Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

621 ވޯޓު ފޮށީގެ މައުލޫމާތު އާންމު ކޮށްފި

8 ޖެނުއަރީ 2026 | ބުރާސްފަތި 04:37

އިލެކްޝަންސް ކޮމިޝަނުން އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެ. މި އިންތިހާބުގައި 225 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރެވޭނެ. ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖެނުއަރީ 2026 | ބުރާސްފަތި 04:37
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 621 ވޯޓު ފޮށްޓެއް ބަހައްޓާނެ

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 621 ވޯޓު ފޮށްޓެއް ބަހައްޓާނެ | އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ގައި ބަހައްޓާ ވޯޓު ފޮށިތަކުގެ މައުލޫމާތު އާންމު ކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އަހަރުގެ އޭޕްރިލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު މިހާރު އާންމު ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި އިންތިހާބު ގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމްލަ 621 ވޯޓު ފޮށްޓެވެ. އެގޮތުން، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހެއްޓޭނެ އެވެ.

އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރެވޭނެ އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

ވޯޓު ފޮށިތަކުގެ ތަފްސީލްތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ވޯޓު ފޮށިތަކުގެ މައޫލޫމާތު ލިންކު: https://lnk.bio/elections.mv

ލޯކަލް ކައުންސިލް އިންތިހާބުއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2026

ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 294،937 މީހުންނަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

08 ޖެނުއަރީ 2026
ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 294،937 މީހުންނަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2026

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026
މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް
06 ޖެނުއަރީ 2026

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ފޯމު ފުރުމަށް "މައި ޕޯޓަލް" ހުޅުވާލައިފި

06 ޖެނުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ފޯމު ފުރުމަށް "މައި ޕޯޓަލް" ހުޅުވާލައިފި
05 ޖެނުއަރީ 2026

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

05 ޖެނުއަރީ 2026
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި
04 ޖެނުއަރީ 2026

އެމްޑީޕީ ޕްރައިމަރީ: ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

04 ޖެނުއަރީ 2026
އެމްޑީޕީ ޕްރައިމަރީ: ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި
02 ޖެނުއަރީ 2026

އަމިއްލައަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެ ވަކިވެވޭ ގޮތަށް ޕޯޓަލް އެއް ހަދައިފި

02 ޖެނުއަރީ 2026
އަމިއްލައަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެ ވަކިވެވޭ ގޮތަށް ޕޯޓަލް އެއް ހަދައިފި
30 ޑިސެމްބަރު 2025

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

30 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި
28 ޑިސެމްބަރު 2025

ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

28 ޑިސެމްބަރު 2025
ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!
27 ޑިސެމްބަރު 2025

ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ހަރުދަނާ ކުރަން ޗައިނާ އިން ތަޖުރިބާ އާއި ފިލާވަޅު ހޯދަނީ

27 ޑިސެމްބަރު 2025
ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ހަރުދަނާ ކުރަން ޗައިނާ އިން ތަޖުރިބާ އާއި ފިލާވަޅު ހޯދަނީ
27 ޑިސެމްބަރު 2025

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން: "ވަގު ވޯޓު" އެޅި މައްސަލަ ހޫނުވެ، މައްޗަންގޮޅި އުތުރު ދާއިރާ ގެ ވޯޓު ފޮށި ކައިރީ ހަމަ ނުޖެހުން ހިނގައިފި

27 ޑިސެމްބަރު 2025
ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން: "ވަގު ވޯޓު" އެޅި މައްސަލަ ހޫނުވެ، މައްޗަންގޮޅި އުތުރު ދާއިރާ ގެ ވޯޓު ފޮށި ކައިރީ ހަމަ ނުޖެހުން ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް