Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްޕަދްމާވަތު

ޕަދްމާވަތު ޝަންހާއީ ފިލްމް ފެސްޓިވަލްގައި ވާދަކުރަނީ

އެސްއައިއެފްއެފް އޮންނާނީ މިމަހުގެ 16 އިން 25 އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 ޖޫން 2018 | އަންގާރަ 04:26
ޕަދްމާވަތުގެ ލީޑު ރޯލުން ފެނިގެންދާ ތިން ތަރިން

ޕަދްމާވަތުގެ ލީޑު ރޯލުން ފެނިގެންދާ ތިން ތަރިން

މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު ޕަދްމާވަތު, ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ވާދަކުރާކަން އިއުލާންކޮށްފި އެވެ.

އެކާވީސް ވަނަ އެސްއައިއެފްއެފްގައި ޕަދްމާވަތު ވާދަކުރާކަން އިއުލާންކޮށްފައި ވަނީ ޓްވިޓާ މެދުވެރިކޮށެވެ.

އެސްއައިއެފްއެފް އޮންނާނީ މިމަހުގެ 16 އިން 25 އަށެވެ.

މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގު ބޮޑު ފިލްމު ކަމަށްވާ ޕަދްމާވަތު އުފައްދަން 200 ކުރޯޑް އިންޑިއަން ރުޕީސް (31 މިލިއަން ޑޮލަރު) ވަނީ ހޭދަކޮށްފައެވެ. ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ޖުމްލަ 585 ކްރޯޑް ރުޕީސް (89.8 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މި ފިލްމުގައި ދައްކައިދެނީ 14 ވަނަ ގަރުނުގައި އުޅުނު ހިންދޫ ރާނީއެއް ހާސިލްކުރުމަށް މުސްލިމް ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީ ހިންގާ ކަންތައްތަކެއްގެ ވާހަކައެވެ. ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން އާއި ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގހެވެ.

ޗައިނާ މާކެޓްގައި ބޮލީވުޑްގެ ފިލްމުތަކަށް ލިބޭ ތަރުހީބު ބޮޑެވެ. އެސްއައިއެފްއެފްގައި މި ފިލްމް ވާދަކުރާ އިރު ފިލްމު ކާމިޔާބު ވާނެކަމަށް ބުނާ މީހުން ގިނައެވެ. މިދިޔަ އަހަރު ބޭއްވި އެސްއައިއެފްއެފްގައި އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ ޕޮލެންޑްގެ އައި އެމް އަ ކިލާ އެވެ.

އިތުރަށް ކިޔާލަން

14 މެއި 2023

"ލޯބިވެވިއްޖެ" ފިލްމް ބަލާލަން ބޮލީވުޑްގެ ބަތަލް އާފްތާބް ރާއްޖެ އަށް - "ހުރީ ވަރަށް އުންމީދުގައި"

14 މެއި 2023
"ލޯބިވެވިއްޖެ" ފިލްމް ބަލާލަން ބޮލީވުޑްގެ ބަތަލް އާފްތާބް ރާއްޖެ އަށް - "ހުރީ ވަރަށް އުންމީދުގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު