Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއަރޕޯޓު ފެންސުގެ ހާލަތު

މި ސަރުކާރުން އަވަސް ހައްލެއް ލިބޭނެ ކަމަށް ބުނި ކުޅުދުއްފުށީ އެއަރޕޯޓު ފެންސު އަދިވެސް ހުރީ "ކައްތިރީގައި"

30 ޖެނުއަރީ 2026 | ހުކުރު 14:22

ކުޅުދުއްފުށީ އެއަރޕޯޓުގެ ވަށާ ފެންސުގެ ހާލަތު އިންތިހާއަށް ދަށްވެފައިވާއިރު، ފެންސުގެ ބޮޑުބައެއް ވެއްޓިފައިވުމުގެ ސަބަބުން ފެންސުގައި ދަގަނޑު ޖަހައި ހިފަހައްޓާފައިވާތާ މިހާރު ގާތްގަނޑަކަށް އަހަރެއް ވެއްޖެއެވެ.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު | 30 ޖެނުއަރީ 2026 | ހުކުރު 14:22
ކުޅުދުއްފުށީ އެއަރޕޯޓު ފެންސު

ކުޅުދުއްފުށީ އެއަރޕޯޓު ފެންސު | ކުޅުދުއްފުށީ އެއާޕޯޓު ފެންސު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރުވެސް، އުތުރުގެ އެންމެ ގިނަ ރައްޔިތުން ދަތުރުފަތުރު ކުރަމުންދާ ކުޅުދުއްފުށީ ޑޮމެސްޓިކް އެއަރޕޯޓުގެ ވަށާ ފެންސުގެ ހާލަތު އަދިވެސް ރަނގަޅު ނުކުރެވި، ފެންސު ހުރީ ވަގުތީ ގޮތުން ދަގަނޑު ޖަހައި ހިފަހައްޓާފައެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ފެންސުގެ ހާލަތު އިންތިހާއަށް ދަށްވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް އައިއިރުވެސް އެކަށީގެންވާ މަރާމާތެއް ކުރެވިފައި ނުވުމުގެ ސަބަބުން، ފެންސުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ އެއަރޕޯޓުގެ ފެންސުގެ ދަގަނޑުތައް ދަބަރު ޖަހައި ބިނދިފައިވާއިރު، ކަށިނަރުތައްވެސް ހުރީ ނެއްޓި ވަކިވެފައެވެ. މިއީ އުތުރުގެ އިޤްތިސާދީ މައި ހަބުގެ އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލަކަށް ވާއިރު, ކޮންމެ ވަގުތެއްގައިވެސް ފެންސު އެއްކޮށް ވެއްޓި، އެއަރޕޯޓަށް ގެއްލުން ލިބިދާނެކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ އެއަރޕޯޓުގެ ސީނިއަރ މެނޭޖަރު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގެ ފަރާތުން މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި މަރާމާތުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން، އެއަރޕޯޓުތައް ހިންގާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ ބަހެއް ހޯދުމަށް "ރާއްޖެ އެމްވީ" އިން ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި "ކައްތިރި" ވިއްދާފަ

ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި "ކައްތިރި" ވިއްދާފަ

މި ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމުގެ ކުރިންނާއި، ވެރިކަމުގެ ކުރީކޮޅުވެސް ކުޅުދުއްފުށީ އެއަރޕޯޓަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެފައެވެ. މިގޮތުން ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމަށްޓަކައި ރައީސް މުޢިއްޒު އެންމެ ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބިންގާ އަޅުއްވާފައެވެ.

އެހެންނަމަވެސް، މިއަދާ ހަމައަށްވެސް މިކަމަށް ދާއިމީ ހައްލެއް އަދި ލިބިފައެއް ނުވާއިރު, ޓަރމިނަލްގެ މަސައްކަތް ވެސް ބިންގާ އެޅިގޮތަށް ދޫކޮށްލާފައިވާކަމަށް ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށި ސިޓީ ޑޮމެސްޓިކް އެއާޕޯޓު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް