Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ގެ ރައީސް ޝާހިދު

މިއީ ދިވެހި ރައްޔިތުން ބިކަކޮށް ޙާލުގަ ޖެއްސުމަށް، މި ސަރުކާރުން ތަންފީޒު ކުރަމުންދާ ނޭއްގާނީ ސިޔާސަތުތަކަށް ފާޅުގައި ނޫނެކޭ ބުނަންވީ ވަގުތު: ޝާހިދު

އައު އަހަރާ ގުޅިގެން އެމްޑީޕީ ގެ ރައީސް ޝާހިދު ވިދާޅުވީ މިއީ ސަރުކާރުން އަވަދިކޮށްލި އިގްތިސާދު ނަގާ ކޮޅަށްޖެހުމަށާއި ޑިމޮކްރަސީ ދިފާޢުކުރުމަށް ޢަޒުމުކުރަންވީ ވަގުތުކަމަށް. ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީ ސަރުކާރަށް ނޫނެކޭ ބުނުމަށް ޝާހިދު އިލްތިމާސްކުރެއްވި. މިދިޔަ އަހަރު ކޮރަޕްޝަން ވަރުގަދަވެ، ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވެ، ޤާނޫނު އަސާސީއަށް ގެއްލުންދީ، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލާފައިވާކަމަށް ޝާހިދު ތުހުމަތުކުރެއްވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 05:38
 އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

މި އަހަރަކީ ދިވެހި ރައްޔިތުންނާ އަނެއްކާ ވެސް ބައްދަލުކުރާ ރަނުގެ ފުރުސަތެއް ކަމަށާއި، މިއީ ތަދުމަޑުކަން އާންމުކޮށް، ދިވެހި ރައްޔިތުން ބިކަކޮށް ޙާލުގަ ޖެއްސުމަށް މި ސަރުކާރުން ތަންފީޒު ކުރަމުންދާ ނޭއްގާނީ ސިޔާސަތުތަކަށް ފާޅުގަ ނޫނެކޭ ބުނަންވީ ވަގުތުކަމަށް އެމްޑީޕީ ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އައު އަހަރާއި ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރ ކަންވެސް ކުރެއްވި ޝާހިދު، މީސްމީޑިއާ ގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ  މިއީ މިސަރުކާރުން އަވަދިކޮށްލި ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމަށް ޢަޒުމު އާކުރަންވީ ވަގުތު ކަމަށެވެ. އަދި މިއީ ހައްގުތަށް ކަށަވަރުކުރުމަށް ތެދުވަންވީ ވަގުތުކަމަށާއި، މިއީ ޑިމޮކްރަސީ އުވާލިޔަ ނުދިނުމަށް ނުކުންނަންވީ ވަގުތުކަމަށެވެ. ހަމައެއެއާއެކު، މިއީ ދިވެހި ގައުމުގެ ދިފާޢުގައި ބަހާއި ޢަމަލުން ސާބިތުވާންވީ ވަގުތުކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަދި މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ދޮގާއި، މަކަރާއި ހީލަތާއި ކޮރަޕްޝަނަށް ފުރުސަތު ނުދޭނަމޭ ބުނެ، ޕީއެންސީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެ، ޕީއެންސީ ސަރުކާރު ބަލިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު އަޅާ އަހަރަށް ހެދުމަށް ޝާހިދު އިލްތިމާސް ކުރެއްވި އެވެ.

މިދިޔަ އަހަރު އަހަރު ވެގެން މިދިޔައީ ދިވެހި ތާރީޚު ވެސް ދެކެފައި ނުވާފަދަ ކޮރަޕްޝަން ގެ ބޮޑެތި ޢަމަލުތައް ސަރުކާރުން ހިންގި އަހަރެއްގެ ގޮތުގައިކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ޝާހިދު ނެންގެވި ބައެއް މިސާލުތަކަކީ، ޤާނޫނުތައް ބަދަލުކޮށް، އާންމުކޮށް އިޢުލާން ކުރުމަކާ ނުލާ، ސަރުކާރުގެ ވެރިންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ބަހާލުމެވެ.

މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުން މިސަރުކާރުން މިވަނީ އާންމު ކޮށްފިކަމަށާއި، ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދިން ޢަދުލު އިންސާފު ގެ ނިޒާމަށް އޮތް އިތުބާރު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މިސަރުކާރުން ނަގާލާފައިވާ ކަމަށްވެސް ޝާހިދު ތުހުމަތުކުރެއްވި އެވެ. އަދި ޤާނޫނު އަސާސީ އަށް ޣައިރު ގާނޫނީ ބަދަލުތައް ގެނެސް، ނުޙައްގުން ފަނޑިޔާރުން މަޤާމުން ވަކިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުވެތިކޮށްފި ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިނިވަން މުވައްސަސާތަކުގެ އިސް މަޤާމްތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަންކޮށް، ދިވެހި ދަޢުލަތުގެ ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ރައީސް މުއިއްޒު ގެ ސަރުކާރުން ނެތިކޮށްލާފައި ވާކަމަށާއި، ނޫސްވެރިކަން ހިސޯރުކޮށް މިނިވަން މީޑިޔާގެ ފުރުސަތު ހަނިކޮށްފައި ވާކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ. 

އަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ސަރުކާރުން ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް: ޝާހިދު

މިއީ ސަރުކާރުން ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް: ޝާހިދު

29 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

08 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު