Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްއައިޔޫ

އޮގަސްޓަ މަހު އެފްއައިޔޫގެ ވެރިޔަކަށް އައްޔަން ކުރެއްވި ސާޖިދު ސަސްޕެންޑް ކޮށްފި

އެފްއައިޔޫގެ ރިޕޯޓެއް ލީކުވުމާ ގުޅިގެން އޮގަސްޓް މަހު އެ ޔުނިޓުގެ ކުރީގެ ވެރިޔާގެ ބަދަލުގައި އައްޔަން ކުރި އިސްމާއިލް ސާޖިދު މަގާމުން ސަސްޕެންޑް ކުރި ނަމަވެސް މިހާތަނަށް އޭނާ މަގާމުން ދުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައި ނުވޭ. ސާޖިދު މަގާމުން ސަސްޕެންޑް ކުރިތާ 2 ދުވަހެއް ވަރު ވަނީ ވެފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 14:36
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް ހުންނެވި ސާޖިދު

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް ހުންނެވި ސާޖިދު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަށް ތުހުމަތުކުރެވޭ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓެއް ލީކުވުމާއި ގުޅިގެން އެއިރު ހުރި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ މަގާމުން ދުރުކޮށް އޮގަސްޓް މަހު އެ މަގާމަށް އައްޔަން ކުރެއްވި އިސްމާއިލް ސާޖިދު މަގާމުން ސަސްޕެންޑް ކޮށްފި އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސާޖިދު މަގާމުން ދުރުކުރީ އާދީއްތަ ދުވަހު އެވެ. ނަމަވެސް އެމްއެމްއޭ އިން އެކަން ކަށަވަރުކޮށް ނުދެ އެވެ. އަދި އޭނާ މަގާމުން ދުރުކުރި ސަބަބެއް ވެސް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ސާޖިދު އެ މަގާމަށް އައްޔަން ކުރެއްވީ އޮގަސްޓް 3، 2025 ގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، އެ ޔުނިޓުގެ ވެރިޔަކަށް ހުންނެވި ޢަބްދުﷲ އަޝްރަފްގެ މަޤާމު ބަދަލު ކުރި އެވެ.  އަޝްރަފް ބަދަލު ކުރީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސް މަގާމަށެވެ. 

އަދި އަޝްރަފުގެ ބަދަލުގައި ސާޖިދު އެ މަގާމަށް އައްޔަން ކުރީ މަރުކަޒީ ބޭންކުގެ ހިންގުން ހަރުދަނާ ކުރުމާއި، މަރުކަޒީ ބޭންކުގެ ސްޓްރަކްޗަރަލް ބަދަލެއްގެ ގޮތުގައި ކަމަށް އެއިރު އެމްއެމްއޭ އިން ބުނެފައިވެ އެވެ. 

މަރުކަޒީ ބޭންކުގެ އައިޔޫއެފް ޔުނިޓަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމް އަށް ފައިނޭސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ.

އަޝްރަފް މަގާމުން އެއިރު ދުރުކުރި އިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވުމުގެ ރަސްމިއްޔާތު ގެ އިވެންޓް މެނޭޖު ކުރުމަށް ސިފައިންގެ ކުންފުނި "ސިވެކް" އަށް ބިޑު ކުރުމެއް ނެތި ހަވާލުކުރީ، އެ ކުންފުނި މެދުވެރިކޮށް ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުގެ އޮފިޝަލް އިވެންޓްސް ކުންފުންޏަށް ބޮޑު މަންފާ އެއް ދިނުމަށް ކަމަށް ފަޅާ އަރާފައިވެ އެވެ. އަދި މިކަން ހާމަވީ އެފްއައިޔޫ އިން ތައްޔާރު ކުރި ރިޕޯޓުންނެވެ. 

އިސްމާއިލް ސާޖިދުފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއަބްދުﷲ އަޝްރަފްމަރުކަޒީ ބޭންކް އެމް.އެމް.އޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

21 ޑިސެމްބަރު 2025
ޔާމީން ވެރިކަމުގައި ވެސް މުއިއްޒު ވެރިކަމުގައި ވެސް ޚިޔާނާތާ ދެކޮޅަށް އުޅުމުން ބުރައިގެން ދިޔައީ އަޝްރަފް!

ޔާމީން ވެރިކަމުގައި ވެސް މުއިއްޒު ވެރިކަމުގައި ވެސް ޚިޔާނާތާ ދެކޮޅަށް އުޅުމުން ބުރައިގެން ދިޔައީ އަޝްރަފް!

04 އޯގަސްޓު 2025
އެމްއެމްއޭ މިއަދު ވެފައި ވަނީ ވައްކަން ހިމާޔަތް ކުރާ ތަނަކަށް: މެމްބަރު ޝަމްހީދު

އެމްއެމްއޭ މިއަދު ވެފައި ވަނީ ވައްކަން ހިމާޔަތް ކުރާ ތަނަކަށް: މެމްބަރު ޝަމްހީދު

03 އޯގަސްޓު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު