Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. ވެލިދޫ ޖޫނިއަރ ކޮލެޖް

ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނުނިމި ދިގުދެމިގެންދާ ކޮންމެ ދުވަހަކީ، މަތީ ތައުލީމު ހާސިލް ކުރުމަށް ރަށުން ބޭރަށް ދާން މަޖުބޫރުވާ ކުދިންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް: ވެލިދޫ ކައުންސިލްގެ ނައިބު ރައީސް

ވެލިދޫގައި ތަރައްގީކުރަން ފެށި ޖޫނިއަރ ކޮލެޖުގެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި ނަމަވެސް އެ މުއްދަތު ފާއިތުވެގެން އެތައް ދުވަހެއް ވެފައިވާއިރު މަސައްކަތް ނުނިމި މިހާރު ވަނީ މަސައްކަތް އެއްކޮށް ހުއްޓިފަ. ކޮލެޖުގެ މަސައްކަތާ ގުޅޭގޮތުން ސަރުކާރުން 2024 ވަނަ އަހަރު ބުނީ، އެ ކޮލެޖުގެ މަސައްކަތް 2025 ވަނަ އަހަރު ނިންމާ ހަމަ އެ އަހަރު ކިޔަވަދޭން ވެސް ފަށާނެ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 03:16
ނ. ވެލިދޫގައި އިމާރާތް ކުރަން ފަށާފައިވާ ޖޫނިއަރ ކޮލެޖް

ނ. ވެލިދޫގައި އިމާރާތް ކުރަން ފަށާފައިވާ ޖޫނިއަރ ކޮލެޖް | އެމްޓީސީސީ

އެމްޑީޕީ ސަރުކާރުން ނ. ވެލިދޫ ގައި ތަރައްގީ ކުރަން ފެށި ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނުނިމި ހުއްޓިފައި އޮތުމަކީ އެރަށުން ގްރޭޑް 10 ނިންމާފައި މަތީ ތައުލީމު ހާސިލް ކުރުމަށް، ރަށުން ބޭރަށް ދާން މަޖުބޫރުވާ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ޖީހާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތާ ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ޖީހާން ވިދާޅުވީ މި ކޮލެޖަކީ އެމްޑީޕީ ސަރުކާރުން ފެށި ޕްރޮޖެކްޓެއް ކަމަށާއި މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވެސް އެމްޓީސީސީ އިން މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. 270 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މި ކޮލެޖުގެ މަސައްކަތް، މިހާރު އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު އަދިވެސް މަސައްކަތް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކޮންމެ އަހަރަކު ވެސް ވެލިދޫ އިން އޯލެވެލް ހަދާ ގިނަ ކުދިން ރަށުން ބޭރަށް ކިޔަވަން ދާ ކަމަށާއި، މި ކޮލެޖަކީ ވެލިދޫ އަށް ވަރަށް ބޭނުންތެރި ތަނެން ކަމަށް ޖީހާން ވިދާޅުވި އެވެ. ނަމަވެސް މި ތަން ނުނިމި މަސައްކަތް ދިގުލައިގެންދާ ކޮންމެ ދުވަހަކީ ގްރޭޑް 10 ނިންމާފައި މި ރަށުން ބޭރަށް ދާ ކުދިންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

270 ދުވަސް ތެރޭގަ ނިންމަން ހަވާލުކޮސްފައިވާ މަސައްކަތެއް، މިހާރު އޭގެ ފަހުން އެތަށް ދުވަހެއް ފާއިތުވެގެން ދާއިރު އަދިވެސް މަސައްކަތް ނުނިމޭ. ކޮންމެ އަހަރަކު ވެސް މިރަށުގަ އޯލެވެލް ހަދާ ގިނަ ކުދިން ތަކެއް ރަށުން ބޭރަށް ކިޔަވަން ދަނީ. ހަގީގަތުގަ މިރަށަށް ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގަ އަޅުގަނޑުމެންނަށް ފާހަގަވާ ކަމެއް މި ކޮލެޖަކީ. ނަމަވެސް މިތަން ނުނިމި މަސައްކަތް ގިދުލައިގެންދާ ކޮންމެ ދުވަހަކީ ގްރޭޑް 10 ނިންމާފަ މި ރަށުން ބޭރަށް ދާ ކުދިންނަށް ލިބޭ ވަރަަށް ބޮޑު ދެރައެއް.
ނ. ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ޖީހާން މުހައްމަދު

ވެލިދޫގައި ހުންނަ ނ. އަތޮޅު ތައުލީމީ މަރުކަޒަކީ ވެސް ރަށުން ބޭރު ވަރަށް ގިނަ ކުދިން އެ ރަށަށް ބަދަލުވެގެން ތައުލީމު ހާސިލް ކުރަމުންދާ ސްކޫލެއް ކަމުން، މިގޮތަށް ކޮލެޖެއްގެ ހިދުމަތް ދެވެން ފަށައިފިއްޔާ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން އެ ރަށަށް އަންނާނެ ކަމަށް ޖީހާން ވިދާޅުވި އެވެ. މި މަސައްކަތް ނުނިމި ހުއްޓިފައި އޮތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެންމެ ކަންބޮޑުވާ ކަމަކީ މިގޮތަށް މި ހުރި ޕްރޮޖެކްޓްތަކާ ބެހޭ ސައްހަ މައުލޫމާތު ސަރުކާރުގެ ފަރާތުން ކައުންސިލާ ހިއްސާ ނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނިންމުމަށް ކައުންސިލްގެ ފަރާތުން ރައީސް މުއިއްޒުގެ ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން ދާ ކަމަށް ޖީހާން ވިދާޅުވި އެވެ. މި ކޮލެޖުގެ މަސައްކަތް ހުއްޓިފަ ވަނީ ކައުންސިލުން ހުރަސް އަޅައިގެން، ކައުންސިލުން ބިން ނުދީގެން ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ވެލިދޫ ޖޫނިއަރ ކޮލެޖްގައި ސްމާޓް ކްލާސްރޫމްތަކާއި އައިސީޓީ ލެބޯޓްރީއަކާއި ލައިބްރަރީ އެއްވެސް ހުންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އަދި ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ މަލްޓިޕަރޕަސް ވޯކްޝޮޕްތައް ތަރައްގީކުރުމަށްވަނީ ހަމަޖެހިފަ އެވެ.

ވެލިދޫގައި ޖޫނިއަރ ކޮލެޖް ތަރައްގީ ކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރައްވާފައިވަނީ 9 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 11.91 މިލިއަން ރުފިޔާ އަށެވެ. ވެލިދޫ ޖޫނިއާ ކޮލެޖާއި ގުޅޭ ގޮތުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާ އިން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވިދާޅުވީ، އެ ކޮލެޖުގެ މަސައްކަތް 2025 ވަނަ އަހަރު ނިންމާ ކިޔަވަދޭން ވެސް ފަށާނެ ކަމަށެވެ.

ނަމަވެސް 2025 ވަނަ އަހަރު ނިމިނު އިރު ކޮލެޖުގެ މަސައްކަތް ނުނިމި، މިހާރު ވަނީ މަސައްކަތް އެއްކޮށް ހުއްޓިފަ އެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ވެލިދޫގައި ތަރައްގީގެ އެއްވެސް މަޝްރޫޢެއް އެކަށީގެންވާ ގޮތަށް ނުހިނގާކަން އެރަށު ރައްޔިތުން ބުނެ އެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެރަށުގައި ފަށާފައިވާ މަޝްރޫޢުތައް ވެސް މިހާރު މަޑުޖެހިފައިވާކަމަށް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ.

ވެލިދޫޖޫނިޔަރ ކޮލެޖު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

18 ޖެނުއަރީ 2026
މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި، ބިން އޮތީ ބިންގާ އަޅާއި ހަވާލުވެސް ކޮށްފައި!

މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި، ބިން އޮތީ ބިންގާ އަޅާއި ހަވާލުވެސް ކޮށްފައި!

17 ޖެނުއަރީ 2026
ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

18 އެޕްރީލު 2025
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު