Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދާލަތު ޕާޓީ

ރައްޔިތުންގެ ޙައްޤުތައް ގެއްލޭ ކޮންމެ ފަހަރަކު އަދާލަތު ތެދުވާނެ: އިމްރާން

ވޭތުވެދިޔަ 20 އަހަރު ރާއްޖެއަށް ހިދުމަތް ކޮށްފައިވާ ހަމައެކަނި 2 ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ އަދާލަތު ޕާޓީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 14:37
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ - ފައިލް

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ - ފައިލް

ވެރިކަމުގެ ސިޔާސަތު ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ ގިނަ ރައްޔިތުންގެ ޙައްޤާއި މަސްލަޙަތު ގެއްލޭ ކޮންމެ ފަހަރަކު އަދާލަތު ޕާޓީ ތެދުވާނެ ކަމަށް އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިމްރާން ފޮނުއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ރާއްޖޭގެ ގިނަ ރައްޔިތުން ގުޅިގެން ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައިކަމަށެވެ. މި މުއްދަތުގައި މެދުކެނޑުމެއްނެތި އިޖުތިމާޢީ، ދީނީ އަދި އިޞްލާޙީ ގިނަ މަސައްކަތްތަކެއް ޕާޓީގެ ފަރާތުން ކުރެވިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިމްރާން ވިދާޅުވީ މިއިން ކޮންމެ ކަމެއް ކާމިޔާބު ވެފައިވަނީ ޢަދާލަތު ޕާޓީގެ އިޚްލާސްތެރި މެންބަރުންގެ މިންނެތް މަސައްކަތުން ކަމަށެވެ. އަދި ޕާޓީގެ އިދާރީ ގުނަވަންތަކާއި މެންބަރުންގެ ރޫޙާއި އިޙުސާސްތަކާއި ގުޅި ލާމެހިގެން ހިންގުނު ކޮންމެ ޙަރަކާތަކީ އެމައްޗަށް ފަޚުރުވެރިވުން ޙައްޤު މަސައްކަތެއް ކަމަށެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ މެންބަރުން އެންމެ އުފާކޮށް ފަޚުރުވެރިވާންވީ ކަމަކީ ވޭތުވެދިޔަ 20 އަހަރު މެދުކެނޑުމެއްނެތި ރާއްޖެއަށް ޙިދުމަތް ކޮށްފައިވާ ހަމައެކަނި 2 ޕާޓީގެ ތެރެއިން އެއްޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައިވުން ކަމަށެވެ.

ވެރިކަމުގެ ސިޔާސަތު ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ ގިނަ ރައްޔިތުންގެ ޙައްޤާއި މަސްލަޙަތު ގެއްލޭ ކޮންމެ ހިނދެއްގައި ރައްޔިތުންގެ ދިފާޢުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައި އަދާލަތު ޕާޓީ ވަނީ މަސައްކަތް ކޮށްފައިކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި ކަންކުރި ފަދައިން، މިއަދުވެސް އަދާލަތު ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ޙައްގައް ނަސްރުދޭ ޕާޓީއެއްގެ ގޮތުގަ އެވެ. އަދި ރައްޔިތުން ބިކަވެ ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު ކަމަށް އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީޝައިޚް އިމްރާން ޢަބްދުﷲސިޔާސީ ޖައްވުއާއްމުންގެ ހައްޤުތައްއިންސާފު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
އިންސާފު ލިބެނީ ރުއްސަވާ މީހަކަށް ކަމަށް ބުނާ އަޑު ހޭލައިގަތީއްސުރެ އަހަން، އެ ހާލަތު ބަދަލުނުވެ އޮތީ މައްސަލަތަކެއް ހުރީމަ: މެންބަރު މައުރޫފް

އިންސާފު ލިބެނީ ރުއްސަވާ މީހަކަށް ކަމަށް ބުނާ އަޑު ހޭލައިގަތީއްސުރެ އަހަން، އެ ހާލަތު ބަދަލުނުވެ އޮތީ މައްސަލަތަކެއް ހުރީމަ: މެންބަރު މައުރޫފް

27 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން

ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން

19 ނޮވެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

17 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު