Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުޅުދުއްފުށި ސިޓީ

ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށި ސިޓީގެ ތައުލީމީ ދާއިރާ އަށް ގޮންޖެހުންތަކެއް!

ކުޅުދުއްފުށީގެ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު ދަށްވެ، ސްކޫލްތަކަށް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރީގެ ސަރުކާރުން ފެށި އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައިވުމުން ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 18:26
ޖަލާލުއްްދީން ސްކޫލުގައި ތައުލީމު ހާޞިލް ކުރަމުންދާ ދަރިވަރުންތަކެއް

ޖަލާލުއްްދީން ސްކޫލުގައި ތައުލީމު ހާޞިލް ކުރަމުންދާ ދަރިވަރުންތަކެއް | ޖަލާލުއްދީން ސްކޫލް

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު, ކުޅުދުއްފުށި ސިޓީ ގެ ތައުލީމީ ދާއިރާ އަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެ، އެ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންގެ އާބާދީ މިއަހަރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފި އެވެ.

މިގޮތުން ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު, ފުރަތަމަ ފަހަރަށް އެ ސިޓީގެ ސްކޫލުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އަދަދު މަދުވެފައިވާއިރު، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފަށާފައިވާ މަޝްރޫއުތައް ނުނިމި ދިގުލައިގެން ދިއުމުން ބެލެނިވެރިންނަށް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރަން ޖެހިފަ އެވެ.

Advertisement - newsAdvertisement

އުތުރުގެ ރަށްތަކުގެ މައި ހަބު ކަމުގައިވާ ކުޅުދުއްފުށި ސިޓީގައި, ސަރުކާރު ތިން ސްކޫލާއި އަމިއްލަ ފަރާތަކުން ހިންގާ ޕްލޭ ސްކޫލެއް ހިމެނޭހެން ދަރިވަރުންގެ ޖުމްލަ އާބާދީ އަކީ 2850 އެވެ. މިއީ ނިމިދިޔަ ދިރާސީ އަހަރުގެ 2947 އާ އަޅާބަލާއިރު ފާހަގަކުރެވޭ މިންވަރެއްގެ ދަށަށް ދިއުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު 2812 ދަރިވަރުން ތިބިއިރު، އެ އަދަދު އަހަރުން އަހަރަށް އިތުރުވެ 2024 ވަނަ އަހަރު ވަނީ 3009 އަށް އަރާފައެވެ. ނަމަވެސް، 2025 ވަނަ އަހަރަކީ ފާއިތުވި ހުރިހާ އަހަރަކާ ޚިލާފަށް، ކުޅުދުއްފުށީގެ ސްކޫލްތަކުގެ އާބާދީ ފުރަތަމަ ފަހަރަށް ދަށަށް ދިޔަ އަހަރެވެ.

މިގޮތުން އެ ސިޓީގެ ސްކޫލުތަކުުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އާބާދީ ކަންބޮޑުވާ ވަރަށް މަދުވަމުންދާއިރު، މީގެ ފަހަތުގައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ޖާގައިގެ ދަތިކަމެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށީގެ ތިން ސްކޫލުގައި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އައު އިމާރާތްތަކެއްގެ މަސައްކަތް ފެށި ނަމަވެސް، ސަރުކާރު ބަދަލުވުމާއެކު ތިން ސްކޫލުގެ މަޝްރޫޢުތައް ވެސް ވަނީ ހުއްޓިފަ އެވެ. މީގެ ސަބަބުން ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިލާން ޖެހި، ސްކޫލްތަކުގެ ވަސީލަތްތަކަށް ވަނީ ބާރުބޮޑުވެފަ އެވެ.

ކުޅުދުއްފުށީގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ މި ގޮންޖެހުންތަކާ ގުޅޭގޮތުން ބެލެނިވެރިން ފާހަގަކުރާ ގޮތުގައި، އާބާދީ އިތުރުވަމުންދިޔަ އަހަރުތަކުގައި ވެސް ޖާގައިގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިފައި ނުވުމަކީ ދަރިވަރުންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އަދި މިހާރު ފެށިފައި ހުރި މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްގެންގޮސް އަވަހަށް ނިންމުމަކީ ސިޓީގެ ތައުލީމީ ފެންވަރު ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އެހެންނަމަވެސް, ރައީސް މުޢިއްޒުގެ ސަރުކާރާއި، ދައުލަތުގެ އިސްވެރިން ކުޅުދުއްފުށީގެ ސްކޫލްތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ނުކުރައްވާތީ، ކުޅުދުއްފުށީގެ ރައްޔިތުން ގޮވާލަނީ، ސަރުކާރުން މިހާރު ގެންގުޅޭ ފަރުވާކުޑަ ސިޔާސަތުތައް ދޫކޮށްލައި، ހުއްޓިފައިވާ ސްކޫލް އިމާރާތްތަކުގެ މަސައްކަތް އަވަހަށް ނިންމައި، ސިޓީގެ ތައުލީމީ މުސްތަޤްބަލް ކަށަވަރުކޮށްދިނުމަށެވެ.

ކުޅުދުއްފުށި ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

17 ޖެނުއަރީ 2026

ރައްޔިތުން ވިސްނަންޖެހޭ ފަސް ސުވާލާއެކު, ކުޅުދުއްފުށީގެ މޭޔަރު އާތިފް ދެވަނަ ދައުރަކަށް ވާދަކުރައްވަން އިއުލާނުކުރައްވައިފި

ރައްޔިތުން ވިސްނަންޖެހޭ ފަސް ސުވާލާއެކު, ކުޅުދުއްފުށީގެ މޭޔަރު އާތިފް ދެވަނަ ދައުރަކަށް ވާދަކުރައްވަން އިއުލާނުކުރައްވައިފި

15 ޖެނުއަރީ 2026
ހަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް މެންބަރު ދާއޫދު ކުރި މަސައްކަތް ފެނަށް

ހަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް މެންބަރު ދާއޫދު ކުރި މަސައްކަތް ފެނަށް

11 ޖެނުއަރީ 2026
މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ސަރުކާރެއް: މޭޔަރ ޢާޠިފް

މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ސަރުކާރެއް: މޭޔަރ ޢާޠިފް

01 ޖެނުއަރީ 2026
މޫސުން ތަން ނުދިނުމުގެ ސަބަބުން ކުޅުދުއްފުށީގައި ބާއްވާ އެމްޑީޕީގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރެއަށް ފަސްކޮށްފި

މޫސުން ތަން ނުދިނުމުގެ ސަބަބުން ކުޅުދުއްފުށީގައި ބާއްވާ އެމްޑީޕީގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރެއަށް ފަސްކޮށްފި

10 ޖުލައި 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު