Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގެ މިނިއަޕޮލިސް ސިޓީގައި 'އައިސް' އެޖެންޓަކު މީހެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި

މިދިޔަ ހަފުތާގައި ވެސް 'އައިސް' އެޖެންޓަކު ބަޑިޖަހައި އަންހެނަކު މި ސިޓީގައި ވަނީ މަރާލާފައި.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 07:16
އެމެރިކާގެ މިނިއަޕޮލިސް ގައި އައިސް އެޖެންޓަކު މީހެއްގެ ފަޔަށް ބަޑިޖެހުމުން މުޅި ސަރަހައްދު ހަމަ ނުޖެހުމަކަށް ވަނީ ވެއްޓިފައި

އެމެރިކާގެ މިނިއަޕޮލިސް ގައި އައިސް އެޖެންޓަކު މީހެއްގެ ފަޔަށް ބަޑިޖެހުމުން މުޅި ސަރަހައްދު ހަމަ ނުޖެހުމަކަށް ވަނީ ވެއްޓިފައި | އެކްސް

އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އޮފިސަރަކު އެމެރިކާގެ މިނިއަޕޮލިސް ސިޓީގައި މީހެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި އެވެ. މިއީ މިދިޔަ ހަފުތާގައި ވެސް 'އައިސް' އެޖެންޓަކު ބަޑިޖަހައި އަންހެނަކު މަރާލި ސިޓީ އެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީ.އެޗް.އެސް) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފެޑަރަލް އޮފިސަރުން އެމީހާގެ ފަހަތުން ކާރުގައި ދިޔައީ، އޭނާ އަކީ ވެނެޒުއޭލާ އިން އެމެރިކާ އަށް ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ މީހަކަށް ވާތީ ކަމަށެވެ.

މިނިއަޕޮލިސް ސިޓީގެ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބަޑިޖެހުމުގެ ސަބަބުން ޒަޚަމްވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ އިރު، އޭނާގެ ފުރާނަ އަށް ނުރައްކަލެއް ނެތެވެ. މީގެ އިތުރުން، އެ ހާދިސާ ގައި ލިބުނު އަނިޔާތަކަށް 'އައިސް' އޮފިސަރަކު ވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ޑީ.އެޗް.އެސް އިން ބުނެ އެވެ.

މިނިއަޕޮލިސް ސިޓީގެ އޮފިޝަލުން 'އެކްސް' ގައި ބުނެފައި ވަނީ، ރައްޔިތުންގެ މެދުގައި ނުރުހުމާއި ރުޅިވެރިކަން އޮތްކަން ދަންނަ ކަމަށާއި، ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރުމަށް އެދޭ ކަމަށެވެ. އަދި 'އައިސް' އިން ވަގުތުން އެ ސިޓީ އާއި ސްޓޭޓުން ބޭރުވުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޑީ.އެޗް.އެސް އިން ބުނި ގޮތުގައި، އެމީހާ ކާރުން ފޭބުމަށް ފަހު އޮފިސަރާ ދެމެދު ކުރިމަތިލުމެއް ހިނގި އެވެ. އެ ވަގުތު ކައިރީގައި ހުރި އިމާރާތަކުން އިތުރު ދެމީހަކު ނުކުމެ އޮފިސަރަށް "ހަމަލާދިން" ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ތިން މީހަކު ވެގެން އޮފިސަރު ވަށާލައި ހަމަލާދޭން ފެށުމުން، އަމިއްލަ ނަފްސާއި ފުރާނައިގެ ދިފާއުގައި އޮފިސަރު ބަޑިޖެހީ ކަމަށް ބަޔާނުގައިވެ އެވެ. އަދި ހަމަލާދިން ދެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މިނިއަޕޮލިސްގެ ޕޮލިސް ޗީފް ބްރަޔަން އޯހާރާ ވިދާޅުވި ގޮތުގައި، އެފް.ބީ.އައި އިން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން މިނިއަޕޮލިސްގެ މޭޔަރު ޖެކޮބް ފްރޭ ވަނީ މައި ސަރުކާރުގެ އޮފިސަރުން މުޅި ސްޓޭޓުގައި ހަމަނުޖެހުން އުފައްދަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ބަޑިޖެހި ޚަބަރު ފެތުރުމާ އެކު، މިންސޯޓާ ސްޓޭޓްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ މިނިއަޕޮލިސް ގައި 'އައިސް' އިން ހިންގާ އޮޕަރޭޝަންތަކާ ދެކޮޅަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރި އެވެ. ފާއިތުވި ހަފުތާތަކުގައި މިންސޯޓާއަށް 3،000 އެއްހާ 'އައިސް' އޮފިސަރުން ވަނީ ފޮނުވާފަ އެވެ.

