Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

އަދާލަތު ޕާޓީން ތުހުމަތުކުރީ ރައީސް މުއިއްޒު އެސްއީޒެޑް ގާނޫނަށް ބަދަލު ގެނެސްގެން ބޮޑެތި އިންވެސްޓަރުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމުގެ މަގު ފަހިކުރަމުން ގެންދަވާ ކަމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2025 | ހޯމަ 14:57
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ހީލަތްތެރިކަމާއެކު ގާނޫނުތަކަށް ބަދަލު ގެނެސްގެން، ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ބޮޑެތި ކުއްވެރިންނަށް ވިއްކަން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ފަރާތުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ކުރީގެ ހޯމް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އިމްރާން ވިދާޅުވީ މިއީ ހަގީގަތުގައިވެސް ވަރަށް ނުރައްކާތެރި ބިރުވެރި މައްސަލައެއް ކަމަށެވެ. މި ކަމަކީ މުޅި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖެހުން އޮތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ 2014 ވަނަ އަހަރު އެސްއީޒެޑް ގާނޫނު ހެދިގެން ދިޔައިރުވެސް، ގާނޫނު ބައްޓަން ކުރެވިފަ އޮތީ ރާއްޖޭގެ ސިޓިޒަންޝިޕް ނުވަތަ ރަށްވެހިކަމަށް މާ ބޮޑު ލޮޅުމެއް އަރާފަދަ ގޮތަކަށް ނޫން ކަމުގައެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އަނެއްކާ އޭގެ 11 އަހަރު ފަހުން މިގާނޫނަށް އިތުރު ބަދަލުތަކެއް ގެންނަވައިގެން އެމަނިކުފާނު އުޅުއްވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ދީނާއި އިސްތިގްލާލަށް އެއްވެސް އިހްތިރާމެއް ގަދަރެއް ކުރުމެއްނެތި ރާއްޖޭގެ ރައްވެކަން ވިއްކަން ކަމަށެވެ.

އިމްރާން ވިދާޅުވީ މި ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ މަސައްކަތްކުރި އިރު ވަރަށް ނުރައްކާތެރި ކަމެއް ފެއްޓެވި ކަމަށެވެ. ރައީސް މުއިއްޒު އެންމެ ފުރަތަމަ އުޅުއްވީ ސިޓިޒަންޝިޕް ގާނޫނަށް އިސްލާހު ގެނެސްގެން، ބޮޑު ބަދަލެއް ގެނެސް ރާއްޖޭގެ ރަށްވެހިކަން ދުނިޔޭގެ ބޮޑެތި މުއްސަނދިންނާއި ނުފޫޒުގަދަ ފަރާތްތަކާއި ބޮޑެތި ކުށްތައް ކޮށްގެން އެ މީހުންގެ ގައުމުތަކުން ބޭރުކުރާ ފަރާތްތަކަށް ދިނުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ސިޓިޒަންޝިޕް ގާނޫނަށް ބަދަލު ގެންނަވަން ވެގެން އެވާހަކަ އެންމެ ފުރަތަމަ ގެންދެވީ ރައީސް މުއިއްޒުގެ ކެބިނެޓަށް ކަމަށާއި ނަމަވެސް ކެބިނެޓުގެ ތެރެއިން މިކަމަށް ވަރަށް ބޮޑަށް ދެކޮޅު ހެދި ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ރަށްވެހިކަން ޣައިރު މުސްލިމުންނަށް ދިނުމަށް އެމަނިކުފާނުގެ އެންމެ ގާތް ފަރާތްތަކުންވެސް ވަރަށް ބޮޑަށް ދެކޮޅު ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެންމެ ފުރަތަމަ އުޅުއްވީ ސިޓިޒަންޝިޕް ގާނޫނަށް އިސްލާހު ގެނެސްގެން، ސިޓިޒަންޝިޕް ގާނޫނަށް ބޮޑު ބަދަލެއް ގެނެސްގެން ރާއްޖޭގެ ރަށްވެހިކަން ދުނިޔޭގެ ބޮޑެތި މުއްސަނދިންނާއި ނުފޫޒުގަދަ ފަރާތްތަކާއި ބޮޑެތި ކުށްތައް ކޮށްގެން އެ މީހުންގެ ގައުމުތަކުން ބޭރުކުރާ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ނުވަތަ ސިޓިޒަންޝިޕް ދިނުމަށް. ސިޓިޒސންޝިޕް ގާނޫނަށް ބަދަލު ގެންނަވަން ވެގެން އެވާހަކަ މި ގެންދަވަނީ އެމަނިކުފާނުގެ ކެބިނެޓަށް. ކެބިނެޓުގެ ތެރެެއިން މިކަމަށް ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި. ހާއްސަކޮށް ރާއްޖޭގެ ރައްވެހިކަން ޣައިރު މުސްލިމުންނަށް ދިނުމަށް އެމަނިކުފާނުގެ އެންމެ ގާތް ފަރާތްތަކުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި.
އިމްރާން

މިކަމާ އެބޭފުޅުން ދެކޮޅުހެދީމާ، އެބޭފުޅުންނަށްވެސް އޮޅުވާލަން ވެގެން ކުރައްވާ ކަމަކީ އެސްއީޒެޑްގެ ގާނޫނަށް ބޮޑު ބަދަލެއް ގެނައުން ކަމަށް އިމްރާން ވިދާޅުވިއެވެ. އެންމެނަށް އޮޅުވާލެވޭނެ ކަމަށް ހީކޮށް މި ބަދަލު ގެންނަވަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ގާނޫނު ނަމްބަރު 24/2024، އެސްއީޒެޑް ގެ ގާނޫނަށް ގެންނަ ބަދަލުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގާނޫނުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖޭގައި 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންސް ވިސާއެއް ދޭގޮތައް ނިންމި ކަމަށް އިމްރާން ވިދާޅުވި އެވެ. އެ ވިސާ ދޭ ގޮތަށް އޮތީ ވަކި މުއްދަތެއް ކަނޑައަޅާފައެއް ނޫން ކަމަށާއި އަދި ރާއްޖެގައި ބޭއްވޭ ކޮންފަރެންސް ތަކާއި މީޓިންގ ތަކަށް އިތުރު ވިސާ ދޭގޮތަށް ހަމަޖެހިފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ ފައްޓަވަނީ 500 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ލޯންގް ޓާރމް ވިސާ ދެވޭގޮތަށް ކަމަށެވެ. މިގޮތަށް ގާނޫނަށް ބަދަލު ގެނެސްގެން މަގުފަހި ކުރަނީ ލޯންގް ޓާރމް ވިސާގައި ތިބެގެން، އޭގެ ތެރެއިން ލާފައި ރާއްޖޭގެ ސިޓިޒަންޝިޕް ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މި ފައްޓަވަނީ 500 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ލޯންގް ޓާމް ވިސާ ދެވޭގޮތަށް. މިގޮތަށް ގާނޫނަސް ބަދަލު ގެނެސްގެން މަގުފަހި މި ކުރަނީ ލޯންގް ޓާމް ވިސާގަ ތިބެގެން، އޭގެ ތެރެއިން ލާފަ ރާއްޖޭގެ ސިޓިޒެންޝިޕް ލިބޭ ގޮތަށް. އޭގެ ދަށުން ހެދޭ ގަވާއިދުގެ ތެރެއިން އެޔަށް މަގުފަހި މިކޮށްދެނީ ރާއްޖޭގެ ސިޓިޒެންޝިޕް ބޭރުގެ ބޮޑެތި މުއްސަނދިންނަށާއި ކުށްކުރާ ފަރާތްތަކަށާއި ބޮޑެތި ކްރިމިނަލް ރެކޯޑް އޮންނަ ފަރާތްތައް ރާއްޖެ އައިސް ރާއްޖޭގައި އެމީހުންނަސް ވަޒަންވެރިވެ އުޅުމުގެ ފުރުސަތު.
އިމްރާން

އިމްރާން ވިދާޅުވީ މިކަމަށް ރައީސް މުއިއްޒު ތައްޔާރުވަމުން ގެންދަވަނީ މިއަންނަ ލޯކަލް ކައުންސިލް އިންތިހާބު ނިންމުމަށްފަހު، އިންތިހާބަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޭގެ ތައްޔާރީތައް ވުމަށްފަހު، މިއަންނަ އަހަރުގެ މެއި މަހުން ފެށިގެން ކަމަށެވެ.

އެހިސާބަށް ދާއިރު، ބޭރުގެ ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެފަރާތްތަކަށް ސިޓިޒަންޝިޕް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމަށްފަހު، ދެން ފަށަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސިޓިޒަންޝިޕް ދިނުން ކަމަށް އިމްރާން ވިދާޅުވި އެވެ.

މިއީ މިއަދު ޕްލޭން ކުރެވިގެން ވަރަށް ބޮޑަށް ރޭވިގެން ތައްޔާރުވަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒު މިކަން ކުރާތަން ބަލާކަށް ދިވެހިރައްޔިތުންނެއް ނުތިބޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެގާނޫނު ފެށިގެން އަންނައިރު 500 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް މި ފުރުސަތު ދޭން އޮތް ކަމުގައިވިޔަސް، ގާނޫނުގެ ފަހު ކޮޅަށް ދާއިރު އޮންނަނީ އަތޮޅު ތެރޭގައި ސްކޫލެއް އަޅަން އިންވެސްޓް ކުރާ މީހަކަށް ވިޔަސް، ރަށެއްގައި ދަނޑު ހައްދަން އިންވެސްޓް ކުރާ މީހަކަށްވެސް ސިޓިޒަންޝިޕް ދެވޭ ގޮތަށް ކަމުގަ އެވެ.

ގާނޫނަށް ގެންނަން އުޅޭ މި ބަދަލުން ކުރަން ނިންމި ކަންތައްތަކުން ފެންނަ އެންމެ ބޮޑު އެއް ހަގީގަތަކީ ރައީސް މުއިއްޒަށް އެމަނިކުފާނުގެ އާރާއި ބާރާއި ވެރިކަމާއި ފައިސާއާ ޖެހުނީމަ، ދީނާއި ގައުމިއްޔަތަކީ އެއްވެސް އެއްޗަކަށް ނަހަދާކަން ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެން ނޫން ނަމަ މިވަރުގެ ބޮޑު ޖަރީމާއެއް ހިންގަން ރައީސް މުއިއްޒު މަސައްކަތެއް ނުކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިކަމާ ލޯ މަރާލައިގެނެއް ނުތިބެވޭނެ ކަމަށެވެ. ރައީސް މުއިއްޒުގެ ފަހަތުގައި ތިބި 100 އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން މިކަމަށް ލޯމަރާލައިގެން ތިއްބަސް އަދާލަތު ޕާޓީއިން އެހެން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޝައިޚް އިމްރާން ޢަބްދުﷲއަދާލަތު ޕާޓީރައްޔިތުކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު