Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްގަންސް އެންޑް ރޯސަސް

މަޝްހޫރު ހާޑް ރޮކް ބޭންޑް 'ގަންސް އެން ރޯސަސް' ސައުދީ އަރަބިއްޔާ ގައި ޝޯވ އެއް ބާއްވައިފި

ގަންސް އެން' ރޯސަސް ފަދަ މަޝްހޫރު އާޓިސްޓުން ގެނެސްގެން، ޝޯވ ތައް ބޭއްވުމުގެ މަޤްޞަދަކީ ދުނިޔޭގެ މިޔުޒިކީ މައިދާނުގައި ސައުދީ އަރަބިއްޔާގެ މަގާމު މަތި ކުރުން ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެންޓަރޓެއިންމަންޓް ކުންފުނިން ބުނެފައިވޭ

ރާއްޖެ އެމްވީ | 24 މެއި 2025 | ހޮނިހިރު 07:37
ގަންސް އެން ރޯސަސް

ގަންސް އެން ރޯސަސް

އެމެރިކާގެ މަޝްހޫރު ހާޑް ރޮކް ބޭންޑް ގަންސް އެން' ރޯސަސް އިން ހުކުރު ދުވަހު ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ޝޯވ އެއް ބާއްވައިފިއެވެ.

މިއީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެންޓަރޓެއިންމަންޓް ކުންފުނި އެމްޑީއެލްބީސްޓް އިން އިންތިޒާމު ކުރި އިވެންޓެއް ކަމަށް އެރަބް ނިއުސް އިން ބުނެފައިވެއެވެ.

އެމްޑީއެލްބީސްޓް ގެ އޮޕަރޭޝަންސް ޑިރެކްޓަރ ރަޔާން އަލް-ރަޝީދު މި އިވެންޓާ ބެހޭ ގޮތުން އެރަބް ނިއުސް އަށް ބުނެފައިވަނީ: "ސައުދީ އަރަބިއްޔާ ވަނީ ދުނިޔޭގެ މިއުޒިކް ހަރަކާތްތަކުގެ މައި މަންޒިލަކަށް ވެފައެވެ. ގަންސް އެން' ރޯސަސް ފަދަ މަޝްހޫރު އާޓިސްޓުން ގެނެސްގެން، އަޅުގަނޑުމެން މަޤްޞަދަކީ ދުނިޔޭގެ މިޔުޒިކީ މައިދާނުގައި ސައުދީ އަރަބިއްޔާގެ މަގާމު މަތި ކުރުމުވެ."

"މި ކޮންސަޓަކީ މިހާތަނަށް ސައުދީ އަރަބިއްޔާ ގައި ބާއްވާފައިވާ އެންމެ ބޮޑެތި އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓު ކަމުގައި ވާނެއެވެ،" އަލް-ރަޝީދު ބުނެފައިވެއެވެ.

ޝޯވ ބާއްވާފައިވަނީ 28،000 މީހުންގެ ޖާގައިގެ ކިންގްޑަމް އެރީނާގަ އެވެ.

ސައުދީ އަރަބިއްޔާ އަކީ ގަންސް އެން' ރޯސަސް މިއަހަރު ބާއްވާ ގްލޯބަލް ޓުއަރގެ މަންޒިލެކެވެ. މި ޓުއަރގައި މެދުއިރުމަތީގެ އެހެން ޤައުމުތަކަށްވެސް އެ ބޭންޑު ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މި ބޭންޑުގެ މަޝްހޫރު ލަވަ ތަކުގެ ތެރޭގައ ސްވީޓް ޗައިލްޑް އޯ މައިން، ނޮވެމްބަރ ރެއިން އަދި ނޮކިން އޮން ހެވަންސް ޑޯރ ފަދަ ކްލާސިކް ހިޓް ތައް ހިމެނެއެވެ.

ސައުދީ އަރަބިއްޔާގައި މި ފަހުގެ ޕަރފޯމަންސް އިން ދައްކުވައިދެނީ ސައުދީގައި ޤާއިމުވެފައިވާ އެމްޑީއެލްބީސްޓް އެންޓަރޓެއިންމަންޓް ކުންފުނިން އެ ގައުމުގެ މުނިފޫހިފިލުވުމާއި މިއުޒިކީ މަލަމަތި ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށް އަލް އަރަބިއްޔާ އިން ބުނެފައިވެއެވެ.

މި އަހަރުގެ ގްލޯބަލް ޓުއަރގައި ގަންސް އެން' ރޯސަސް އިން ޔޫރަޕްގެ މަންޒިލްތަކަށް ވެސް ދަތުރު ކުރާ ގޮތައް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފަހަރަށް މި ބޭންޑުން ސައުދީ އަރަބިއްޔާ، ޖޯޖިއާ، ލިތުއޭނިއާ އަދި ލަކްސެމްބާގްގައި ޕަރފޯމްކުރާނެއެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
21 އޮކްޓޯބަރު 2025

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު