Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދުނިޔޭގެ އާބާދީ ދުވަސް

ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ދިވެހި ޒުވާނުންގެ ދައުރު މުހިންމުވާތީ، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރަންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 11 ޖުލައި 2025 | ހުކުރު 13:15
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

Advertisement - newsAdvertisement

މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދެއްވުމަށް އަދުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ދަރިމައިވުމާއި ގުޅުންހުރި ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކައުންސެލިންގްއާއި، ވަށާޖެހޭ ފުރިހަމަ ޞިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދުރުރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ޤައުމީ ޙަޤީޤަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ޤައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ގޮވާލައްވައިފައެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ 'އެކްސް' އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. އެގޮތުން 2062 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުންނަށް ވާނެކަމަށް އަންދާޒާކުރެވިފައިވާކަމަށާއި، އުމުރުގެ ގޮތުން ދޮށީ މުޖުތަމަޢެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ސަމާލުކަން ދެއްވަމުން ގެންދަވާކަންވެސް މި ޕޯސްޓުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އާބާދީއާ ގުޅުންހުރި މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި 11 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގައެވެ.

ދިވެހި ޒުވާނުންރައީސް މުހައްމަދު މުއިއްޒުދުނިޔޭގެ އާބާދީ ދުވަސްދެމެހެއްޓެނިވި ތަރައްޤީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު