Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދާލަތު ޕާޓީ

99 އިންސައްތަ ވޯޓާއެކު ޝެއިޚް މުހައްމަދު ޝިފާން އަދާލަތު ޕާޓީގެ ރައީސް ކަމަށް

އޮންލައިން ޕޯޓަލް މެދުވެރިކޮށް ހޮނިހިރު ދުވަހު ބޭއްވި އަދާލަތު ޕާޓީގެ އިންތިޚާބުގައި ނައިބު ރައީސް ކަމަށް އިންތިޚާބު ވެވަޑައިގަތީ ޝިފާންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޝެއިޚް އަބްދުﷲ ރަޝީދު.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 16:40
އަދާލަތު ޕާޓީގެ ރައީސް ކަމަށް އިންތިހާބުވި ޝެއިޚު މުހައްމަދު ޝިފާން (ވ) އަދި ނައިބް ރައީސް ކަމަށް އިންތިހާބުވި ޝެއިޚް އަބްދުﷲ ރަޝީދު.

އަދާލަތު ޕާޓީގެ ރައީސް ކަމަށް އިންތިހާބުވި ޝެއިޚު މުހައްމަދު ޝިފާން (ވ) އަދި ނައިބް ރައީސް ކަމަށް އިންތިހާބުވި ޝެއިޚް އަބްދުﷲ ރަޝީދު. | ރާއްޖެ އެމްވީ

އަދާލަތު ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝެއިޚް މުހައްމަދު ޝިފާން 99 އިންސައްތަ ވޯޓާއެކު ކާމިޔާބު ކުރައްވައިފި އެވެ.

އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ނައިބު ރައީސް ކަމަށް އިންތިޚާބު ވެވަޑައިގަތީ ޝިފާންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޝެއިޚް އަބްދުﷲ ރަޝީދު އެވެ.

Advertisement - newsAdvertisement

އަދާލަތު ޕާޓީގެ 4 ވަނަ ދައުރުގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މި އިންތިޚާބުގައި ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ތެރެއިން 22 އިންސައްތަ މީހުންނެވެ. އިންތިޚާބުގައި ވޯޓު ދިން މީހުންގެ އަދަދެއް އަދާލަތު ޕާޓީގެ އިލެކްޝަންސް ކޮމިޓީން ހާމަކޮށްފައެއް ނުވެ އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ރޭގަނޑު 20:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ "ފަހި ވޯޓް" ނަމަކަށް ކިޔާ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށެވެ. މީގެ އިތުރުން މި އިންތިޚާބުގައި ވޯޓުލެވޭނެ ފަރާތްތަކުގެ ލިސްޓު ޝާއިޢު ކުރުމަށާއި، މޯބައިލް ނަންބަރު ރަޖިސްޓްރީ ކުރުމަށާއި، މޯބައިލް ނަންބަރު ބަދަލު ކުރުމަށާއި އަދި ޝަކުވާ ހުށަހެޅުމަށް ވެސް ބޭނުން ކޮށްފައިވަނީ "ފަހިވިހި" ނަމަކަށް ކިޔާ އޮންލައިން ޕޯޓަލް އެކެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން މެންދުރުފަހު 15:00 ގެ ނިޔަލަށެވެ. ނަމަވެސް ބައެއް ފަރާތްތަކުގެ ޝަކުވާއާ އެކު ވޯޓުލުމުގެ ވަގުތު 2 ފަހަރެއްގެ މަތިން އިތުރުކޮށްފައިވެ އެވެ. އެގޮތުން ފުރަތަމަ އިތުރު ކުރީ އިރުއޮއްސި 18:00 ގެ ނިޔަލަށެވެ. އޭގެ ފަހުން ވަނީ ރޭގަނޑު 20:00 ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފަ އެވެ.

އަދާލަތު ޕާޓީގެ ރައީސަކު ހޮވުމުގެ ވޯޓުލުން އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ނިންމާލި އިރު، އިންތިޚާބުގައި ވޯޓު ލާނެ ގޮތަކާ މެދު އެ ޕާޓީގެ ތެރޭގައި އޮތީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. މި އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިވަޑައިގެން މި މަހުގެ 11 ވަނަ ދުވަހު، އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ޑރ. އިކްރާމް އަބްދުއްސައްތާރު ވަނީ ސިޓީ އެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެ އެވެ.

އޭގެ ފަހުން ޑރ. އިކްރާމް ވަނީ އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ތުހުމަތުކުރައްވާ އަދާލަތު ޕާޓީގެ ރައީސަކު ހޮވާ އިންތިޚާބު ބޮއިކޮޓު ކޮށް ކެންޑިޑޭޓުންގެ ލިސްޓުން ނަން ނަގާފަ އެވެ.

އަދާލަތު ޕާޓީގެ ރައީސަކަށް އިންތިޚާބުވި އެ ޕާޓީގެ ނައިބު ރައީސް ޝެއިޚް މުހައްމަދު ޝިފާން ވާދަކުރެއްވީ މިހާރު އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ޝެއިޚް އިޔާޒް އަބްދުއްލަތީފް އަދި ޝެއިޚް އިލްޔާސް ހުސައިންގެ ތާއީދާ އެކުގަ އެވެ. އަދާލަތު ޕާޓީގެ ރައީސް ކަމަށް އިންތިޚާބުވި ޝެއިޚް ޝިފާން އަދި ނައިބު ރައީސް ކަމަށް އިންތިޚާބުވި ޝެއިޚް އަބްދުﷲ އަކީ ވެސް މަދީނާ އިސްލާމިކް އުނިވަރސިޓީ އިން ގްރެޖުއޭޓްވި ދެ ބޭފުޅުންނެވެ.

އަދާލަތު ޕާޓީޝައިހް މުހައްމަދު ޝިފާންޝެއިޚް އަބްދުﷲ ރަޝީދުއަދާލަތު ޕާޓީގެ އިންތިހާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ފަހިވިހި" ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ އަދާލަތު ޕާޓީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

"ފަހިވިހި" ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ އަދާލަތު ޕާޓީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

31 ޖެނުއަރީ 2026
އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝިފާން އާއި އިކްރާމް ކުރިމަތިލައްވައިފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝިފާން އާއި އިކްރާމް ކުރިމަތިލައްވައިފި

09 ޖެނުއަރީ 2026
އަދާލަތު ޕާޓީގެ ރައީސް ހޮވާ އިންތިހާބު ޖަނަވަރީ ފަހުކޮޅު ބާއްވަނީ

އަދާލަތު ޕާޓީގެ ރައީސް ހޮވާ އިންތިހާބު ޖަނަވަރީ ފަހުކޮޅު ބާއްވަނީ

29 ޑިސެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

17 ނޮވެމްބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު