Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޯޯއޯޕެކް-ރާއްޖެ

ތިމާވެށީގެ ނުރައްކާތަކަށް ކުރިމަތިލުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ އަށް އެހީވުމަށް އޯޕެކް ފަންޑާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް އޮތް ބަދަހި ޢަޒުމް އަލުން ކަށަވަރުވެގެންދިޔަ ކަމެއް ކަމަށް އެ ފަންޑުން ބުނެފައިވޭ.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 03:36
ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު ގެނެސްގެން ހއ. ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ކިސަޑު ކޮންޓްރޯލު ކުރުަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު ގެނެސްގެން ހއ. ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ކިސަޑު ކޮންޓްރޯލު ކުރުަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ. | އެމްއޭސީއެލް

އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި ދިވެހި ސަރުކާރާ ދެމެދު 'ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވޯކް' އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެފަރާތުގެ ގުޅުން ބަދަހިކުރުމާއެކު، ދެމެހެއްޓެނިވި ތަރައްޤީ އާއި، އުމްރާނީ ވަސީލަތްތައް ކުރިއެރުވުމާއި، މާލީ ދާއިރާގެ ހަމަޖެހުން ޤާއިމުކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ޤައުމީ ލަނޑުދަނޑިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ފަންޑުން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އޮސްޓްރިއާގެ ވިއެނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒުން ނެރުނު ބަޔާނެއްގައި، އެ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޢަބްދުލްޙަމީދު އަލްޚަލީފާ ވިދާޅުވީ، ދިވެހިރާއްޖެ އަކީ އޯޕެކް ފަންޑުގެ މުހިންމު އަދި ޒަމާންވީ ބައިވެރިއެއް ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭރުގެ އެކި ގޮންޖެހުންތަކާއި ތިމާވެށީގެ ނުރައްކާތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މި އެއްބަސްވުމުގައި ސޮއިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ހޭނުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް އޮތް ބަދަހި ޢަޒުމް އަލުން ކަށަވަރުވެގެންދިޔަ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވާނެ ފަދަ އިންވެސްޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ދިވެހިރާއްޖެއާއެކު އޮންނަ އެއްބާރުލުން އިތުރަށް ފުޅާކުރުމަކީ އޯޕެކް ފަންޑުގެ ވަރަށް ބޮޑު އުއްމީދެއް ކަމުގައިވެސް ޑރ. އަލްޚަލީފާ ވިދާޅުވި އެވެ.

ތިމާވެށީގެ ނުރައްކާތަކަށް ކުރިމަތިލައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ދެމެހެއްޓެނިވި ތަރައްގީ އަށް އެހީވުމަށް އޯޕެކް ފަންޑުން  ނިންމި އިރު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ވެފައިވަނީ ތިމާވެއްޓަށް އެއްވެސް ބެލުމެއް ނެތި ހިންގާ މަޝްރޫއުތަކެއްގެ ގޮތުގައެވެ. އެ ގޮތުން އުތުރުތިލަފަޅާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުން ދަނީ އެއްވެސް ވަރަކަށް ތިމާވެއްޓަށް ބެލުމެއް ނެތި އަދި އެންމެ ކުޑަ މިނުން ކިސަޑު ކޮންޓްރޯލު ކުރުމަށް ފިޔަވަޅެއް އެޅުމެއްނެތި ކަން ވެސް ފާހަގަ ކުރެވެއެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އިހުތިިޖާޖު ކޮށް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ޝަކުވާތައް ހުށަހެޅި ނަމަވެސް އެކަމަށް އެއްވެސް ސަމާލު ކަމެއް ސަރުކާރުން ދީފައި ނުވާ ކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 3 ހިއްކުމުގައި އެ ސަރަހައްދަށް ކުނި އަޅައިގެން ބިން ހިއްކި މައްސަލަ ފެން މަތިވުމުން ވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. ދެމެހެއްޓެނިވި ތަރައްގީގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ ތިމާވެށި ހިމާޔަތް ކުރުން ހާސިލު ކުރުމަށް ރާއްޖޭގައި ހަދާފައިވާ ހަރުދަނާ ގަވައިދުތައްވެސް ސަރުކާރުން ވަނީ ބަދަލު ކޮށް ތިމާވެއްޓަށް ބެލުމެއް ނެތި ކަންކަން ކުރެވޭނެ މަގު ތަނަވަސް ކޮށްދީފަ އެވެ.

އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުދެމެހެއްޓެނިވި ތަރައްޤީމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއޯޕެކް-ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

04 ޖެނުއަރީ 2026
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

11 ޖުލައި 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު