Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ފުޓްސަލް ޗެމްޕިއަންޝިޕް

ފަހު މެޗުގައި ލަންކާ ބަލިކޮށް، ރާއްޖެ އަށް ފުރިހަމަ ރެކޯޑެއް

26 ޖެނުއަރީ 2026 | ހޯމަ 08:37

މިއީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ބޭއްވި ފުރަތަމަ ފަހަރު. މުބާރާތުގައި ހަތް ޤައުމު ވާދަ ކުރިއިރު، ރާއްޖެ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަ މެޗުން ވެސް މޮޅުވެގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2026 | ހޯމަ 08:37
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާާދަ ކުރި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާާދަ ކުރި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު | ސާފް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފަހު މެޗުގައި ސްރީ ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ރާއްޖެ އިން މުބާރާތް ނިންމާލައިފި އެވެ.

ތައިލެންޑުގައި ކުރިއަށް ދިޔަ މުބާރާތުގައި ހޯމަ ދުވަހު ރާއްޖެ އިން ލަންކާއާ ދެކޮޅަށް ނިކުތްއިރު، އެ މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އިން ދެ ލަނޑު ޖެހިއިރު، ލަންކާ އިން ވެސް ލަނޑެއް ޖެހި އެވެ. ރާއްޖެ އިން އަނެއް ތިން ލަނޑު ދެ ވަނަ ހާފުގައި ޖެހި އިރު، މި ހާފުގައި ލަންކާ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ.

މެޗުގައި ރާއްޖެ އިން ލީޑު ޖެހީ ކެޕްޓަން މުޙައްމަދު އިމްރާން ޖެހި ލަނޑުންނެވެ. އޭނާ ފޮނުވާލި ބޯޅަ ލަންކާ ގޯލަށް ވަނީ، އެ ޓީމުގެ ގޯލު ކީޕަރުގެ ފައިގައި ޖެހިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ލަންކާގެ މުޙައްމަދު ތިލްހަމް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ރާއްޖެ އަށް އަލުން ލީޑު ނަގައިދިނީ ހުޒައިފަތު ރަޝީދު އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލަންކާ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެއީ  އަމާން މުޙައްމަދު ފައިޒާ ޖެހި ލަނޑުންނެވެ. ނަމަވެސް އަޙުމަދު ހަލީމް ފޮނުވާލި ބޯޅައެއް ލަންކާގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހި ގޯލަށް ވަދެން ރާއްޖެ އަށް ލީޑު ލިބުނެވެ. އޭގެ ފަހުން ރާއްޖޭގެ އަނެއް ދެ ލަނޑު ޖެހީ ޙުސެއިން ސުހައިލް އަދި އިމްރާން އެވެ. 

މިއީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ބޭއްވި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ހަތް ޤައުމު ވާދަ ކުރިއިރު، ރާއްޖެ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަ މެޗުން ވެސް މޮޅުވެގެންނެވެ. މިއީ ރާއްޖެ އިން ފުޓްސަލްގެ ބައިނަލްއަޤުވާމީ ތައްޓެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެން ވާދަކޮށްފައި ވަނީ ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، އަދި ބޫޓާން އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ޤައުމީ ފުޓްސަލް ޓީމު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2026

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

26 ޖެނުއަރީ 2026
ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި
24 ޖެނުއަރީ 2026

ފަހަތުން އަރައި މޮޅުވެ، ފުޓްސަލްގެ ފުރަތަމަ ތައްޓާ އެކު ރާއްޖެ ތާރީޚުގެ ތެރެއަށް

24 ޖެނުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ފުޓްސަލްގެ ފުރަތަމަ ތައްޓާ އެކު ރާއްޖެ ތާރީޚުގެ ތެރެއަށް
22 ޖެނުއަރީ 2026

ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް

22 ޖެނުއަރީ 2026
ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް
21 ޖެނުއަރީ 2026

ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް

21 ޖެނުއަރީ 2026
ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް
17 ޖެނުއަރީ 2026

ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި

17 ޖެނުއަރީ 2026
ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ވެސް ބަލިކޮށްފި
20 ނޮވެމްބަރު 2025

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
05 އޮކްޓޯބަރު 2025

ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު

05 އޮކްޓޯބަރު 2025
ސާޖަރީ ކަންތަކުގައި އެފްއޭއެމް އިން ހާއްޕެ އަށް އޮޅުވާލި ކަމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް