Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ޗެމްޕިއަންސް ލީގު:ސިޓީން ބޮޑު މޮޅެއް ހޯދިއިރު، ލިވަޕޫލް މެޗުވީ އެއްވަރު

14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 03:36

މި ގުރޫޕުގައި ކުޅުނު ދެމެޗުވެސް ވަނީ އެއްވަރުވެގެން ނިމިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 03:36
ލިވަޕޫލް އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު، ލިވަޕޫލު ކުޅުނު މެޗުން އެޓީމު އެއްވަރުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ ފޭނޫޑާ ވާދަކޮށް 0-4 ގެ ނަތީޖާއިންނެވެ.

ފޭނޫޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ސިޓީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 2 ވަނަ މިނެޓުގައި މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ޖޯން ސްޓޯންއެވެ.

އޭގެ އަށް މިނެޓު ފަހުން މެޗުގެ 10 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖީސަސް އެވެ.

3 ލަނޑުގެ ލީޑެއްގައޮ އޮވެ ސިޓީން މެޗުގެ ފުރަތަމަ ހާފު ނިންމާލއިރު، އެޓީމުން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ޖޯން ސްޓޯންއެވެ.

މި ގުރޫޕުގެ އިތުރު މެޗެއްވެސް ރޭ ކުޅެފައިވާއިރު ، މި މެޗުގައި ބައްދަލުކުރީ ނަޕޯލީއާއި ސަކްތަ ޑޮނެސްކް އެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ސަކްތަ ޑޮނެސްކްއެވެ.

ރޭ ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވެފައިވަނީ ސެވިއްްޔާއާ ވާދަކޮށް 2-2 ގެ ނަތީޖާއިންނެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސެވިއްޔާއިންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި މި ލަނޑު ސެވިއްޔާއަށް ކާމިޔާބު ކޮށްދިނީ ބެން ޔެޑާއެވެ.

އެހެން ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ރޮބާޓޯ ފާމީނިއޯ ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮހަމެޑް ސަލާ ވަނީ ލިވަޕޫލަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ނަގައިދީފައެވެ. ލިވަޕޫލަށް ލީޑު އިތުރަށް ފުޅާކޮށްލަން ހާފުގެ 42 ވަނަ މިނެޓުގައި ވަނީ ޕެނަލްޓީއެއްވެސް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ފާމީނިއޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ލިވަޕޫލް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް، ފަހުހާފު ފެށިގެން މެޗުގެ 72 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރ ޖޮކުއިން ކޮރެއާއެވެ.

ލިވަޕޫލް އަދި ސެވިއްޔާގެ މެޗު އެއްވަރުވެގެން ނިމުނު އިރު ގުރޫޕް އީގެ އިތުރު މެޗެއްވަނީ ވަނީ ކުޅެފައެވެ. އެއީ ސްޕާޓަކް މޮސްކޯއާއި މަރިބޯރ ބައްދަލުކުރި މެޗެވެ. މި މެޗު ވެސް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް