Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޔަރު ކުރި ދިވެހިން

މެލޭޝިއާ އިން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބެއް ދެވެން ނެތް: ފުލުހުން

ހައްޔަރު ކުރީ 29 އަހަރާއި 33 އަހަރުގެ ފިރިހެނެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 08:42
މެލޭޝިޔާ ފުލުހުން ހައްޔަރުކުރި މީހުން

މެލޭޝިޔާ ފުލުހުން ހައްޔަރުކުރި މީހުން

ސީރިޔާ އަށް ހަނގުރާމަ އަށް ދާން އުޅެނިކޮށް މެލޭޝިއާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ގެނެސް ދިން ނަމަވެސް މި ވަގުތު އެކަަމަށް އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހަނގުރާމައަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން އެ ގައުމުން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވާތީ އެކަމާ ގުޅޭ މައުލޫމާތު ސާފް ކުރުމަށް ރާއްޖެއެމްވީން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އެއް ކަމަށް ވާތީ އެ މައްސަލައާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާކަން ނުވަތަ ނޫންކަން ވިދާޅުވެވިދާނެތޯ އެހުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދޫކޮށްލިކަން ނުވަތަ ނޫންކަން ވެސް ވެސް ބުނެދެވެން ނެތް ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ މައުލޫމާތު ފަހުގެ ވަގުތެއްގައި ހާމަ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކާ ދެކޮޅަށް އެ ގައުމުގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެ މީހުން މާލެ ގެނެސް ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރިކަން ނުވަތަ ނޫން ކަން ސާފުވެފައެއް ނުވެއެވެ.

މެލޭޝިއާގެ ފުލުހުންގެ އިންސްޕެކްޓާ ޖެނަރަލް މުހަންމަދު ފުޒީ ހާރޫނާ ހަވާލާދީ މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުން ހައްޔަރު ކުރި ދެ ދިވެހިންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮތް ދެ މީހުންނެވެ.

މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ ދިވެހިންނާއެކު 19 މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިރާގާއި ފަލަސްތީނާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ފިލިޕީންސްގެ އިތުރުން ބަނގުލަދޭޝްގެ މީހުން ހިމެނެ އެވެ. އަދި އެމީހުންގެ ތެރޭގައި އައިއެސްގެ ދެ ކޮމާންޑަރުން ވެސް ހިމެނޭ ކަމަށް މެލޭޝިޔާ ފުލުހުން ވަނީ ބުނެފައެވެ. އެއީ އުމުރުން 41 އަހަރާއި 63 އަހަރުގެ ދެމީހުންނެވެ.

އެ މީހުންގެ ތެރޭގައި ޓެރަރިޒަމްގެ އަމަލު ހިންގައި، މީހުން މަރައި އެފަދަ އަމަލުތައް ރާވަމުންދިޔަ މީހުން ތިބި ކަމަށް މެލޭޝިއާ ފުލުހުން ތުހުމަތުކުރެއެވެ.

މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިންގެ މައްޗަށް ތުހުމަތު ކުރަނީ ސީރިއާ ހަނގުރާމައަށް ދިއުމަށްޓަކާ ސިންގަޕޫރާއި މެލޭޝިއާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތެވެ. އެ ދެ މީހުންނަކީ މެލޭޝިއާގައި އެއާކޮންޑިޝަންގެ މަސައްކަތް ކުރާ ދެ ދިވެހިން ކަމަށް މެލޭޝިއާ ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުން އެ ގައުމަށް ދޭން އުޅުނު ކަމަށް ބުނާ ޓެރަރިސްޓް ހަމަލާއަކީ މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ބާއްވަން އުޅުނު ހަފްލާއަކަށް ދޭން އުޅުނު ހަމަލާއަކާއި ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ނިންމާލުމުގެ ރަސްމިއްޔާތަށް ދޭން އުޅުނު ހަމަލާއެކެވެ.

އެ ހަމަލާތައް ނާކާމިޔާބު ކޮށްލީ ޓެރަރިޒަމާ ދެކޮޅަށް މެލޭޝިއާގެ ފުލުހުންގެ ކައުންޓާ ޓެރަރިޒަމްގެ ޑިވިޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު