Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދާލަތު ޕާޓީ

ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރިހާ ޕާޓީ ތަކާއެކު މަސައްކަތް ކުރަން އަދާލަތު އޮތީ ތައްޔާރަށް

ރައީސް މުއިއްޒުގެ މިސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދައުވަތުއަރުވާފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 13:54
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

މިހާރުގެ ސަރުކާރު ހަމަމަގުން ކައްސާލައިފައިވާ ކަމަށް ވިދާޅުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެހެން ސިޔާސީ ޕާޓީތަކާއެކު މަސައްކަތްކުރުމަށް އަދާލަތު ޕާޓީ ތައްޔާރަށް އޮތްކަމަށް އެޕާޓިގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އިއުލާނުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިމްރާން ވަނީ، ޕީއެންއެފް އަދި އެމްޑީޕީ ފަދަ އެހެނިހެން ސިޔާސީ ޕާޓީތަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު އޮތްކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް، މި މަސައްކަތުގައި އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލުކުރާ ހަމަތައް އެއްގޮތްވާންޖެހުން ނޫންކަން ޝެއިޚް އިމްރާން ވަނީ ސާފުކޮށްދީފަ އެވެ.

Advertisement - newsAdvertisement

އިމްރާން ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ސަރުކާރެއް އޮތްކަމުގައި ވިޔަސް، އެ ސަރުކާރެއް ހަމަމަގުން ކައްސާލައިފިނަމަ، އިދިކޮޅު ޕާޓީތަކުން އެކަން ފާހަގަކޮށް، އެވާހަކަ ދެއްކުމަކީ ދާދިފަހުން ރައީސް ޔާމިން ވެސް ވިދާޅުވެފައިވާ ފަދައިން އެ ޕާޓީތަކުގެ ޒިންމާއެކެވެ.

ސިޔާސީ ޕާޓީތައް އުފައްދާފައި އެ ޕާޓީތަކާ ހަވާލުކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމުގައި އެހެން ޕާޓީތަކާއެކު މަސައްކަތްކުރުމަށް އަދާލަތު ޕާޓީން ފަހަތަށް ނުޖެހޭނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރު ހަމަމަގުން ކައްސާލައިފި. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވޭނެ
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ

ޝެއިޚް އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުގެ މިސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދައުވަތުއަރުވާފަ އެވެ. ކުރީގެ ރައީސް ޔާމިން ވިދާޅުވީ ގޮތުގައި ސަރުކާރު ޒިންމދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އެމްޑީޕީއަށްވެސް ހިތްވަރު ދެއްވާ ކަމަށާ އަދި އަދާލަތު ޕާޓީއާ އެހެން ޕާޓީތަކަށްވެސް ޕީއެންއެފްއާ އެކު ސަރުކާރު ހަމަމަގަށް އަޅުވަން މަސައްކަތްކުރެވޭނެ ކަމަށެވެ.

އަޅުގަޑު ހިތްވަރު ދެން އިނގޭތޯ އެމްޑީޕީއަށްވެސް ސަރުކާރުން ޒިންމާދާރުކުރުވަން މަސައްކަތްކުރަން. ކޮންމެ ޕާޓީއަކަށްވެސް އަޅުގަޑުމެންނާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރެވޭނެ. އެއީ ކޮންމެ ހިޔާލު އެއް ގޮތްވެގެން ނެތް ނޫން. އެއީ ސަރުކާރު ޒިންމާކުރުވާ ޖަވާބުދާރީ ކުރުވަން ގާނޫނު އަސާސީއިން މަތިކުރަނީ ސިޔާސީ ޕާޓީތަކާ ކަމަށް ވެސް ވުމުން. އަޅުގަޑުމެންނާ އެކު ހުރިހާ ޕާޓީތަކަށް މިކަމުގައި މަސައްކަތްކުރެވޭނެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް

ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ފެންނަނީ ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށްޓަކާ މަގުކޮށަމުންދާ މަންޒަރުކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ސަރުކާރުގެ ދޯހަޅި ސިޔާސަތު ތަކުގެ ސަބަބުން ދިވެހިރައްޔިތުން އިންތިހާ އަށް ބިކަވެފައިވާ މި ދަނޑިވަޅުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ.

އެގޮތުން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކު ކުރުމަށްޓަކާ ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން އޮކްޓޯބަރު 3 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަސް ހަމަޖެހިފައިވެ އެވެ. އަދި ޒުވާޏުންނާ ނޫސްވެރިން އިސްނަގައިގެން، ދިވެހި ރައްޔިތުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކޮށް ކަށަވަރު ކުރުމަށްޓަކާ "ފުލްސްޓޮޕް މޫވްމެންޓް" ގެ ނަމުގައި ހަރަކާތެއްވެސް ވަނީ ވުޖޫދުކޮށްފަ އެވެ. ފުލްސްޓޮޕް މޫވްމެންޓްގެ ހަރަކާތްތައް ސިލްސިލާ ގޮތެއްގައި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް މައުލޫމާތުލިބެ އެވެ.

އަދާލަތު ޕާޓީޕީއެންއެފްއެމްޑީޕީރައީސް ޔާމިންސަރުކާރު ޖަވާބުދާރީކުރުވުންސިޔާސީ ޕާޓީތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު