Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އައިއޭއީއޭ އަށް އެއްބާރުލުން ދޭނެ ކަމަށް އީރާނުން ބުނެފި 

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އޮތް ނުރައްކާ އިތުރުވެފައި ވާތީ، އައިއޭއީއޭ އާއެކު މަޝްވަރާތައް އިތުރު ކުރުމަކީ އާދައިގެ ކަމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2025 | އަންގާރަ 05:30
އީރާނުގެ ދިދަ, އައިއޭއީއޭ އަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް އީރާނުން ވަނީ ބުނެފައި

އީރާނުގެ ދިދަ, އައިއޭއީއޭ އަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް އީރާނުން ވަނީ ބުނެފައި

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދޭން އީރާނުން ތައްޔާރަށް އޮތް ކަމަށް، އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޚަޒެމް ޣަރިބާބާދީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އައިއޭއީއޭގެ އިސްވެރިޔާ ރަފައެލް ގްރޮސްއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ސޯޝަލް މީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ޣަރީބާބާދީ ވިދާޅުވެފައި ވަނީ އޮސްޓްރިއާގެ ވެރި ރަށް ވިއެނާ ގައި ބޭއްވުނު މަޝްވަރާތަކަކީ "ސީދާ އަދި އުފެއްދުންތެރި" މަޝްވަރާތަކެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ޤައުމީ ސަލާމަތާއި މަސްލަހަތު ރައްކާތެރި ކުރުމާއެކު، އައިއޭއީއޭގެ ސޭފްގާޑްސް އޮބްލިގޭޝަންގެ ތެރެއިން އެޖެންސީއާއެކު އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މި ބައްދަލުވުމަކީ، ޣަރީބާބާދީ ބެއިޖިން ގައި، ރަޝިޔާ އަދި ޗައިނާގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު، ބޭއްވުނު ބައްދަލުވުމެކެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އޮތް ނުރައްކާ އިތުރުވެފައި ވާތީ، އައިއޭއީއޭ އާއެކު މަޝްވަރާތައް އިތުރު ކުރުމަކީ އާދައިގެ ކަމެއް ކަމަށެވެ.

މާޗު މަހުގެ ހަތް ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނާއީ އަށް ފޮނުއްވި ސިޓީއެއްގައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން އަލުން މަޝްވަރާތައް ފެށުމަށް ގޮވާލައްވާފައިވެ އެވެ.

އަދި އެކަމަށް އިންކާރުކޮށްފި ނަމަ، ހަނގުރާމަވެރި ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވެ އެވެ. ނަމަވެސް، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ދެކޮޅު ހަދާ ކަމަށް އީރާނުން ވަނީ ހާމަކޮށްފަ އެވެ.

މީގެ ކުރިން 2015 ގައި ވެވުނު ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު، އީރާނުން ޔުރޭނިއަމް އެންރިޗް ކުރުން 60 ޕަސެންޓަށް އިތުރު ކޮށްފައިވެ އެވެ.

މިއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 ޕަސެންޓާ ގާތް މިންވަރެކެވެ. މިހާރު އީރާނުން ވަނީ އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނާ އެކު އެއްބަސްވުން އަލުން ހަރުދަނާ ކުރުމަށް މަސައްކަތް ތަކެއް ފަށާފައި އެވެ.

އައިއޭއީއޭއީރާންރަފައެލް ގްރޮސްޚަޒެމް ޣަރިބާބާދީޑޮނަލްޑް ޓްރަމްޕްޢަލީ ޚަމަނާއީނިއުކްލިއަރ ޕްރޮގްރާމް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު