Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓެކްސީ ޚިދުމަތް

ރާއްޖޭގެ ހުރިހާ ރަށަކަށް ޓެކްސީ ހިދުމަތް ދެވޭ ގޮތަށް "ދި ރައިޑް" އެޕް ލޯންޗުކޮށްފި

މި އެޕްގެ ޒަރިއްޔާއިން ޓެކްސީ ބުކް ކުރުމާއި ޕޭމަންޓް ހެދުމުގެ އިތުރުން ވަކި ގަޑިއަކަށް ޝެޑިއުލް ކުރުމާއި ލައިވް ލޮކޭޝަން ބެލުމުގެ ފުރުސަތު ލިބޭނެ. މި އެޕް ގޫގުލް ޕްލޭސްޓޯރާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 04:16
ދިރައިޑް އެޕް ގެ އިމޭޖެއް

ދިރައިޑް އެޕް ގެ އިމޭޖެއް

ޓެކްސީ ހިދުމަތް ފުޅާކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތް ހޯދައި ދިނުމަށް އާންމު ރައްޔިތުންނަށާއި ޑްރައިވަރުންނަށް ފަސޭހަ ވާނެ ގޮތަށް މުޅި ރާއްޖެ އަށް އަމާޒުކޮށް "ދި ރައިޑް" މޮބައިލް އެޕެއް ތައާރަފް ކޮށްފި އެވެ.

ޒަމާނީ ފަސޭހަ ތަކާ އެކު ޓެކްސީގެ ޚިދުމަތައް އެދެވޭނެ އެޕް އެއް ތައާރުފް ކޮށްފައިވާއިރު އަދިވެސް ރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ހޯދުމަށް މަގުމައްޗަށް ނުކުމެ އަތުން އިޝާރާތް ކޮށްގެން އުޅަނދު ހުއްޓުވުން އެއީ އާންމު ކަމެއް ކަން ފާހަގަ ކުރެވެ އެވެ.

އެޕް ތައާރުފް ކުރި ފަރާތުން ބުނި ގޮތުގައި މި ގޮތަށް އަތް ނަގައިގެން އެތައްއިރެއް ހޭދަކުރަންޖެހޭ ކަމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ރާއްޖެ އަށް މި ވަނީ މިކަމަށް ފަހިކަމެއް އައިސްފައި ކަމަށެވެ. މާލެ އަދި އަތޮޅު ތެރޭގައި ބުރަކޮށް އުޅޭ މީހުންނަށް، ކިއުގައި އެތައް އިރަކު މަޑުކޮށްގެން ވެހިކަލެއް ހޯދުމަށް ހޭދަވާ ވަގުތު އެޕް ގެ ސަބަބުން ސަލާމަތްވާނެ ކަމަށް ވެސް އެ ފަރާތުން ދެކެ އެވެ.

"ދި ރައިޑް" ގެ ނަމުގައި އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތަށް އެދެވޭނެ އެވެ.

"ދި ރައިޑް" އެޕަކީ ދުނިޔޭގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެޕް އުފެއްދި ފަރާތުން ބުނީ އެޕްލިކޭޝަން ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ، ރައްކާތެރި، ހަލުވި އަދި އިތުބާރު ލިބޭނެ ފަދަ ފީޗާތަކެއް ހިމެނުމަށެވެ. މިއެ އެޕްލިކޭޝަން ހަދާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ އެފަދަ އެޕްލިކޭޝަންތަކާ ވާދަކުރެވޭނެ ފެންވަރަކަށް ކަމަށް އެޕް އުފެއްދި ކުންފުނިން ބުންޏެވެ.

"ދި ރައިޑް" އެޕުން ޓެކްސީ ބުކް ކުރުމާއި ޕޭމަންޓް ހެދުމާއި އަދި އެހެން މީހަކަށް ޓެކްސީއެއް ބުކް ކުރެވޭނެ އެވެ. އެ އެޕްލިކޭޝަންގައި ކަސްޓަމަރުންގެ ނަންބަރު ސިއްރުވާނެ އެވެ. އަދި ދަތުރުތައް ދުރާލައި ވަކި ގަޑިއަކަށް ޝެޑިއުލް ކުރެވޭނެ އެވެ. އެޕްލިކޭޝަން ބޭނުން ކުރާ އިރު އޯޓީޕީ މެދުވެރިކޮށް ވެރިފައި ކުރެވޭ އިރު ލައިވް ލޮކޭޝަން ވެސް ބަލައިލެވޭނެ އެވެ.

"ދި ރައިޑް" މޯބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ހިދުމަތް ހޯދޭނެ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

ވާހިދު ޖެނެރަލް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު ޝިފާއުﷲ އަބްދުލް ވާހިދު ވިދާޅުވީ، ދި ރައިޑް އިން މަސައްކަތް ކުރަނީ ވީހާ ވެސް ފަސޭހައިން ހިދުމަތްތައް ހޯދޭނެ ގޮތް ފަހިކުރުމަށް ކަމަށެވެ.

"ދި ރައިޑް އިން މަސައްކަތް ކުރާނީ ޓެކްސީ ހޯދުމުގެ ތަކްލީފުން ރައްޔިތުން މިންޖުކޮށް، ދިގު އިންތިޒާރު، ކިޔުތަކުން ރައްޔިތުންނަށް ފުލް ސޮލިއުޝަނެއް ފޯރުކޮށްދޭން" ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ "ދި ރައިޑް" މެދުވެރިކޮށް އަންހެނުންނަށް ވެސް ރަށުގައި ހުރެގެން ސައިކަލް ޓެކްސީ ވެސް ކުރެވޭނެ ކަމަށާއި ރަށު ބަގީއެއް ކާރެއް ޕިކަޕެއް ގެން ގުޅޭ މީހުންގެ ނަންބަރު ހޯދައިގެން ވަކިވަކިން ގުޅަން ނުޖެހި މުޅި ރާއްޖޭގެ ޓެކްސީ ވިއުގަ "ދި ރައިޑް" އެޕް މެދުވެރިކޮށް ފޯނުން ވަގުތުން ބަލާލެވޭނެ ކަމަށެވެ.

ޝިފާއު އިތުރަށް ވިދާޅުވީ މި އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މޯބައިލް ނަންބަރު 7665533 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

"ދި ރައިޑް" އެޕްލިކޭޝަނާ ގުޅޭ ޕްރޮމޯޝަނެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން އަލަށް "ދި ރައިޑް" ބޭނުން ކުރާ ފަރާތްތަކަށް ފުރަތަމަ މަހު ހިލޭ ބައިވެރިވެވޭނެ އެވެ.

ދިރައިޑްޓެކްސީ ޚިދުމަތްމޮބައިލް އެޕްޝިފާއުﷲ އަބްދުލް ވާހިދުވާހިދު ޖެނެރަލް ޓްރޭޑިން

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
14 އެޕްރީލު 2025

ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް

14 އެޕްރީލު 2025
ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު