ ގޮތުން ކައުންސިލް އަށް ފައިސާ ލިބެނީ ދައުލަތު ގެ ކަމާގުޅުންހުރި މިނިސްޓްރީތައް މެދުވެރިކޮށް ކަމަށެވެ. އަދި އެ އެފަންޑަކީ އިންޑިއާ ސަރުކާރު ހަމަޖައްސައިދީފައިވާ ފަންޑެއް ކަން ފާހަގަ ކުރައްވާ އާސިފް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ވެސް ފައިސާ ނުލިބޭ ކަމަށެވެ.

އަޅުގަނޑުމެންނަށް ފޮރިން މިނިސްޓްރީއިން އަންގާފަ އޮތް އެ ފައިސާ ޖަމާކުރަން ފޮނުވާފައި އޮތް ކަމަށް. އޭރުގެ ޔޫތު މިނިސްޓްރީ އަށް ޖަމާކުރަން ފޮނުވާފަ އޮތް ކަމަށް ދެން ވެރިކަން ބަދަލުވެ ދެ އަހަރުވެގެން ދިޔައިރުގައި އަޅުގަނޑުމެންނަށް މިއުޅެނީ މިތަނަށް ހަމަޖެހުން ފަންޑު ނުލިބިގެން، މިތާގެ ފަރުނީޗަރު ނުހޯދިގެން މިއުޅެނީ.
ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް

މީގެ އިތުރުން އާސިފް ވިދާޅުވި ކައުންސިލް އިން މެނޭޖް ކޮށްގެން ކޮމިއުނިޓީ ސެންޓަރުގައި ކޮންމެސް ވަރަކަށް ހިދުމަތްތަކެއް ދޭ ކަމަށެވެ. އެހެން ނަމަވެސް އެތަނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ކަންކަން ނުނިމި ހުރީ އެ ފަންޑު ނުލިބިގެން ކަމަށް އާސިފް ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ފޯކައިދޫ ގެ މި ޕްރޮޖެކްޓް އަކީ އެހެން ޕްރޮޖެކްޓްތަކާއި ހިލާފަށް މަސައްކަތް ނިމި ފަންޑު ވެސް ހަމަ ޖެހިފައިވާ ޕްރޮޖެކްޓެކެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގަ ހަމަޖެހިފައިވާ ފަންޑު، 2 އަހަރު ވީއިރު ފޯކައިދޫ ކައުންސިލް އަށް ޖަމާނުކުރާކަން ވެސް ފާހަގަކޮށްލެވެ އެވެ. 

އިބްރާހިމް މުހައްމަދު ސާލިހުފޯކައިދޫއަހުމަދު އާސިފްކޮމިއުނިޓީ ސެންޓަރުމޯލްޑިވްސް-އިންޑިއާކައުންސިލުތައް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ވަޖްޕާއީ ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރޭ: ފައިސަލް ނަސީމް

25 ޑިސެމްބަރު 2025
ވަޖްޕާއީ ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރޭ: ފައިސަލް ނަސީމް
24 ޑިސެމްބަރު 2025

"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

24 ޑިސެމްބަރު 2025
"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ
24 ޑިސެމްބަރު 2025

ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި ކުރާކަމަކީ ވިނަ ނޮޅުން، އިތުރު މަސައްކަތެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އާސިފް

24 ޑިސެމްބަރު 2025
ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި ކުރާކަމަކީ ވިނަ ނޮޅުން، އިތުރު މަސައްކަތެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އާސިފް
22 ޑިސެމްބަރު 2025

ފޯކައިދޫ ގައި އިސްލާމީ މަރުކަޒެއް މުއިއްޒު އަޅައިދޭތީ ބޮޑު މިސްކިތް ތަޅާލައި، ސްކޫލުގައި ހުކުރު ކުރާ ގޮތައް ހަމަޖައްސާ، އެންމެ ފަހުން އެޅި ބިންގާ ވެސް ގެއްލިއްޖެ!

22 ޑިސެމްބަރު 2025
ފޯކައިދޫ ގައި އިސްލާމީ މަރުކަޒެއް މުއިއްޒު އަޅައިދޭތީ ބޮޑު މިސްކިތް ތަޅާލައި، ސްކޫލުގައި ހުކުރު ކުރާ ގޮތައް ހަމަޖައްސާ، އެންމެ ފަހުން އެޅި ބިންގާ ވެސް ގެއްލިއްޖެ!
20 ޑިސެމްބަރު 2025

މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން

20 ޑިސެމްބަރު 2025
މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން
10 ޑިސެމްބަރު 2025

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
06 ޑިސެމްބަރު 2025

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި
02 ޑިސެމްބަރު 2025

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
26 ނޮވެމްބަރު 2025

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025
މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު