Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

ޝަރީފް ވިދާޅުވީ މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް. ކައުންސިލް ތަކުގެ ބާރު ކަނޑުވާލާފައިވާ މި ސަރުކާރުން ރައްޔިތުން ބާރުވެރިވާން ނޭދޭނެ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2026 | ބުދަ 08:22
އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ

އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

މި މުޖުތަމައުއިން ދޮގު ފުހެލުމަށް  އޮތް ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބު ގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި ޝަރީފް ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ހެއްދެވި ދޮގުތަކަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. މިހާރު ހުރިހާ ރައްޔިތުންނަށް ވެސް އެއީ ދޮގުކަން ހާމަވެފައިވާ ކަމަށާއި، އެދޮގުތަކުގެ މައްޗަށް އިތުރު ދޮގުތައް ހަދައި އަދިވެސް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަރީފް ވިދާޅުވީ މިސަރުކާރާއެކު މިހާރު ދޮގު އާއްމުވެފައިވާ ކަމަށާއި، މި ދޮގުތަކުން ސަލާމަތްވެ، މުޖުތަމައުގައި ތެދު އާއްމު ކުރަން ބޭނުންވާ ކަމަށްވާނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ޕާޓީ ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަށް އަދި އަމިއްލަ ގޮތުން ވާދަކުރި ނަމަވެސް ރައީސް މުއިއްޒުގެ ރުހުމާއެކު ނުކުންނަ ހުރިހާ ކެންޑިޑޭޓުންނަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. 

އަޅުގަނޑުމެން ކިޔަމުން ގެންދިޔައިން މަޖިލިސް އިންތިޚާބުގައި ދޮގު ދޮލަނގެއްގެ ވާހަކަ. ދޮގު ތައް މިހާރު ވަނީ ފަޅާއަރާފައި. އެބޭފުޅުންނަށް އޭރު މާ ބޮޑަކަށް ފަހުމެއް ނުވޭ އަޅުގަނޑުމެން މިކިޔާ އެއްޗެއް. ދޮގު ދޮލަނގަކާ ދޮގު ޖާޑިޔާއެއްގެ ވާހަކައެއް ދައްކަމުން ދިޔައިން. އެހެން ނަމަވެސް އެދޮގުތައް މިއަދު މިވަނީ ފަޅާ އަރާފައި. އަދި އެ ދޮގުގެ މައްޗަށް މިހާރު އިތުރު ދޮގުތައް އަރަމުން މިދަނީ. ދެން ވެސް ހަދާނީ ދޮގު. އެހެންވީމަ ދޮގު ސަރުކާރެއް. ދޮގު އަޅުގަނޑުގެ ތެރޭގައި ފުހެލަން ބޭނުންވަންޏާ ތެދުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އެއީ އާއްމު އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވާނަމަ މިހާރު މިއޮތް ސަރުކާރުގެ ފަރާތުން ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް ވެސް ނޫނެކޭ ބުނަން.
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް 

މި ސަރުކާރުން ކައުންސިލް ތަކުގެ ބާރު ކަނޑުވާލާފައިވާކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ކުރީގައި ކައުންސިލްތަކަށް ފައިސާ ލިބުނު އުސޫލުން މިހާރު ފައިސާ ނުލިބޭނެ ކަމަށެވެ. ހަމަހަމަ އުސޫލެއްގެ ތެރެއިން  ހުރިހާ ރަށެއް ތިޔާގިވެ، ރައްޔިތުން ބާރުވެރިވާން ސަރުކާރުން ނޭދޭނެ ކަމަށެވެ. 

ކުރިއަށް އޮތްތަނުގައި ވެސް ކައުންސިލްތަކުގެ ގާބިލްކަން އިތުރުކޮށް ރަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށްވާނަމަ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއިބްރާހިމް ޝަރީފްލޯކަލް ކައުންސިލް އިންތިހާބުޕީއެންސީ

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2026

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ
06 ޖެނުއަރީ 2026

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ފޯމު ފުރުމަށް "މައި ޕޯޓަލް" ހުޅުވާލައިފި

06 ޖެނުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ފޯމު ފުރުމަށް "މައި ޕޯޓަލް" ހުޅުވާލައިފި
06 ޖެނުއަރީ 2026

މިދިޔަ އޮގަސްޓް މަހު ކުމުންދޫ އަށް ވަޑައިގެން 2 މަސް ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ކުމުންދޫ ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭ!

06 ޖެނުއަރީ 2026
މިދިޔަ އޮގަސްޓް މަހު ކުމުންދޫ އަށް ވަޑައިގެން 2 މަސް ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ކުމުންދޫ ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭ!
05 ޖެނުއަރީ 2026

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

05 ޖެނުއަރީ 2026
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި
05 ޖެނުއަރީ 2026

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!

05 ޖެނުއަރީ 2026
ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު