Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕް

ލަންކާގައި ކުރިއަށް ގެންދިޔަ މުބާރާތުގައި ރާއްޖޭގެ އެކަޑަމީ ތަކަށް ރަނގަޅު ނަތީޖާ ތަކެއް

30 ޑިސެމްބަރު 2025 | އަންގާރަ 06:32

ލަންކާގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މުބާރާތް ރާވާފައި ވަނީ ރާއްޖޭގެ އެސްޕަޔާ އެކަޑަމީ އާއި، ރިނޯން އިން. މުބާރާތުގައި ރާއްޖޭގެ އެސްޕަޔާ އެކަޑަމީ އާއި، ދުވާފަރު އެކަޑަމީ، ފ.މަގޫދޫ އެކަޑަމީގެ އިތުރުން، އެޑްވެންޗާސް ފުޓުބޯޅަ އެކަޑަމީ އިން ވަނީ ޗެމްޕިއަންކަން ހޯދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޑިސެމްބަރު 2025 | އަންގާރަ 06:32
 އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި މަގޫދޫ އެކަޑަމީ

އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި މަގޫދޫ އެކަޑަމީ

ސްރީ ލަންކާގައި ކުރިއަށް ގެންދިޔަ އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ އެކަޑަމީ ތަކުން ރަނގަޅު ނަތީޖާ ތަކެއް ހޯދައިފި އެވެ. 

ލަންކާގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މުބާރާތް ރާވާފައި ވަނީ ރާއްޖޭގެ އެސްޕަޔާ އެކަޑަމީ އާއި، ރިނޯން އިންނެވެ. މުބާރާތުގައި ރާއްޖޭގެ އެސްޕަޔާ އެކަޑަމީ އާއި، ދުވާފަރު އެކަޑަމީ، ފ.މަގޫދޫ އެކަޑަމީގެ އިތުރުން، އެޑްވެންޗާސް ފުޓުބޯޅަ އެކަޑަމީ އިން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. މުބާރާތުގައި ޖުމުލަ 13 އެކަޑަމީ އަކުން ވަނީ ވާދަކޮށްފަ އެވެ.

މުބާރާތުގެ އަށް އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އެސްޕަޔާ އިންނެވެ. އެ އެކަޑަމީ އިން ވަނީ ފައިނަލްގައި 3-0 އިން ރިނޯންގެ މައްޗަށް ކުރި ހޯދައިފަ އެވެ. ލީގު އުސޫލުން ކުޅުނުއިރު، ފައިނަލްގެ ޖާގަ ލިބުނީ އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމަށެވެ. އެސްޕަޔާ އިން ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

މީގެ އިތުރުން 10 އަހަރުން ދަށުގެ ފައިނަލްގައި ދުވާފަރުން ވަނީ ރިނޯންގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި އުމުރުފުރާގެ ފައިނަލް މެޗު ދުވާފަރުން ކާމިޔާބު ކޮށްފައި ވަނީ 2-1 އިންނެވެ. އަދި 10 އަހަރުން ދަށުގެ ޕްލޭޓް ފައިނަލްގައި ފ.މަގޫދޫ އެކަޑަމީ އިން ވާދަކޮށްފައި ވަނީ ލަންކާގެ އެކަޑަމީއަކާ އެވެ. ޕެނަލްޓީގައި ކުރި ހޯދައި މަގޫދޫ އެކަޑަމީ އިން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އެޑްވެންޗާސް އެވެ. މި އުމުރުފުރައިގެ ފައިނަލްގައި ވާދަ ކުރީ ރާއްޖޭގެ ދެ އެކެޑަމީ އިންނެވެ. އެގޮތުން ފައިނަލްގައި އެޑްވެންޗާސް އިން ވަނީ 2-1 އިން ދުވާފަރުގެ މައްޗަށް ކުރި ހޯދައިފަ އެވެ. 12 އަހަރުން ދަށުގެ ޕްލޭޓް ފައިނަލްގައިި ވާދަ ކުރީ ބީޖީ އާއި ސައުންޑާސް އެވެ. ބީޖީ އިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.

ރާއްޖެ އިން ތިން އުމުރުފުރާގައި ވާދަކޮށްފައިވާއިރު، ރަނގަޅު ނަތީޖާ ތަކެއް މި ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން މުބާރާތުގައި 14 އަހަރުން ދަށުގެ އުމުރުފުރާ އަށް ވެސް ކުޅުން އޮތެވެ.

އެސްޕަޔާ އެކަޑަމީރިނޯންދުވާފަރު އެކަޑަމީމަގޫދޫ އެކަޑަމީއެޑްވެންޗާސް ފުޓުބޯޅަ އެކަޑަމީ އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް