Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްއެމްއޭ

ހުސްވި ނޮވެމްބަރު މަހު 463 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފި

ހުސްވި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި (ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި) ހުރީ 130.2 ބިލިއަން ރުފިޔާގައި.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 07:05
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ހުސްވި ނޮވެމްބަރު މަހު އޭގެ ކުރީ އަހަރު (2024) ގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 463.9 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފި އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި (ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި) ހުރީ 130.2 ބިލިއަން ރުފިޔާގަ އެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 2 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި 110 އިންސައްތައިގައި ހުރި އިރު، ތިންވަނަ ކުއާޓަރު ނިމުނުއިރު 112 އިންސައްތަ އަށް ދަރަނީގެ ނިސްބަތް ވަނީ އުފުލިފަ އެވެ. މި މުއްދަތުގައި ދައުލަތުގެ ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެތެރޭގެ ދަރަނި (ޑޮމެސްޓިކް ޑެޓް) އިތުރުވުމެވެ.

ހިނގަމުންދާ ޑިސެމްބަރު މަހު އެމްއެމްއޭ އިން ނެރުނު އިކޮނޮމިކް އަޕްޑޭޓް ގައި ބުނެފައި ވަނީ، ނޮވެމްބަރު 2024 އާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ (ހިލޭ އެހީ ނުހިމަނައި) 294.2 މިލިއަން ރުފިޔާ (13%) އިތުރުވެފައިވެ އެވެ. މިއީ މައިގަނޑު ގޮތެއްގައި ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން އައި ބަދަލެކެވެ. އެގޮތުން، ޓެކްސް އާމްދަނީ ގެ ގޮތުގައި 449.6 މިލިއަން ރުފިޔާ އިތުރުވި އިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ 155.4 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

ލޯނު އަނބުރާ ދެއްކުން ނުހިމަނައި، ދައުލަތުގެ ޖުމްލަ ޚަރަދު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ 351.1 މިލިއަން ރުފިޔާ (ނުވަތަ 9%) އަށް ދަށްވެފަ އެވެ. މިއީ މައިގަނޑު ގޮތެއްގައި ކެޕިޓަލް ޚަރަދުތަކުން 815.0 މިލިއަން ރުފިޔާ ޚަރަދު ނުކޮށް ހުރުމުގެ ސަބަބުން އައި ބަދަލެކެވެ. ނަމަވެސް، ހިންގުމުގެ ޚަރަދަށް ބަލާއިރު، 2024 ނޮވެމްބަރާ އަޅާބަލާއިރު 2025 ނޮވެމްބަރު މަހު ވަނީ 463.9 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

މަރުކަޒީ ބޭންކް އެމް.އެމް.އޭދައުލަތުގެ ޚަރަދުދައުލަތުގެ ދަރަނިޓެކްސް އާމްދަނީއިކޮނޮމިކް އަޕްޑޭޓްހިންގުމުގެ ޚަރަދު

ކޮމެންޓް

އިތުރަށް ކިޔާލަން

އޮގަސްޓަ މަހު އެފްއައިޔޫގެ ވެރިޔަކަށް އައްޔަން ކުރެއްވި ސާޖިދު ސަސްޕެންޑް ކޮށްފި

އޮގަސްޓަ މަހު އެފްއައިޔޫގެ ވެރިޔަކަށް އައްޔަން ކުރެއްވި ސާޖިދު ސަސްޕެންޑް ކޮށްފި

30 ޑިސެމްބަރު 2025
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ދައުލަތުގެ ތިޖޫރީއަށް ދައްކާ ޓެކްސް ފާއިސާއަށް ވާނުވާ ނޭނގުން: މާޒް ސަލީމް

އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ދައުލަތުގެ ތިޖޫރީއަށް ދައްކާ ޓެކްސް ފާއިސާއަށް ވާނުވާ ނޭނގުން: މާޒް ސަލީމް

10 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު