Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗު

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަނީ

ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމަށް ކުރީގެ ތެލެސީމިއާ ސެންޓަރު ޑިމޮލިޝްކޮށް މަސައްކަތް ފަށާނެ އެވެ. ސަރުކާރުން މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކެއް އެޅުމަށް ނިންމާފައިވާއިރު މާފަންނުގައި އެއް ކްލިނިކް ހުޅުވާފައިވެ އެވެ. ތެލެސީމިއާ ސެންޓަރު މިދިޔަ އަހަރު މެއި މަހު އޮރެންޖު ހިޔާއަށް ބަދަލުކުރުމަށްފަހު އެ އިމާރާތު ހުންނަނީ ހުހަށެވެ.

އަލީ ޝާހީން
އަލީ ޝާހީން | 9 ޖެނުއަރީ 2026 | ހުކުރު 10:18
ކުރީގެ ތެލެސީމިއާ ސެންޓަރު

ކުރީގެ ތެލެސީމިއާ ސެންޓަރު | ޕީއެސްއެމް

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަން، އެ އިމާރާތުގެ ޑިމޮލިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އައިޖީއެމްއެޗުން އިއުލާނުކޮށްފި އެވެ.

އައިޖީއެމްއެޗް އިން ކުރި އިއުލާނެއްގައި ބުނީ، ކުރީގެ ތެލެސީމިއާ ސެންޓަރު ޑިމޮލިޝިން މަސައްކަތްކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ވަނީ، އެ މަސައްކަތަށް ބީލަން ހުށަހަޅަން ހުޅުވާލާފަ އެވެ.

ޑޮކްޓަރަށް ދައްކަން، ސަރުކާރު ހޮސްޕިޓަލްތަކުގައި ކިޔުގައި އެތައް ވަގުތެއް ހޭދަކުރަން ޖެހެ އެވެ. އެ މައްސަލަ ކުޑަކުރުމަށް ސަރުކާރުން ވަނީ، މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކެއް އެޅުމަށް ނިންމާފަ އެވެ. އޭގެތެރެއިން، އެއް ކިލިނިކް މާފަންނުގައި ހުޅުވާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުލިނިކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކް ހަދާއިރު، ޚިދުމަތްތައް ޒަމާނީކޮށް އޮރެންޖު ހިޔާއަށް އެ ސެންޓަރުގެ ޚިދުމަތް ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އެ ސެންޓަރު ހުންނަނީ ހުހަށެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރީ، މިދިޔަ އަހަރުގެ މެއި އަށެއްގަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު ނުވައެއްގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވަނީ، ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހަލީމް ވިދާޅުވީ މަސައްކަތް ކުރަނީ، އެ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް ކަމަށެވެ.

ހެންވޭރުއައިޖީއެމްއެޗްތެލަސީމިއާ ސެންޓަރުއޮރެންޖު ހިޔާ

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2026

ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

05 ޖެނުއަރީ 2026
ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ
03 ޖެނުއަރީ 2026

ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

03 ޖެނުއަރީ 2026
ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި
28 ޑިސެމްބަރު 2025

އައިޖީއެމްއެޗްގެ ސާފުތާހިރުކަމެއް ނެތް މަންޒަރު ފެންނަ ވީޑިއޯތަކެއް، ބުޅާ ދުވަނީ މީދާ ފަހަތުން

28 ޑިސެމްބަރު 2025
އައިޖީއެމްއެޗްގެ ސާފުތާހިރުކަމެއް ނެތް މަންޒަރު ފެންނަ ވީޑިއޯތަކެއް، ބުޅާ ދުވަނީ މީދާ ފަހަތުން
12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
14 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

14 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ
05 ނޮވެމްބަރު 2025

ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކުރުމުން ދަތިތަކާ ކުރިމަތިވާނެ: ޑރ. ނުސެއިބާ

05 ނޮވެމްބަރު 2025
ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކުރުމުން ދަތިތަކާ ކުރިމަތިވާނެ: ޑރ. ނުސެއިބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު