"ފަހިވިހި" ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ އަދާލަތު ޕާޓީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި
އަދާލަތު ޕާޓީގެ ރައީސަކު ހޯވުމުގެ ވޯޓުލުން އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ކުރިޔަށް ގެންދާއިރު، އިންތިޚާބުގައި ވޯޓު ލާނެ ގޮތަކާ މެދު އެޕާޓީގެ ތެރޭގައި އޮތީ ޚިޔާލު ތަފާތުވުން އުފެދިފަ. މި އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފައިވަނީ ހޮނިހުރު ދުވަހުގެ އިރުއޮއްސި 18:00 ގެ ނިޔަލަށް.


އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު ގެ ވޯޓުލުން ކުރިޔަށް ގެންދަނީ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް | ރާއްޖެ އެމްވީ
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފި އެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ "ފަހި ވޯޓް" ނަމަކަށް ކިޔާ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 09:00ން މެންދުރުފަހު 15:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފައިވަނީ ހޮނިހުރު ދުވަހުގެ އިރުއޮއްސި 18:00 ގެ ނިޔަލަށް ކަމަށް، އަދާލަތު ޕާޓީ ގެ ސެކްރެޓްރީ ޖެނެރަލް އަލްއުސްތާޛް ހަސަން ޒިނާހު ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވާފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ ހޮނިހިރު ދުވަހުގެ ރޭ އިއުލާން ކުރެވިގެންދާނެ ކަމަށް ވެސް ޒިނާހު ވިދާޅުވި އެވެ.
އިިންތިހާބުގައި ވޯޓުލެވޭނެ ފަރާތްތަކުގެ ލިސްޓު ޝާއިޢު ކުރުމާއި، މޯބައިލް ނަންބަރު ރަޖިސްޓްރީ ކުރުމާއި، މޯބައިލް ނަންބަރު ބަދަލު ކުރުމާއި، ޝަކުވާ ހުށަހެޅުމަށް ވެސް ބޭނުން ކޮށްފައިވަނީ "ފަހިވިހި" ނަމަކަށް ކިޔާ އޮންލައިން ޕޯޓަލް އެކެވެ.
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމުގެ ވޯޓުލުން އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ކުރިޔަށް ގެންދާއިރު، އިންތިޚާބުގައި ވޯޓު ލާނެ ގޮތާ މެދު އެ ޕާޓީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
މި އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިވަޑައިގެން މިމަހުގެ 11 ވަނަ ދުވަހު، އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ޑރ. އިކްރާމް އަބްދުއްސައްތާރު ވަނީ ސިޓީ އެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެ އެވެ.
އޭގެފަހުން ޑރ. އިކްރާމް ވަނީ އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ތުހުމަތުކުރައްވާ އަދާލަތު ޕާޓީގެ ރައީސަކު ހޮވާ އިންތިޚާބު ބޮއިކޮޓު ކޮށް ކެންޑިޑޭޓުންގެ ލިސްޓުން ނަން ނަގާފަ އެވެ.
ޑރ. އިކްރާމުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސަކަށް ވާދަކުރެއްވީ އެ ޕާޓީގެ ނައިބު ރައީސް ޝެއިޚް މުހައްމަދު ޝިފާން އެވެ. ޝެއިޚް ޝިފާން ވާދަކުރެއްވީ މިހާރު އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ޝެއިޚް އިޔާޒް އަބްދުއްލަތީފް އަދި ޝެއިޚް އިލްޔާސް ހުސައިންގެ ތާއީދާ އެކުގަ އެވެ.