މިދިޔަ ހަފުތާގައި އުމުރުން 37 އަހަރުގެ ރެނޭ ނިކޯލް ގުޑް، 'އައިސް' އެޖެންޓެއްގެ އަތުން މަރުވުމާ ގުޅިގެން ވެސް އެ ސިޓީގައި ވަނީ މުޒާހަރާތައް ބާއްވާފަ އެވެ. ފެޑަރަލް އޮފިޝަލުން ބުނާ ގޮތުގައި އޭނާ މަސައްކަތް ކުރީ ކާރުން އޮފިސަރުންގެ ގައިގައި ޖެއްސުމަށެވެ. ނަމަވެސް މޭޔަރު ފްރޭ ވިދާޅުވީ އޮފިސަރު އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލޭންޗް 'އެކްސް' ގައި ވިދާޅުވީ، މިންސޯޓާ ގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ނާގާބިލު ގަވަރުނަރަކާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ ދެކޮޅަށް އަނިޔާވެރިވުމަށް ހިތްވަރުދޭ ދަށް ފެންވަރުގެ މޭޔަރެއްގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެއް ކަމަށެވެ. 

މިންސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް ވަނީ ސޯޝަލް މީޑިއާ ގައި ވީޑިއޯ އެއް އާންމުކުރައްވައި، 'އައިސް' އޮފިސަރުން އެ ސްޓޭޓުގައި ހިންގާ "އިސްތިއުމާރީ" އަމަލުތައް ހުއްޓާލުމަށް ޓްރަމްޕަށް ގޮވާލައްވާފަ އެވެ. "މިކަމާ މެދު އޮތް ރުޅިވެރިކަން ހާމަކޮށްދޭން 'ރުޅި' އެއީ އެންމެ އެކަށީގެންވާ ލަފްޒެއް ނޫން،" ވޯލްޒް ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

މިނިއަޕޮލިސްމިންސޯޓާ އެމެރިކާގެ - އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

 ހަ ޕްރޮސެކިޔުޓަރަކު އިސްތިއުފާ ދެއްވައިފި !

ހަ ޕްރޮސެކިޔުޓަރަކު އިސްތިއުފާ ދެއްވައިފި !

14 ޖެނުއަރީ 2026
 އެމެރިކާގެ މިނިއަޕޮލިސް ގައި ކުރި މުޒާހަރާތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް، ފުލުހަކަށް އަނިޔާވެއްޖެ

އެމެރިކާގެ މިނިއަޕޮލިސް ގައި ކުރި މުޒާހަރާތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް، ފުލުހަކަށް އަނިޔާވެއްޖެ

11 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ސިޓީ ގައި މައި ސަރުކާރުގެ އިމިގްރޭޝަން އޭޖެންޓަކު ބަޑިޖަހައި 37 އަހަރުގެ އަންހެނަކު މަރާލުމާ ގުޅިގެން މުޒާހަރާތައް ފެށިއްޖެ

އެމެރިކާގެ މިނިއަޕޮލިސް ސިޓީ ގައި މައި ސަރުކާރުގެ އިމިގްރޭޝަން އޭޖެންޓަކު ބަޑިޖަހައި 37 އަހަރުގެ އަންހެނަކު މަރާލުމާ ގުޅިގެން މުޒާހަރާތައް ފެށިއްޖެ

08 ޖެނުއަރީ 2026
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު