Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝިފާން އާއި އިކްރާމް ކުރިމަތިލައްވައިފި

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބުރާސްފަތި ދުވަހު ވަނީ ހަމަވެފައި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 17:38
އަދާލަތު ޕާޓީގެ ރައީސަކަށް ކުރިމަތިލެއްވި ޝިފާން(ކ) އަދި އިކްރާމް(ވ)

އަދާލަތު ޕާޓީގެ ރައީސަކަށް ކުރިމަތިލެއްވި ޝިފާން(ކ) އަދި އިކްރާމް(ވ) | ސޯޝަލް މީޑިއާ

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބުރާސްފަތި ދުވަހު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާން އާއި އިކްރާމް އަބްދުއްސައްތާރު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާން އާއި އިކްރާމް ވަނީ ކެންޑިޑެންސީ ފޯމް އަދާލަތު ޕާޓީއަށް ހުށަހަޅުއްވާފަ އެވެ. އެ ދެ ކެނޑިޑޭޓުންގެ އިތުރުން އެހެން އެއްވެސް ކެނޑިޑޭޓެއް ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް އެދި ފޯމެއް ހުޅިކަން އެނގިފައެއް ނުވެ އެވެ.

ޝިފާންގެ ނައިބު ރައީސެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަބްދުﷲ އެވެ. އިކްރާމްގެ ނައިބު ރައީސެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ މުހައްމަދު މުއްތަލިބު އެވެ.

އަދާލަތު ޕާޓީ އަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ. 

އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުﷲ އެވެ. ނަމަވެސް ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ދެ ދައުރު ފުރުއްވާފައި ވުމުގެ ސަބަބުން އިމްރާން އަށް މިފަހަރުގެ އިންތިޚާބު ގައި ވާދަ ނުކުރެވޭނެ އެވެ. 

މި އިންތިހާބުގެ ނަތީޖާ އިން އަދާލަތު ޕާޓީ އަށް އައު ލީޑަރޝިޕެއް ލިބިގެންދާނެ އެވެ. މި އިންތިހާބު ގައި ޕާޓީ ގެ އެންމެހާ އާއްމު މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ޕާޓީ އިން ބުނެ އެވެ. 

އަދާލަތު ޕާޓީޝައިހް މުހައްމަދު ޝިފާންއިކްރާމް އަބްދުއްސައްތާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަދާލަތު ޕާޓީގެ ރައީސް ހޮވާ އިންތިހާބު ޖަނަވަރީ ފަހުކޮޅު ބާއްވަނީ

އަދާލަތު ޕާޓީގެ ރައީސް ހޮވާ އިންތިހާބު ޖަނަވަރީ ފަހުކޮޅު ބާއްވަނީ

29 ޑިސެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

17 ނޮވެމްބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ސަރުކާރު ހަމަމަގަށް އެޅުވުމަށް ޕާޓީތަކާއެކު މަސައްކަތް ފެށުމަށް އަދާލަތުން ގަރާރެއް ފާސްކޮށްފި

ސަރުކާރު ހަމަމަގަށް އެޅުވުމަށް ޕާޓީތަކާއެކު މަސައްކަތް ފެށުމަށް އަދާލަތުން ގަރާރެއް ފާސްކޮށްފި

01 އޮކްޓޯބަރު 2025
ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރިހާ ޕާޓީ ތަކާއެކު މަސައްކަތް ކުރަން އަދާލަތު އޮތީ ތައްޔާރަށް

ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރިހާ ޕާޓީ ތަކާއެކު މަސައްކަތް ކުރަން އަދާލަތު އޮތީ ތައްޔާރަށް

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު