Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަނަވަރު ފަރަށް އެރުން

އަސްކަރީ ތަމްރީނަކަށް ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަށް އަރައިފި

ދިވެހިރާއްޖެ، ލަންކާ އަދި އިންޑިއާ ސިފައިން ގުޅިގެން ކުރާ އަސްކަރީ ތަމްރީން ދޯސްތީ އެކްސަސައިޒްގައި ބައިވެރިވުމަށް އައި އިންޑިއާ ކޯސްޓްގާޑުގެ މަނަވަރު އައިސީޖީއެސް ވަޖްރާ ހުދުވެލި ފަރަށް އަރާފައިވާއިރު، މަންޒަރު ދުށް ފަރާތްތަކުން ބުނީ މަނަވަރު ވަރަށް ބޮޑަށް ފަރަށް އެރި ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 07:44
އިންޑިއާ ކޯސްޓްގާޑުގެ މަނަވަރު ވަޖްރާ ފަރަށް އަރާފައި

އިންޑިއާ ކޯސްޓްގާޑުގެ މަނަވަރު ވަޖްރާ ފަރަށް އަރާފައި | ސޯޝަލް މީޑިއާ

ދިވެހި ސިފައިންނާއި، ލަންކާ ސިފައިން އަދި އިންޑިއާ ސިފައިން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީނަކަށް އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ފަރަށް އަރައިފި އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިައިވާ ގޮތުގައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ އެރީ ހުދުވެލި ފަރަށެވެ. މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ އެކްސަސައިޒް ދޯސްތީ ގައި ބައިވެރިވުމަށް ރާއްޖެ އައި އިންޑިއާގެ އައިސީޖީއެސް ވަޖްރާ ހުކުރު ދުވަހު ފުންކުރެވިފައިވާ ކަމަށެވެ. ފަރަށް އެެރީ ކޮން އިރަކުން ކަމެއް ހާމަކޮށްފައި ނުވެ އެވެ. 

Advertisement - newsAdvertisement

މަންޒަރު ދުށް ފަރާތްތަކުން ބުނީ މަނަވަރު އޮތީ ވަރަށް ބޮޑަށް ފަރަށް އަރާފަ އެވެ. ވިލާ ނައުޓިކާ އަދި ގިލިލަންކަން ފުށި ހިންގަމުން އަންނަ ހުދުވެލި ފަރަށް މަނަވަރު އެރުމުން ލިބުނު ގެއްލުމެއް އެންވަޔަރަމަންޓަލް ރެގިއުލޭޝަން އޮތޯރިޓީ އިން ހާމަކޮށްފައި ނުވާ އިރު، އެ މައްސަލަ ބަލަމުން އަންނަ ކަމެއް އެ އިދާރާއަކުން ހާމަކޮށްފައި ނުވެ އެވެ. 

ރާއްޖޭގެ ފަރަށް އަރާ އުޅަނދުތަކުން ލިބޭ ގެއްލުން ބަލާ އެސެސްމަންޓް ހެދުމަށްފަހު އީއާރުއޭ އިން އެ އުޅަނދު ޖޫރިމަނާ ކުރަމުން ގެންދެ އެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން އީއާރުއޭ އިން އަދި ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

އެމްއެންޑީއެފްއިން ބުނީ ދޯސްތީ އެކްސަސައިޒްގައި ބައިވެރިވުމަށް އިންޑިއާގެ ކޯސްޓް ގާޑުގެ ޑޯނިއަރ، އިންޑިއާ ކޯސްޓް ގާޑުގެ މަނަވަރު އަޓުލިޔާ އަދި ވަޖްރާގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރު ސުރުނިމިލަ ރާއްޖޭ އައިސްފައިވާ ކަމަށެވެ.

ދޯސްތީ އެކްސަސައިޒްއެމްއެންޑީއެފްއެމްއެންޑިއެފް ކޯސްޓްގާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް މާލޭ ގައި ބަނދަރު ކޮށްފި

އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް މާލޭ ގައި ބަނދަރު ކޮށްފި

16 ޖެނުއަރީ 2026
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ޖެނުއަރީ 2026
ހުޅުމާލެ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހުޅުމާލެ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

09 ޖެނުއަރީ 2026
ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް 6 ގަޑިއިރުން

ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް 6 ގަޑިއިރުން

08 ޖެނުއަރީ 2026
17 މީހުންނާ އެކީ، ފުވައްމުލަކަށް ދަތުރުކުރި ބޯޓެއް އަޑިއަށް ދަނިކޮށް ސަލާމަތްކޮށްފި

17 މީހުންނާ އެކީ، ފުވައްމުލަކަށް ދަތުރުކުރި ބޯޓެއް އަޑިއަށް ދަނިކޮށް ސަލާމަތްކޮށްފި

01 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު