Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރު ދާއޫދު

ހަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް މެންބަރު ދާއޫދު ކުރި މަސައްކަތް ފެނަށް

11 ޖެނުއަރީ 2026 | އާދީއްތަ 12:13

ގިނަ ރައްޔިތުން ދެކޭގޮތުގައި މެންބަރު ދާއޫދު މަސައްކަތް ކުރައްވަނީ ހަޤީޤަތް އޮޅުވާލައިގެން ސަރުކާރުގެ ތާއީދު އޮތްކަން ދެއްކުމަށް.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު | 11 ޖެނުއަރީ 2026 | އާދީއްތަ 12:13
ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލީސް މެންބަރު, މުޙައްމަދު ދާއޫދު

ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލީސް މެންބަރު, މުޙައްމަދު ދާއޫދު | އެމްއެމްޓީވީ

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ދާއޫދު (ޑޭވިޑް) ދެއްވި ބަސްދީގަތުމަކާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެ އެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ މި ބަސްދީގަތުމުުގައި މެންބަރު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށި ދާއިރާގެ ރައްޔިތުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކޮށް، ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ރައީސް މުޢިއްޒު ކުރިއަށް ގެންދަވާ ޤައުމިއްޔަތުގެ ފިކުރަށާއި، ރާއްޖެއަށް ގެންނަވަމުންދާ އިސްލާޙީ ބަދަލުތަކަށް ދާއިރާގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަމަވެސް، މެންބަރުގެ މި ވާހަކަތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދަނީ ނުރުހުމުގެ ބަސްތަކެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ހަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް ކުރި މަސައްކަތެކެވެ. އަދި ރައްޔިތުންގެ މެދުގައި މެންބަރުގެ މި ބަސްދީގަތުން މިހާރު ވަނީ ބޮޑު "ޖޯކަކަށް" ވެފައެވެ.

މިކަމާ ގުޅިގެން އާންމު ފަރާތްތަކުން ބުނަމުން ދަނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް އެއްބާރުލުން ދޭން ތިބީ ރައްޔިތުންގެ ޓެކްސް ފައިސާ ފެލައިގެން ސަރުކާރުން ބޭކާރު ވަޒީފާތައް ދީފައިވާ މަދު ބަޔަކު ކަމަށެވެ. އަދި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ތަރައްޤީ އަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށް ރައްޔިތުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މީގެ އިތުރުން، ކުޅުދުއްފުށި ސިޓީ ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި އިސްނަގައިގެން ފަށާފައިވާ މުހިންމު މަޝްރޫޢުތަކަށްވެސް ސަރުކާރުން ހުރަސް އަޅަމުންދާއިރު, މިފަދަ ދަނޑިވަޅެއްގައި މެންބަރު ދާއޫދު ރައްޔިތުންގެ ތާއީދު އޮތްކަމަށް ވިދާޅުވުމަކީ އެ ސިޓީގެ ހަޤީޤީ ހާލަތު އޮޅުވާލުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުމެންބަރު ދާއޫދުކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

10 ޖެނުއަރީ 2026
ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!
01 ޖެނުއަރީ 2026

މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ސަރުކާރެއް: މޭޔަރ ޢާޠިފް

01 ޖެނުއަރީ 2026
މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ސަރުކާރެއް: މޭޔަރ ޢާޠިފް
25 ޑިސެމްބަރު 2025

ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ

25 ޑިސެމްބަރު 2025
ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ
24 ޑިސެމްބަރު 2025

ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި ކުރާކަމަކީ ވިނަ ނޮޅުން، އިތުރު މަސައްކަތެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އާސިފް

24 ޑިސެމްބަރު 2025
ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި ކުރާކަމަކީ ވިނަ ނޮޅުން، އިތުރު މަސައްކަތެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އާސިފް
20 ޑިސެމްބަރު 2025

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް
18 ޑިސެމްބަރު 2025

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025
ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
19 ސެޕްޓެމްބަރު 2025

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި

19 ސެޕްޓެމްބަރު 2025
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި
12 ސެޕްޓެމްބަރު 2025

ބޮޑުފޮޅުދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ރައީސް ޞާލިހް ބައްދަލު ކުރައްވައިފި

12 ސެޕްޓެމްބަރު 2025
ބޮޑުފޮޅުދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ރައީސް ޞާލިހް ބައްދަލު ކުރައްވައިފި
11 ސެޕްޓެމްބަރު 2025

ޕީއެންސީއަށް ނޫނެކޭ ބުނުމަކީ ގައުމީ ވާޖިބެއް: ބިގޭ

11 ސެޕްޓެމްބަރު 2025
ޕީއެންސީއަށް ނޫނެކޭ ބުނުމަކީ ގައުމީ ވާޖިބެއް: ބިގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް