Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ޕޮރޮސެކިޔުޓަރުން

ހަ ޕްރޮސެކިޔުޓަރަކު އިސްތިއުފާ ދެއްވައިފި !

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (ICE) ގެ އޭޖެންޓަކު ދިން ބަޑީގެ ހަމަލާއެއްގައި މަރުވި އަންހެން މީހާ އާއި ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޖަސްޓިސް ޑިޕާރޓްމަންޓުގެ އިސްވެރިން އެންގުމާ ގުޅިގެންނާ އަދި ހަމައެއާއެކު، ބަޑިޖެހި އޭޖެންޓުގެ މައްސަލަ ބެލުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ފަސްޖެހެމުންދާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ އިސް ހަ ޕްރޮސެކިޔުޓަރަކު 13 ޖެނުއަރީ ވީ ޢަނޮގާރަ ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.

އަލް - ހުރަވީ
އަލް - ހުރަވީ | 14 ޖެނުއަރީ 2026 | ބުދަ 18:04
ޖޯސެފް އެޗް. ތޮމްސަން -އެމެރިކާގެ އެޓަރނީ އޮފީސް ގެ ފެޑަރަލް ޕްރޮސެކިޔުޓަރ

ޖޯސެފް އެޗް. ތޮމްސަން -އެމެރިކާގެ އެޓަރނީ އޮފީސް ގެ ފެޑަރަލް ޕްރޮސެކިޔުޓަރ | ނިއު ޔޯކް ޓައިމްސް

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (ICE) ގެ އޭޖެންޓަކު ދިން ބަޑީގެ ހަމަލާއެއްގައި މަރުވި އަންހެން މީހާ  އާއި ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޖަސްޓިސް ޑިޕާރޓްމަންޓުގެ އިސްވެރިން އެންގުމާ ގުޅިގެން، އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ އިސް ހަ ޕްރޮސެކިޔުޓަރަކު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ ހަފުތާގައި މިނިއަޕޮލިސްގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 37 އަހަރުގެ ރެނޭ ނިކޯލް ގުޑް އެވެ. އޭނާ މަރުވީ އައި.ސީ.އީ އޭޖެންޓަކު އޭނާ ދުއްވަން އިން ކާރަށް ބަޑިޖެހުމުގެ ސަބަބުންނެވެ.

ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި، އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި މިނެސޯޓާގެ ޔޫ.އެސް އެޓަރނީ އޮފީހުގެ ދެވަނައަށް އެންމެ އިސްވެރިޔާ ޖޯސެފް އެޗް. ތޯމްސަން ހިމެނިވަޑައިގަންނަވައެވެ. ތޯމްސަން އަކީ އެ ސްޓޭޓްގައި ހިންގާ ބޮޑެތި މަކަރާއި ހީލަތުގެ މައްސަލަތައް ބެއްލެވުމުގައި އިސްކޮށް އުޅުއްވާ، ގިނަ ދުވަސްވީ ތަޖުރިބާކާރު ޕްރޮސެކިޔުޓަރެކެވެ.

މި ބޭފުޅުން އިސްތިއުފާ ދެއްވަން ނިންމެވީ، މަރުވި ރެނޭ ގުޑްގެ އަނބިމީހާ ބެކާ ގުޑް އާއި އެކްޓިވިސްޓް ގްރޫޕްތަކާ އޮތް ގުޅުން ތަޙުޤީޤުކުރުމަށް ވޮޝިންގޓަންގެ އިސް އޮފިޝަލުން ބާރުއަޅުއްވަން ފެއްޓެވުމުންނެވެ. އަދި ހަމައެއާއެކު، ބަޑިޖެހި އޭޖެންޓުގެ މައްސަލަ ބެލުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ފަސްޖެހެމުންދާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން، މި ހާދިސާގެ ތަޙުޤީޤުގައި ސްޓޭޓްގެ ފުލުހުންނާއި ތަޙުޤީޤީ އިދާރާތައް ބައިވެރިކުރުމަށް އެފް.ބީ.އައި އިން އިންކާރުކުރުމަކީ ވެސް ޕްރޮސެކިޔުޓަރުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މި އިސްތިއުފާތަކާ ގުޅިގެން ވައިޓް ހައުސް އިންނާއި ޖަސްޓިސް ޑިޕާޓްމަންޓުގެ އިސްވެރިން ބުނަމުންދަނީ، މިއީ ކުރިންވެސް ރޭވިފައިވާ ރިޓަޔަރމަންޓްތަކެއް ކަމަށެވެ. ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޓްރަމްޕް ސަރުކާރުގެ ދެވަނަ ދައުރުގައި ޖަސްޓިސް ޑިޕާޓްމަންޓުގެ މިނިވަންކަމަށް އަސަރު ކުރަމުންދާކަމުގެ ބޮޑު ހެއްކެކެވެ.

މި ހާދިސާއާ ގުޅިގެން މިނިއަޕޮލިސްގެ މަގުތަކުގައި އާންމުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެމީހުން ބުނަމުންދަނީ ސަރުކާރުން މަސައްކަތް ކުރަނީ އަނިޔާ ލިބުނު ފަރާތް ކުށްވެރިކޮށް، ބަޑިޖެހި އޭޖެންޓް ސަލާމަތްކުރުމަށް ކަމަށެވެ.

މިނެސޯޓާ ސްޓޭޓް އެމެރިކާގެ - އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި
24 ޖެނުއަރީ 2026

އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި

24 ޖެނުއަރީ 2026
އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި
15 ޖެނުއަރީ 2026

އެމެރިކާގެ މިނިއަޕޮލިސް ސިޓީގައި 'އައިސް' އެޖެންޓަކު މީހެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި

15 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ސިޓީގައި 'އައިސް' އެޖެންޓަކު މީހެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
26 މާރިޗު 2017

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި
20 މާރިޗު 2017

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު