Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ވީއައިއޭ

އާ ޓަރމިނަލް ސީޕްލޭން ޗެކިންގ ކައުންޓަރ ހަދައިގެން ރިސޯޓް ރެޕުންނަށް ލިބުނު މޮޅެއް ނެތް!

ވެލާނާ އެއަރޕޯޓުގެ އާ ޓަރމިނަލަށް ސީޕްލޭން ޚިދުމަތް ބަދަލުކުރުމުގައި ގިނަ މައްސަލަތައް ދިމާ ވޭ. ރިސޯޓް ރެޕުންނަށް ކައުންޓަރުތަކާއި ފައިލް ބަހައްޓާނެ ތަނެއް ނެތުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ޖެނުއަރީ 2026 | ހޮނިހިރު 14:58
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އެކަކުން ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށް ހަދާފައިވާ ޓަރމިނަލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އެކަކުން ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށް ހަދާފައިވާ ޓަރމިނަލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އެކަކުން ސީޕްލޭންތަކަށް ޚިދުމަތް ފެށި އިރު އެ ތަނުގައި  ސީޕްލޭން ޗެކިންގ ކައުންޓަރ ހަދައިގެން ރިސޯޓް ރެޕުންނަށް ލިބުނު މޮޅެއް ނެތްކަން ހާމަވެއްޖެ އެވެ.

ޑިސެމްބަރު މަހުގެ 25 ހިސާބުން ފެށިގެން ސީޕްލޭންގެ ޚިދުމަތް އާ ޓަރމިނަލް އަށް ބަދަލުކުރަން ފެށި ނަމަވެސް ގިނަ މައްސަލަތަކެއް މި މަރުހަލާގެ ތެރެއިން ވަނީ ފެންމަތި ވެފަ އެވެ. އެމްއޭސީއެލް އިން މީގެ ކުރިން ބުނީ ސީޕްލޭން އަށް ޗެކިންގ ވާ ފަރާތްތައް، ސީޕްލޭން ޓަރމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައް ކަނޑައަޅާ އެ މަރުހަލާ އަށް ތައްޔާރުވެފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެމްއޭސީއެލްއިން ވަނީ ބަސް ރޫޓުތައް ކަނޑައެޅުމުގެ އިތުރުން، އެއަރޕޯޓުގެ އައު ޓަރމިނަލުގެ އެރައިވަލް ގޭޓް 4 ދެކުނު ޕާކިންގ ޒޯން ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލް ސްޓާފް ބަސްތައް ބެހެއްޓުމަށް ޚާއްސަކޮށްފަ އެވެ.

ރާއްޖެ އެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ޑިސެމްބަރ 25 އިން ފެށިގެން ސީޕްލޭންގެ ޚިދުމަތް އާ ޓަރމިނަލް އަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް އައި އިރު  މަންޓާ، ފްލައިމީ، ޓީއެމްއޭ އަދި މޯލްޑިވިއަންގެ ޚިދުމަތް ވަނީ އާ ޓަރމިނަލް އަށް ބަދަލުކޮށްފަ އެވެ. 

މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އެތަނުގެ އިންތިޒާމްތައް ހުރީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. މިހާތަނަށް އައި އިރު ރިސޯޓް ކައުންޓަރު ބަހައްޓާނެ ތަނެއްހާ މިންވަރު ވެސް ޕްލޭންކޮށްލާފައި ނެތްކަން އޭނާ ފާހަގަކުރި އެވެ. 

ހަމައެހެންމެ އެއާޕޯޓުގައި މިހާރު ވެސް ޚިދުމަތްދޭ 200 އަށް ވުރެ ގިނަ ރެޕުން ތިބި އިރު އެ  އެންމެންގެ ފައިލްތައް ބަހައްޓާނެ ތަނެއް ނެތި އެތައް ތަކުލީފަކާއި ރެޕުންނަށް ވަނީ ކުރިމަތިލާން ޖެހިފަ އެެވެ. އާ ޓަރމިނަލްގައި ކައުންޓަރތައް ނެތުމުން  ރެޕުންނަށް ފަސޭހަ ވާނެހެން ލޮކަރުތަކެއް ބަހައްޓާދޭނެ ކަމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް ހަފްތާ އެއްހާ ދުވަސް ހޭދަވީ ރެޕުން ބޭނުން ކުރާ ސައިންބޯޑާއި އެ ނޫން ވެސް ތަކެތި ވެސް ބަހައްޓާނެ ތަނެއް ނެތި އެވެ. 

މީގެ އިތުރުން އެއާޕޯޓްގެ ޖާގަ ދަތިވުމުން އިންތިހާ ދަތިތަކާއި ކުރިމަތި ވެ އެ ޝަކުވާތައް ކުރި ނަމަވެސް ހައްލެއް ލިބިފަ އެއް ނުވެ އެވެ. ހަމައެހެންމެ، އެ ތަނަށް ދޮވެމި ފިހާރަ ލުމުގެ ސަބަބުން ކުރިން އޮތް ޖާގަ ވެސް އިތުރަށް ކުޑަ ވެގެން ދާނެ ކަން ފާހަގަކޮށްލެވެ އެވެ.

" ޑޮމެސްޓިކަށް ގެންދާ ގެސްޓުން ގެންދަން ޖެހޭ ވަގުތަށް ނުގެންދެވުމުގެ މައްސަލަ ދިމާވޭ. ބިޒްނަސް ކްލާސް ކްލައިންޓުން މިހާރު ވެސް އެއް ގަޑި އިރަށް ވުރެ ގިނަ އިރު ވޭ. މިފަދަ އެތައް މައްސަލަ އެއް އެބަ ދިމާވޭ." އޭނާ ވަނީ ބުނެފަ އެވެ. 

.ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހު ޚިދުމަތް ދޭން ވަނީ ފަށާފަ އެވެ. މި ޓަރމިނަލުގައި ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށްޓަކައި ޙާއްސަ 24 ޗެކިންގ ކައުންޓަރ ވަނީ ޤާއިމް ކުރެވިފަ އެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ޤައުމުކަން ފާހަގަކޮށްލެވެ އެވެ. 

ސީޕްލޭންރިސޯޓް ރެޕުންއާ ޓަރމިނަލްވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2026

ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު

02 ޖެނުއަރީ 2026
ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު
23 ޑިސެމްބަރު 2025

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

23 ޑިސެމްބަރު 2025
ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
02 ޖެނުއަރީ 2018

މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި

02 ޖެނުއަރީ 2018
މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި
27 ޑިސެމްބަރު 2017

ތަރައްގީ އިސްކޮށް، ރައްޔިތުން އަޅުންނަށް ހަދައިގެން ނުވާނެ: ސައުދު

27 ޑިސެމްބަރު 2017
ތަރައްގީ އިސްކޮށް، ރައްޔިތުން އަޅުންނަށް ހަދައިގެން ނުވާނެ: ސައުދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު