Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ބޮޑުކޮށް ފޮޓޯ ދެއްކުމާއި ޖަައްވަށް އެރުވުން، ހުދުމުހުތާރު ވެރިންގެ ސިފަ!

ޑިމޮކްރަޓިކް ނިޒާމެއް ޤަބޫލު ކޮށްގެން ތިބޭ މުޖުތަމައެއްގައި، ހުދުމުހުތާރުކަން ވެރި މީހާގެ ކިބައިން ފެންނަން ފެށުމަކީ ވެސް މިހާރު އާންމު ކަމަކަށް ވެއްޖެ. މީގެ ކުރިން އެކަން އޮތީ އާބާދީ ބޮޑެތި، ދުނިޔޭގެ ނިސްބަތުން ވެސް ބާރު ގަދަ ޤައުމު ތަކުގައި ކަމަށް ވިޔަސް، މިއަދު ކުދި އާބާދީ ތަކުން ވެސް އެކަން ފެންނަން ފަށައިފި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 09:04
އައު އަހަރު ފާހަގަ ކުރަން ބޭއްވި ޑްރޯން ޝޯގައި ދައްކާފައިވާ އިންސާނެއްގެ ސޫރައެއް

އައު އަހަރު ފާހަގަ ކުރަން ބޭއްވި ޑްރޯން ޝޯގައި ދައްކާފައިވާ އިންސާނެއްގެ ސޫރައެއް

ވެރިންނަކީ ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބޭ މީހުންނެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުމެ ވެރިން އިންތިޚާބު ކުރަނީ، މުޅި ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. ވެރިކަމުގެ އާރާއި ބާރުގައި ވެރިން ތިއްބެވި ނަމަވެސް، އެ މީހުންގެ ފެންވަރަކީ ރައްޔިތުންގެ ފެންވަރެވެ. އެ މީހުން ތިބީ ރައްޔިތުން ހަވާލު ކުރި މަސްއޫލިއްޔަތެއް އަދާ ކުރުމަށެވެ. އެމީހުންނަށް މުސާރަ އާއި އިނާޔަތް ދެނީ ރައްޔިތުން މަސައްކަތް ކޮށްގެން ދައްކާ ޓެކްސް ފައިސާ އިން ނެވެ.

ޑިމޮކްރަޓިކް ނިޒާމެއް ޤަބޫލު ކޮށްގެން ތިބޭ މުޖުތަމައެއްގައި، ހުދުމުހުތާރުކަން ވެރި މީހާގެ ކިބައިން ފެންނަން ފެށުމަކީ ވެސް މިހާރު އާންމު ކަމަކަށް ވެއްޖެ އެވެ. މީގެ ކުރިން އެކަން އޮތީ އާބާދީ ބޮޑެތި، ދުނިޔޭގެ ނިސްބަތުން ވެސް ބާރު ގަދަ ޤައުމު ތަކުގައި ކަމަށް ވިޔަސް، މިއަދު ކުދި އާބާދީ ތަކުން ވެސް އެކަން ފެންނަން ފަށައިފި އެވެ.

ދުނިޔޭގެ ތާރީޚަށް ބަލާއިރު ވެސް، ހުދުމުހުތާރު އެތައް ވެރިންނެއް ފެނިއްޖެ އެވެ. މިއަދު ވެސް، ދުނިޔޭގެ ޤައުމު ތަކުގައި ހުދުމުހުތާރުކަން މަތީ ވެރިކަން ކުރާ ވެރިން އެބަ ތިއްބެވެ. އެ ޤައުމު ތަކުގައި ކަން އޮންނަ ގޮތަކީ، ވެރި މީހާގެ ހިތަށް އެރި ގޮތެވެ. ފަހަރުގައި، އަޅުގަނޑުމެންނަށް އެކަން އިހުސާސް ނުކުރެވިދާނެ އެވެ. އެއީ މިއަދާ ހަމައަށް އެ ފަދަ ތަޖުރިބާއެއް ކޮށްފައި ނެތީމަ އެވެ. އަނެއްކޮޅުން، ހުދުމުހުތާރު ވެރި ކަމެއް އުފެދެނީ ވެސް އެއް ދުވަހަކުން ނޫނެވެ. އޭގެ ކުރިން ވަރަށް ގިނަ ކަންކަން ހިނގާނެ އެވެ.

ބައެއް ޤައުމު ތަކުގައި، ރައްޔިތުން ބޯ ކޮށަން ޖެހެނީ އެ ޤައުމުގެ ރައީސްގެ ބޯ ކޮށާފައި ހުންނަ ގޮތް މިސާލަކަށް ބަލައިގެންނެވެ. ރައީސް ވާހަކަ ދައްކަވަމުން ގެންދަވާއިރު، ހުރިހާ މީހުންގެ ސަމާލުކަން ލިބެން ޖެހޭނީ އެކަމަށެވެ. އެ ތަނުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު އާފުރިގެން ނުވާނެ އެވެ. ނިދި ޖެހިގެން ނުވާނެ އެވެ. ތިބެން ޖެހޭނީ ވަރަށް ސީރިއަސްކަމާ އެކު، ސަމާލުގަ އެވެ. 

ބައެއް ޤައުމު ތަކުގައި ޓީވީ އިން ވެސް ފެންނަނީ ވެރިކަމުން ދެއްކި އެއްޗެކެވެ. ކޮންމެ ޗެނަލެއް އެޅުވި ނަމަވެސް، ފެންނާނީ ވެރި މީހާ އެވެ. އެ ނޫން އެހެން އެއްޗެއް ބެލުން މަނާ ވާނެ އެވެ. އެ ޤައުމުއި އުޅޭ ރައްޔިތުންނަށް، ދުނިޔޭގެ އެހެން ޤައުމު ތަކުގައި ކަންކަން ވަމުން އަންނަ ގޮތެއް ވެސް ނޭނގޭނެ އެވެ. އެ މީހުން ތިބޭނީ ވެރި މީހާ ދެއްކި ގޮތެއްގައި، އެކަމަކަށް ހޭނިފަ އެވެ. އެއީ ހެޔޮ ވެރި ކަމެއް ނޫނެވެ. އެއީ ހުދުމުހުތާރު ވެރިކަން ތަކުގައި ކަންތައް ހިނގާ ގޮތެވެ.

އައު އަހަރަށް މަރުޙަބާ ކިޔުމަށް ރާއްޖޭގައި ބޭއްވި ޑްރޯން ޝޯގައި އެރުވި މަންޒަރެއް ދުށީމެވެ. ކޯޓު ފަޓޫލޫނާއި، ޓައީގައި މީހަކު ހުރި މަންޒަރެއް ދެއްކި އެވެ. އެއީ ޤައުމުގެ ރައީސް، ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކަމަށް ބުނާތީ އެހީމެވެ. އެހެން އެކަން ވާ ނަމަ އަޅުގަނޑު ހިތަށް އެރި އެވެ. ވެރިންނަކީ މިހާ ބޮޑުކޮަށް ރައްޔިތުންނަށް ދައްކަން ޖެހޭ ބައެއް ހެއްޔެވެ؟ ވެރިންގެ ފޮޓޯ އާއި ސޫރަ ޖައްވަށް އަރުވައިގެން، ރައްޔިތުން ލައްވާ ކުރުވަން ބޭނުން ވަނީ ކޮން ކަމެއް ހެއްޔެވެ؟

އަޅުގަނޑުމެން މި މަރުޙަބާ ކީ 2026 ވަނަ އަހަރަ އެވެ. ދުނިޔޭގައި ލައްކަ ދުވަސްތަކާއި، މަސްތަކާއި، އެތައް އަހަރެއް ފާއިތުވެއްޖެ އެވެ. ރައްޔިތުން ތިބީ އިންތިހާ އަށް ނިކަމެތި ޙާލުގައިކަން ނުދަންނަ އެއްވެސް މީހެއް މި ޤައުމުގައި ނެތެވެ. ތަކެތީގެ އަގު ބޮޑުވުމާއި، އާންމު ދިރިއުޅުމުގެ އަގު ބޮޑުވުމުގެ އިތުރުން، ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ހުރި ކަންކަން ހުއްޓިފަ އެވެ. ސަރުކާރުގެ ހަމަ އެކަނި އަމާޒަކަށް އޮތީ، ބޮޑު ޚަރަދު ކޮށްފައި ވެރިން ހިތްހަމަ ޖެއްސުން ނޫން ކޮން ކަމެއް ހެއްޔެވެ؟

ރައްޔިތުން މިހެން ތިއްބާ، ރައީސް މުޢިއްޒުގެ ފޮޓޯ އާއި ސޫރަ ޖައްވަށް އަރުވައިގެން، ތުއްތު ކުދިން ލައްވައި ރައީސް އަށް ތައުރީފު ކުރުވައި، ރައީސްގެ މޮޅު ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން ޤަބޫލު ކުރާ ތަހުޒީބުތޯ އެވެ؟ މިއީ އަޅުގަނޑުމެން ޤަބޫލު ކޮށްގެން ތިބި ޑިމޮކްރަޓިކް ނިޒާމުގައި ކަންކަން އޮންނަ ގޮތްތޯ އެވެ؟

އޭގެ ކުރިން، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވި ރޭގައި އޮތް ޑްރޯން ޝޯގައި ޖައްވަށް އެރުވީ "ޝުކުރިއްޔާ ރައީސް މުޢިއްޒު" އެވެ. އެއީ ކުރީ ސަރުކާރެއްގައި މަސައްކަތް ފަށައި، ޖެހިގެން އައި ސަރުކާރުގައި ޑިޒައިނަށް ބޮޑު ބަދަލެއް ގެނެސް، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވީއިރު މުޅިންހެން ނިމިފައި އޮތް ޓާމިނަލެކެވެ. އޮޅުވާން ކިތަންމެ މަސައްކަތެއް ކުރި ކަމަށް ވިޔަސް، ތާރީޚު އޮތީ އެގޮތަށެވެ.

އެފަހަރު ވެސް ހުރިހާ ކަމެއް ރައީސް މުޢިއްޒު އަށެވެ. ޝުކުރުގެ ބަސްތައް ޖައްވަށް އަރުވައި، ތަލިން ކުޅު ހިކޭ ވަރަށް ޚުޝާމަދު ކުރުވީ ރައީސް މުޢިއްޒު ކުރިމަތީގައި ބައިންދައިގެންނެވެ. މިކަން ކުރަނީ ސަރުކާރުގައި ވެރިންގެ ގޮތުގައި ތިބޭ، ރައްޔިތުންގެ ތެރެއިން އައިސް ތިބި މަދު މީސް ކޮޅެކެވެ. އެތައް ރަައްޔިތުންނެއް އެއްކޮށްގެން މިހެން ކަަންތައް ކުރީމާ، ވެރި މީހާ އަށް ވެރި މީހާ ފެނި، ދެން ފެންނާނީ ހުދުމުހުތާރު ކަމުގެ ސިފަ ތަކެވެ. 

އަދި އެއް ވާހަކަ ހިއްސާކޮށްލާނަމެވެ. މި ދޭތެރެއިން ރާއްޖޭގެ އެންމެ މަތީ ފަތުވާ ދޭ މަޖިލީހުން ނެރެފައި އޮތް ފަތުވާއެއް ވެސް ދުށީމެވެ. އެއްވެސް އެއްޗެއްގެ ސޫރަ ސިފާވާ ގޮތަށް ހަަދައިގެން ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ނެރުނު ފަތުވާ އެވެ. އެއާ އެކު، ބައެއް ރަށް ރަށުގައި ކައުންސިލް އިން ހަދާފައި ހުރި ބައެއް ބިނާތައް ވެސް ނަގަން ޖެހޭ ކަމުގެ ކަންބޮޑުވުމާ ހަމައަށް ދިޔަ މައްސަލަ އެކެވެ. އެކަމަކު، މިއަދު ރައީސް މުޢިއްޒުގެ ސޫރަ ޖައްވަށް ދައްކާލިއިރު، ފަތުވާގެ ބާރު ކެނޑުނީބާއޭ ހިތައް އެރިއެވެ؟ ނޫނީ އެއީ ހަމަ އެކަނި ދެރަ މީހުންނަށް ނެރުނު އެއްޗަކީބާވަ އެވެ؟

މީގެ ކުރިން މިފަދަ ކަންކަމުގައި ނިކަން ހަރު އަޑު ވާހަކަ ދައްކަވައި އުޅުއްވި ބައެއް އިލްމުވެރިންނަށް ވެސް މި ވާ ގޮތަކީ ތިމާމެން ރުހޭ މީހަކަށް ނިސްބަތްވާ ގޮތަށް ކަމެއް ކޮށްފިއްޔާ ވަރިހަމަ ވަނީ އެވެ. ހަލާލެއް ހަރާމެއް ބަލާކަށް ނުޖެހެއެވެ. 

އެކަމާ ދެކޮޅަށް އިލްމުވެރިޔަކު ވާހަކަ ދައްކާވަފައި އޮއްވާ ފެނުނީ މަދު މީހެކެވެ. ބައެއް މީހުން ތިބީ މަގާމުގައި ނިކަން ގަދަޔަށް ވަކި ހިތްޕާލައިގެންނެވެ. މަގާމުގެ ލައްޒަތާ އަރާމުގައި ގެނބި އަވަދިވެފައެވެ. 

މަގޭ ރިޕޯޓްމީލާދީ އައު އަހަރު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

މީލާދީ އައު އަހަރު 2026 ށް ދުނިޔެ މަރުހަބާ ކިޔައިފި

މީލާދީ އައު އަހަރު 2026 ށް ދުނިޔެ މަރުހަބާ ކިޔައިފި

31 ޑިސެމްބަރު 2025
2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

30 ޑިސެމްބަރު 2025
ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

24 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު