Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް ހޮވާ އިންތިހާބު ޖަނަވަރީ ފަހުކޮޅު ބާއްވަނީ

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލައިފި. މި މަގާމަށް އެންމެ މީހަކު ކުރިމަތިލިޔަސް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ. އެކަކަށް ވުރެ ގިނަ މީހުން ވާދަކުރާނަމަ 31 ޖަނަވަރީ 2026 ގައި ރައީސަަކު އިންތިހާބުކުރަން ވޯޓު ނަގާނެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 18:25
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ތެރެއިން

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ތެރެއިން

އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމަށް އެކަކަށް ވުރެ ގިނަ މީހުން ވާދަ ކުރާނަމަ 31 ޖަނަވަރީ 2026 ގައި ރައީސަަކު އިންތިހާބުކުރަން ވޯޓު ނަގާނެ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ. 

އަދާލަތު ޕާޓީ ގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމާ ގުޅޭ ގޮތުން އެޕާޓީ އިން ކުރި އިއުލާނެއްގައި ބުނީ، ޕާޓީ ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭނީ ޢަދާލަތު ޕާޓީގެ ދަފްތަރުގައި 28 ޑިސެންބަރު 2025 އާ ހަމައަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. 

Advertisement - newsAdvertisement

އަދާލަތު ޕާޓީ ގެ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންވާން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އެ މީހެއްގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން 2 އަހަރު އުޅެ، ޕާޓީގެ އުޞޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން އަދި ދައުލަތުގެ ކަމާއި ބެހޭ އިދާރާއިން ޤަބޫލު ކުރާ ޔުނިވަރސިޓީ އަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލު ކޮށްފައިވުން، އަދި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. 

އަދާލަތު ޕާޓީ ގެ ރައީސް ކަމުގެ މަގާމަށް އެންމެ މީހަކު ކުރިމަތިލައިފި ނަމަ ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ. 

 އަދާލަތު ޕާޓީ ގެ ރައީސް ކަމުގެ  މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 8 ޖަނަވަރީ 2026 ގެ 16:00 އެވެ.

އަދާލަތު ޕާޓީގެ ރައީސް ގެ މަގާމުގައި މިހާރު ހުންނެވީ ޝެއިޚް އިމްރާން އަބްދުﷲ އެވެ. އޭނާ ވަނީ އެ ޕާޓީގެ ރައީސްކަން ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ.

އަދާލަތު ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

17 ނޮވެމްބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ސަރުކާރު ހަމަމަގަށް އެޅުވުމަށް ޕާޓީތަކާއެކު މަސައްކަތް ފެށުމަށް އަދާލަތުން ގަރާރެއް ފާސްކޮށްފި

ސަރުކާރު ހަމަމަގަށް އެޅުވުމަށް ޕާޓީތަކާއެކު މަސައްކަތް ފެށުމަށް އަދާލަތުން ގަރާރެއް ފާސްކޮށްފި

01 އޮކްޓޯބަރު 2025
ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރިހާ ޕާޓީ ތަކާއެކު މަސައްކަތް ކުރަން އަދާލަތު އޮތީ ތައްޔާރަށް

ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރިހާ ޕާޓީ ތަކާއެކު މަސައްކަތް ކުރަން އަދާލަތު އޮތީ ތައްޔާރަށް

21 ސެޕްޓެމްބަރު 2025
މިއަދު މި ގައުމު ދަތުރުކުރަމުން މިދާ މިސްރާބުން ރައްޔިތުންގެ ފަރުދީ ހައްގުތައް ގެއްލިގެން ހިނގައިދާނޭ ކަމުގެ ބިރު އެބައޮތް: އިމްރާން

މިއަދު މި ގައުމު ދަތުރުކުރަމުން މިދާ މިސްރާބުން ރައްޔިތުންގެ ފަރުދީ ހައްގުތައް ގެއްލިގެން ހިނގައިދާނޭ ކަމުގެ ބިރު އެބައޮތް: އިމްރާން

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު