Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބ. އޭދަފުށި

އޭދަފުށީގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އަބޫބަކުރު މަޣްރިބު ނަމާދަށް ފަހު ހިނގާފައި ގެއަށް ދަނިކޮށް، މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހިގެން. އަދި އެވަގުތު ޕިކަޕު ދުއްވަން އިނީ އޭދަފުށީ ދުނި، އަބްދުﷲ ރަމީޒު. އޭނާއަކީ ގަވާއިދާ ހިލާފަށް ޕިކަޕު ދުއްވައިގެން މީގެ ކުރިން ވެސް ލައިސަންސް ހިފަހައްޓާފައިވާ މީހެއްކަން ވަނީ އެނގިފަ.

އަލީ ޝާހީން
އަލީ ޝާހީން | 30 ޖެނުއަރީ 2026 | ހުކުރު 10:41
ބ. އޭދަފުށި

ބ. އޭދަފުށި | ވަން އޮންލައިން

ބ. އޭދަފުށީގައި ޕިކަޕަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ އެވެ.

އޭދަފުށީގައި މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އުމުރުން ދުވަސްވީ މީހަކަށެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގަ އެވެ. 

މި ހާދިސާގައި ނިޔާވެފައިވަނީ އޭދަފުށީ ސީސަންގެ، އުމުރުން 82 އަހަރުގެ އަބޫބަކުރު އަބްދުﷲ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އަބޫބަކުރު މަޣްރިބު ނަމާދަށް ފަހު ހިނގާފައި ގެއަށް ދަނިކޮށް، މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހިގެންނެވެ. އަދި އެވަގުތު ޕިކަޕު ދުއްވަން އިނީ އޭދަފުށީ ދުނި، އަބްދުﷲ ރަމީޒެވެ. އޭނާއަކީ ގަވާއިދާ ހިލާފަށް ޕިކަޕު ދުއްވައިގެން މީގެ ކުރިން ވެސް ލައިސަންސް ހިފަހައްޓާފައިވާ މީހެއްކަން ވަނީ އެނގިފަ އެވެ.

އެރަށު މީހަކު މި ނޫހަށް ކިޔައިދިން ގޮތުގައި ޕިކަޕުން ޖެހުމާއެކު އަބޫބަކުރު ބިންމައްޗަށް ވެއްޓި، ޕިކަޕުގެ ދަށުވި އެވެ. އަދި އޭނާ އެވަގުތު ސަލާމަތް ކުރީ އެ ސަރަހައްދުގައި ތިބި އާންމު ބަޔަކު ޕިކަޕު ފަހަތަށް ކޮށްޕައިގެންނެވެ.

އޭނާ ބުނިގޮތުގައި އަބޫބަކުރު ސަލާމަތްކުރި އިރު އޭނާ ގެ އެއްފައި އޮތީ ވަރަށް ބޮޑަށް ފަޅައިގެންގޮސް، މުޅި ސަރަހައްދަށް ލޭ ފައިބާފަ އެވެ. އެކްސިޑެންޓަށްފަހު ވަގުތުން ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލު ސީރިއަސްވުމުގެ ސަބަބުން ޖެހިގެން އައި ދުވަހު ވަނީ އެމެޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފަ އެވެ.

އެނގިފައިވާގޮތުގައި މި މައްސަލައާ ގުޅިގެން ޕިކަޕު ދުއްވަން އިން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އޭދަފުށިއަބޫބަކުރު އަބްދުﷲއަބްދުﷲ ރަމީޒުއައިޖީއެމްއެޗް

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި

18 ޖެނުއަރީ 2026
އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި
12 ޖެނުއަރީ 2026

އޭދަފުށީ ކައުންސިލުން ޕިކަޕެއް ގަންނަން ދެއްކި އެޑްވާންސް ފައިސާ ވެސް ޕިކަޕު ވެސް ނުލިބުނު

12 ޖެނުއަރީ 2026
އޭދަފުށީ ކައުންސިލުން ޕިކަޕެއް ގަންނަން ދެއްކި އެޑްވާންސް ފައިސާ ވެސް ޕިކަޕު ވެސް ނުލިބުނު
09 ޖެނުއަރީ 2026

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަނީ

09 ޖެނުއަރީ 2026
ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަނީ
05 ޖެނުއަރީ 2026

ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

05 ޖެނުއަރީ 2026
ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ
28 ޑިސެމްބަރު 2025

އައިޖީއެމްއެޗްގެ ސާފުތާހިރުކަމެއް ނެތް މަންޒަރު ފެންނަ ވީޑިއޯތަކެއް، ބުޅާ ދުވަނީ މީދާ ފަހަތުން

28 ޑިސެމްބަރު 2025
އައިޖީއެމްއެޗްގެ ސާފުތާހިރުކަމެއް ނެތް މަންޒަރު ފެންނަ ވީޑިއޯތަކެއް، ބުޅާ ދުވަނީ މީދާ ފަހަތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު