Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

ވެމްކޯ އިން މިހާރު 18،000 އަށް ވުރެ ގިނަ ފަރާތަށް ޚިދުމަތް ފޯރުކޮށްދޭ: މިނިސްޓަރު ތޯރިގް

13 ސެޕްޓެމްބަރު 2017 | ބުދަ 10:49

ފީ ދެއްކޭނެ އޮންލައިން ނިޒާމެއް ގާއިމް ކުރުމަށް ދަނީ މަސައްކަތް ކުރަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 13 ސެޕްޓެމްބަރު 2017 | ބުދަ 10:49
ވެމްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ވެމްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެންވައިރަމެންޓް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ވޭސްޓް މެނޭޖްމެންޓް ކޯޕްރޭޝަން (ވެމްކޯ) އިން މާލޭގައި 18،000 އަށް ވުރެ ގިނަ ފަރާތަށް ޚިދުމަތް ފޯރުކޮށްދޭ ކަމަށް އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބް ރާހީމް ވިދާޅުވެއްޖެއެވެ.

ވެމްކޯ އިން މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެންވައިރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ 17،000 އަށް ވުރެ ގިނަ ގޭބިސީތަކުން ވެމްކޯ އިން ކުނި އުކައިދޭއިރު ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ 1000 އަށް ވުރެ ގިނަ ފަރާތުން އަމިއްލަ އަށް ކުނި އުކާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ވެމްކޯގެ ފަރާތުން ކުންފުނިތަކަށް ވެސް ކުނި އުކާދޭ ކަމަށާއި އެގޮތުން 700 އަށް ވުރެ ގިނަ ކުންފުންޏަށް ވެމްކޯ އިން ކުނި އުކައިދޭ ކަމަށެވެ. އަދި އެދަދަު ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު ވެގެން ދާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

އެންވައިރަމެންޓް މިނިސްޓަރު ވިދާޅުވީ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުނި އުކާ ސަރަހައްދަށް ރަޖިސްޓްރީ ނުކޮށް ވަންނަ މީހުން އަތުން ގޭޓް ފީ އެއް ނަގާނެ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ގޭޓް ފީ ދައްކަން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ވެސް މަދުން ނަމަވެސް ބިދޭސީ ކުނި އުކުމަށް އަންނަ ކަމަށާއި ނަމަވެސް މި މަހަުގެ 15 ވަނަ ދުވަހުގެ ފަހުން އިންޒާރު ދީ އެކަން ނުހުއްޓައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގޭބިސީތަކުން ކުނި ކަލެކްޓް ކުުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ ކުނިކަލެޓް ކުރަން ދާއިރު ކުނި ބޭރަށް ނެރެފައި ނެތުމާއި އަދި ގޭގައި މީހުން ނޫޅުން ފަދަ މައްސަލަތައް ކަމަށެވެ. އަދި އެކަންތަކަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މީގެއިތުރުން ވެމްކޯ އިން ކުނި އުކައި ދިނުމަށް ނަގަމުންދާ ފީއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ކުނި އުކަށް ދައްކަން ޖެހޭ ފީ އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިން ކޮށް ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފީ ނެގުމުގެ މަސައްކަތް ތާޑްޕާޓީއަކާ ހަވާލު ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ވެމްކޯގެ ހެޑް އޮފީހަށް އައިސްގެން ވެސް ފީ ދެއްކޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގޭގެ އަށް ކުނި ކަލެެކްޓް ކުރުމަށް ދާ ވެމްކޯގެ މީހާ އަތަށް ފީގެ ފައިސާ ދޭން ނުޖެހޭނެ ކަމަށާއި އެގޮތަށް ފައިސާ ހޯދަން ބުނި ނަމަވެސް ފައިސާ ނުދިނުމަށް އެދޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް