Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސޫރަ ދައްކައިގެން މިލިއަން ރުފިޔާގެ ޑްރޯން އެރުވިއިރު ކުރިން ފާޑުކީ އިލްމުވެރިން ހިމޭންވެފައި

މީލާދީ އާއަހަރު ފާހަގަކުރުމަށް ސަރުކާރުން ވަނީ ބޮޑު ޑްރޯން ޝޯވއެއް ބާއްވާފައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށް އެ ޑްރޯންތަކުން ރައީސް މުއިއްޒު ސިފަކޮށްދޭ އިސްކޮޅު ފޮޓޯއެއް ދައްކާލާފައި. އިންސާނުންގެ ސޫރަ ދެއްކުމުގެ ގޯސް ކަމާއި އިސްރާފު ކުރުމުގެ ނުބައި ކަމުގެ ވާހަކަ ކުރިން ދެއްކި ޝޭޚުން ތިބީ ހިމޭނުން.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 08:14
ޑްރޯން ޝޯގައި ފެނުނު ރައީސް މުޢިއްޒުގެ ސޫރަ ކަމަށް ބުނާ މަންޒަރެއް

ޑްރޯން ޝޯގައި ފެނުނު ރައީސް މުޢިއްޒުގެ ސޫރަ ކަމަށް ބުނާ މަންޒަރެއް

އޭރު ހީވީ އެހެން ފަދަ ކަމެއް ހެންނެވެ. ރާއްޖެ ޣައިރުދީން ކުރަން އުޅޭތީއެވެ. މިތަނުން އިސްލާމްދީން ފުހެވިދާނެތީއެވެ. ވެރިކަންކުރާ މީހުންނާ ވެރިކަންކުރާ މީހުންނަށް ތާއީދުކުރާ މީހުންގެ ލާދީނީ ކަމުގެ ވާހަކައެވެ. ސޯޝަލް މީޑިޔާގައި ސީދާ މުތުލަގަށް އެމީހުން ކާފަރުވެސް ކުރީ އެވެ. ގައުމަށް ހުރި ހަލާކެއްގެ ގޮތުގައި ސިފަކޮށް އެމީހުންނާ އެކެހެރިވުމަށް ވެސް ގޮވިއެވެ. މިއުޒިކް ޝޯވއެއް ބޭއްވިއަސް އުޑުބޮލަށް ވެއްޓޭހާ ވަރުވީއެވެ. ދެއްކި ވާހަކަތަކާއި ނެރުނު ފަތުވާތަކާއެކު ހިނގަން ނުވާވަރުގެ ބޮޑެތި ކަންކަން ވެސް ހިނގީއެވެ.

މިކަން ކުރީ ދީނީ އިލްމުވެރިންގެ ނަމުގައި ބަސްބުނެ އުޅުނު ސިޔާސީ ބައެކެވެ. ތާއީދުކުރާ ފަޅި ނޫން ބަޔަކު ކުރީމާ ގޯސްވާ، އިލްމުވެރިންގެ ނިވާފަތްގަނޑުގައި ތިބި ބައެކެވެ. އެކަމަކު އޭރުވެސް މިހާރުވެސް ފެނިގެން މިދަނީ ހަމަ އެމީހުން ތާއީދުކުރާ ޕާޓީއާއި ވެރިކަން ކުރަންތިބި އެމީހުންގެ މީހުން ކުރީމާ ވަރިހަމަވިތަނެވެ. ބޮޑު އޯކޭވިތަނެވެ. ހަރާމް ހަލާލަށް ބަދަލުވެ އެއީ އާދައިގެ ކަމަކަށް ހަދައިގެން ސުއްބުވެސް ބުނެނުލާ ތިބޭ ތަނެވެ.

ހާސަރުތަކެއް ނުދަމާ ސީދާ ސަބަބަކާއެކު ކުރިއަށް ދިޔައްޔާ ފަސޭހަ ވާނެއެވެ.

ކުރިން މިއުޒިކް ޝޯވ އާއި އާއަހަރު ފާހަގަކުރުން ގޯސްކޮށް ދެއްކި މީހުންގެ ވެރިކަމުގައި ކަން އެކުރީ އެއަށްވުރެ އެތައް ދަރަޖައެއް ބޮޑުކޮށެވެ. ދީނުގައި އިސްރާފަކީ ބޮޑުވެގެންވާ ހަރާމް ކަމެއް ކަމަށް ބުނެ އަޑުއުފުލި ޝެއިޚުން ކަމަށް ދެއްކިގެން އުޅުނު ސަރުކާރުން އެއަރުވާލީ ލައްކަ ޑޮލަރު ހޭދަކޮށްގެން އެންމެ 15 މިނެޓްގެ މުނިއަވަސް ފިލުވާލުމެކެވެ. އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ކުޑަހިނދުކޮޅަކަށް އެތަޅާ ހުސްކޮށްލީ ވެރިމީހާގެ ހައިބަތު ދައްކައިދޭން އޭނާގެ އިސްކޮޅު ފޮޓޯއެއް ޖައްވުގެ ތެރޭގައި ވިހުރާލާށެވެ. އަތާ އަނގަޔާ ދިމާނުވެ ތިބި ރައްޔިތުންގެ މޫނުމަތީ ތަފާލެއް ޖަހައި އެ ބުރުވާލީ އެވެރިންގެ ޓެކްސް ފައިސާ އިން އެތައް ބައިވަރު ފައިސާއެކެވެ. ނުވިތާކަށް މޮނިއުމެންޓް ފަދަ އެއްޗެހީގެ ގޮތުގައި ދިރޭ ތަކެތި ސިފަވާގޮތައް ނުހެދޭނެ ކަމަށް ފަތުވާ ކޮމެޓީން ނެރެފައި އޮތް ފަތުވާ އޮތްތާގައި ބާއްވާފައި އެދައްކާލީ ބޮޑު ސިންގާ ދިގު ފިރިހެނެއްގެ އިސްކޮޅު ފޮޓޯއެކެވެ. ބްލެކް އެންޑް ވައިޓް ކަމުން ކަޅު ދިގު ފިރިހެނެކެވެ. ޑރ މުއިއްޒު ކަމަށް ސިފަވާ ސޫރައެކެވެ. ހަފްލާ އަކީ ކުރިން ގޯސްވެގެން އުޅުނު މީލާދީ އާއަހަރު ފެށުން ފާހަގަ ކުރުމުގެ ހަފްލާއެވެ. ދެ ޖިންސުގެ މީހުން އެއްތަންވުން ބަލައި ނުގަނެވިގެން ހަޅޭލަވާ އުޅުނު މީހުން އިންތިޒާމް ކުރި އެފަދަ ބޮޑު މަސްހުނިވުމެއްގެ ތެރޭގައެވެ. ލަވަޔާ މިޔުޒިކާ ހަވާ އެރުވުމުގެ މަޖާކުރުމުގެ ތެރެއިންނެވެ.

އެކަން ކުރިތާ 48 ގަޑިއިރަށްވުރެ ގިނަވެގެން ދިޔައީއެވެ. ދެއްކި ފޮޓޯއާ އެ އަށް ކުރި ޚަރަދުގެ ވާހަކައިން މުޅި ސޯޝަލް މީޑިޔާ އުތުރި އަރަނީއެވެ. ތަފާތު ޝުއޫރުތައް އާއްމުން ފާޅުކޮށް ނަގަނީއެވެ. އެކަން ޕްރޮމޯޓް ކުރި މީހުންނާ އެކަން ގޯސްކުރި މީހުންގެ ވާހަކަތައް ފަތުއަޑުކިޔާފައި އެނބުރި ނަގަނީއެވެ. އެކަމަކު މިހުރިހާ ޕޯސްޓްތަކަކާއި ކޮމެންޓްތަކަކުން ވެސް އުނިވީ އެންމެ ބައެއްގެ ކޮމެންޓެވެ. ޕޯސްޓްތަކެވެ. އެންމެ ފެންނާން ބޭނުންވާ މީހުންގެ ބަހެވެ. އެވެރިން ދެކޭ ގޮތާ އެމީހުން އެކަމުގައި ނެރޭ ރައުޔެވެ. ފަތުވާއެވެ. މަދުވީ ދީނީ އިލްމުވެރިންގެ ބަހެވެ.

މުއިއްޒުގެ އިސްކޮޅު ރަމްޒުވާ ގޮތަށް ދެއްކި ޑްރޯން ފޮޓޯއާއ ގުޅިގެން އެއްޗެއް ވިދާޅުވީތީ ފެނުނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އިޔާޒެވެ. އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސެވެ.

ޑރ. އިޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ދީނަށް ވަރަށް ލޯބި ކުރައްވާ ކަމަށް މީސްތަކުންނަށް ދެއްކިގެން ވެރިކަން ހޯއްދެވި ބޭފުޅަކު އައު އަހަރު ފާހަގަ ކުރުންފަދަ މުންކަރާތްތައް ހިންގެވުމަކީ އެމަނިކުފާނުގެ މުނާފިޤުކަން އިތުރަށް ހާމަވާ ކަމެއް،" ކަމަށެވެ.

މިއީ އިޔާޒުގެ ބަހެވެ. މިވަރު ކޮށްލާން ކެރުނު ދީނީ ޓެގު އަޅުވައިގެން ކުރިން ފާޑުކީ އިތުރު މީހަކު ނުފެނުނެވެ. ސަލަފެއް، ޖަނާބެއް މަނާފެއް އޭގައި އިސްތިސްނާއެއް ނުވެއެވެ. ކުރިން މިފަދަ ކަމެއް ހިނގައިފިނަމަ ދެފައި އެއްތާކު ނުޖަހާ ފާޑުކީ މަޝްހޫރު އިލްމުވެރިންގެ އެއްވެސް ހިލަމެއް ނެތެވެ. ކުޑަމިނުން ގޯހޭ ނުވަތަ ރަނގަޅޭ ވެސް ބުނެލާނެ ކޮމެންޓެއް ނުފެނުނެވެ. ރައްޔިތުން އެކަމުގައި ރުޅިއައިސް އުތުރި އެރިއިރު ވެސް އެއިން ޝެއިޚެއްގެ ރައުޔެއް ނެތެވެ. ކަން އޮތްގޮތް ބުނެދޭނެ ސަރުކާރުގެ މަތިފަޑީގައި މިހާރުތިބި އޭރު އިދިކޮޅުގައި މަސައްކަތްކުރި ޝެއިޚަކު އިލްމުވެރިއަކު ނެތެވެ.

ކޮންމެއަކަސް މިއީ އަނެއްކާ ވެސް ރައްޔިތުންނަށް ފެނުނު އިތުރު މަންޒަރެކެވެ. އިޔާޒް އެވިދާޅުވި ފަދަ ބައެއްގެ އަނެއް ފަރާތެކޭ މަށަކު ނުބުނާނަމެވެ. އެކަމަކު ފަތުވާއާ ދީނުގައި ކަންއޮންނަ ގޮތް ބުނުމަކީ މޫސުމީ ކަމަކަށް ވާނަމަ އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ވަޒީފާއާ ތިމާ މީހާގެ ޖާހާ މަންސަބަށްޓަކައި ކަންއޮތްގޮތް ބުނެ ނުދޭނަމަ ނުވަތަ ކޮންމެ ބަޔަކު ކުރިއަސް ގޯސް ގޯހަށް ނުވާނަމަ އެއީ އަދި މާ ދެރަކަމެކެވެ.

އާއަހަރު ފާހަގަކުރުންމަގޭ ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޮޑުކޮށް ފޮޓޯ ދެއްކުމާއި ޖަައްވަށް އެރުވުން، ހުދުމުހުތާރު ވެރިންގެ ސިފަ!

ބޮޑުކޮށް ފޮޓޯ ދެއްކުމާއި ޖަައްވަށް އެރުވުން، ހުދުމުހުތާރު ވެރިންގެ ސިފަ!

01 ޖެނުއަރީ 2026
2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

30 ޑިސެމްބަރު 2025
ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

24 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު