Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދާލަތު ޕާޓީ

މިއަދު މި ގައުމު ދަތުރުކުރަމުން މިދާ މިސްރާބުން ރައްޔިތުންގެ ފަރުދީ ހައްގުތައް ގެއްލިގެން ހިނގައިދާނޭ ކަމުގެ ބިރު އެބައޮތް: އިމްރާން

މިއަދު ރާއްޖެ މި ދަތުރުކުރަމުންދާ މިސްރާބުން ރައްޔިތުންގެ ފަރުދީ ހައްގުތައް ގެއްލިގެން ހިނގައިދާނޭ ކަމުގެ ބިރު އެބައޮތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 17:07
އަދާލަތު ޕާޓީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިއަ ރަސްމިއްޔާތުގައި ޝައިޚް އިމްރާން ވާހަކަ ދައްކަވަނީ: ވިދާޅުވީ މި އަދު މި ގައުމު މިދާ މިސްރާބުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް

މިއަދު ރާއްޖެ މި ދަތުރުކުރަމުންދާ މިސްރާބުން ރައްޔިތުންގެ ފަރުދީ ހައްގުތައް ގެއްލިގެން ހިނގައިދާނޭ ކަމުގެ ބިރު އެބައޮތް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝައިޚް އިމްރާން މިފަދައިން ވިދާޅުވީ އަދާލަތު ޕާޓީއަށް 20 އަހަރު ފުރުމުގެ މުނާސަބަތު ފާހަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ގަލޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝައިޚް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އަކީ ވަރަށް މާތް މަގުސަދެއްގައި އުފެއްދި ޕާޓީއެއް ކަމަށާއި އެގޮތުން ޕާޓީގެ ދުވެލީގެ މިސްރާބު ހުންނަން ޖެހޭނީ ޕާޓީގެ ބިންގާ އެޅި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދޭކަމެއް ކަމުގައި ވަނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެތިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މޮޓޯގައި ވެސް އެ ޕާޓީ އަކީ ދީނީ، ސިޔާސީ، އިޖުތިމާއި އަދި އިގުތިސާދީ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމް ކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެއް ކަމަށް ބުނެފައިވާ ކަމަށް ޝައިޚް އިމްރާން ވިދާޅުވި އެވެ. އަދި އެގޮތުގައި ހިތްވަރާއި އެކު ދެމިތިބެން ޖެހޭނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޝައިޚް އިމްރާން ވިދާޅުވީ ޕާޓީން ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ތިން ސަރުކާރެއްގައި ބައިވެރިވެފައިވާ ކަމަށާއި އެ ހުރިހާ ސަރުކާރެއްގައި ވެސް އަދާލަތު ޕާޓީން މުހިންމު ޒިންމާތަކެއް އަދާކޮށްފައިވާ ކަމަށެވެ. އަދި އެގޮތުން ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް ގިނަ ޚިދުމަތް ތަކެއް ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައިޚް އިމްރާން ވިދާޅުވީ މިއަދު ރާއްޖެ ދަތުރުކުރަމުން މިދާ ހާލަތުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ހާލަތާއި ދޭތެރޭ ރާއްޖޭގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުކަމަށެވެ.

ޕާޓީތައް އުފެދުމުގެ 10 ނުވަތަ 15 އަހަރުގެ ކުރިއާއި ހަމައަށް ރާއްޖޭގެ ރައްޔިތުންގެ ފަރުދީ ހައްގުތައް ގެއްލިގެން ހިންގައިދާކަމުގެ ބިރު ރައްޔިތުންގެ ތެރޭގައި މިއަދު އެބައޮތް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިހާރު ގައުމު މިއޮތް ހާލަތުން ނުވަތަ ގައުމު މިދާ މިސްރާބުން އަރައިގަތުމަށް އަދާލަތު ޕާޓީން ކުރިން އަދާކުރި ދައުރު ރާއްޖޭގައި އަދާކުރުން މިހިންމު ކަމަށެވެ.

މި ބޮޑު ބުރަ މަސައްކަތް ކުރެވޭނީ އަޅުގަނޑުމެންގެ އެންމެންގެ ވިސްނުން ފުޅާވެގެން. އަޅުގަނޑުމެންގެ ހިތްތަކަކީ ވަރަށް ފުޅާއެއްޗަކަށް ވެގެން. ރައްޔިތުންނާއި އެކު މަސައްކަތް ކުރުމުގެ އިހުސާސް އާއި ފިކުރާއި ބުއްދި އުފައްދައިގެން. އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުން އިބުރަތާއި ދަރުސް ލިބިގެން.
އަދާލަތު ޕާތީގެ ރައީސް އިމްރާން އަބްދުﷲ

ޝައިޚް އިމްރާން އިތުރަށް ވިދާޅުވީ ގައުމުގެ ރައްޔިތުން އެކަތިގަނޑަކަށް ވެގެން ކުރާ މަސައްކަތަކުން މެނުވީ މިއަދު ގައުމަށް ދިމާވެފައި މިވާ ހާލު ބަދަލު ނުކުރެވޭނޭ ކަމަށެވެ.

ޝައިޚް އިމްރާން ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ފަރުދީ މިނިވަން ކަމުގެ ނިޒާމަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތާއި ގުރުބާނީން ހޯދާފައި އޮތް ހިންގުމުގެ ނިޒާމެއް ކަމަށެވެ. އެހެން ކަމުން މި ނިޒާމު ފުނޑުފުނޑުކޮށް ރޫޅާމުމުގެ ޖާގަ އެއްވެސް ބަޔަކަށް ނުދެވޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިޚް އިމްރާން ޢަބްދުﷲއަދާލަތު ޕާޓީފަރުދީ ހައްގުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން

ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން

19 ނޮވެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

17 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ވަޒީފާ އާއި ފައިސާގެ ނުފޫޒަށް އައްޑޫ ރައްޔިތުން ނުލެނބޭނެ ކަން ރައީސް މުއިއްޒަށް ސާބިތުކޮށް ދީފި: އިމްރާން

ވަޒީފާ އާއި ފައިސާގެ ނުފޫޒަށް އައްޑޫ ރައްޔިތުން ނުލެނބޭނެ ކަން ރައީސް މުއިއްޒަށް ސާބިތުކޮށް ދީފި: އިމްރާން

26 އޮކްޓޯބަރު 2025
ވެރިޔެއްގެ ޒިންމާ އަދާނުކުރެވޭ ކަމަށް ނިންމަވާ، ރައީސް މުއިއްޒު އިސްތިއުފާދެއްވާ ގެޔަށް ވަޑައިގަންނަވަން ޖެހޭ: ޝެއިޚް އިމްރާން

ވެރިޔެއްގެ ޒިންމާ އަދާނުކުރެވޭ ކަމަށް ނިންމަވާ، ރައީސް މުއިއްޒު އިސްތިއުފާދެއްވާ ގެޔަށް ވަޑައިގަންނަވަން ޖެހޭ: ޝެއިޚް އިމްރާން

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު