Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް-އީރާން

އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި

އެކަން ހާމަ ކޮށްފައި ވަނީ އީރާާންގެ ފޮރިން މިނިސްޓްރީ އިން. އެ މިނިސްޓްރީ އިން ބުނެފައި ވަނީ، އަރާގްޗީ އާއި ކޫޕާ މަޝްވަރާ ކޮށްފައި ވަނީ "ކުޑަ ވަގުތު ކޮޅަކަށް" ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 05:18
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ކޫޕާ އަދި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ކޫޕާ އަދި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި، އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވައިވެޓް ކޫޕާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.

އެކަން ހާމަ ކޮށްފައި ވަނީ އީރާާންގެ ފޮރިން މިނިސްޓްރީ އިންނެވެ. އެ މިނިސްޓްރީ އިން ބުނެފައި ވަނީ، އަރާގްޗީ އާއި ކޫޕާ މަޝްވަރާ ކޮށްފައި ވަނީ "ކުޑަ ވަގުތު ކޮޅަކަށް" ކަމަށެވެ. 

އެގޮތުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ފޯނު މަޝްވަރާގައި ވަނީ ދެ ޤައުމުން އެކުވެގެން މައްސަލަ ތަކަށް ހައްލު ހޯދުމާއި، މަޝްވަރާގެ މަތިން ކަންކަން ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައި ކަމަށް ބުނެފައިވެ އެވެ. 

އިނގިރޭސިވިލާތުގެ ސަރުކާރުގެެ މަސްދަރަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލައިގައި ޑިޕްލޮމެޓިކް ޙައްލެއް ހޯއްދެވުމަށް، އެ ޤައުމުގެ ފޮރިން ސެކްރެޓަރީ ކޫޕާ ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގެ އިތުރުން، ބައެއް އެހެން މައްސަލަ ތަކުގެ ވާހަކަ ވެސް ކޫޕާ ދައްކަވާފައިވާ ކަމަށް ބުނެފައިވެ އެެވެ. 

މީގެ އިތުރުން އެ މަޝްވަރާ ތަކުގައި ކޫޕާ ވަނީ، އީރާން އިން ހައްޔަރު ކޮށްފައިވާ އިނގިރޭސިވިލާތުގެ ދެ ރައްޔިތުންގެ މައްސަލަ ވެސް ފާހަގަ ކުރައްވާފައި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އީރާން އިން ވަނީ ޖާސޫސީ ތުހުމަތެއްގައި އިނގިރޭސިވިލާތުގެ ދެ މީހަކު ހައްޔަރު ކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް، އީރާންގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި މި ދެ މީހުންގެ ވާހަކަ ހިމާނަފައި ނުވެ އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ މައްސަލައިގައި ޔޫރަޕުގެ ތިން ޤައުމަކުން ނަގާފައިވާ ފިޔަވަޅު ތަކަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ކަމެއްގެ ގޮތުގައި އަރާގްޗީ ސިފަ ކުރައްވާފައިވާ ކަމަށެވެ. އެ ތިން ޤައުމަކީ އިނގިރޭސިވިލާތް، ޖަރުމަނު އަދި ފްރާންސް އެވެ. 

އިނގިރޭސިވިލާތާއި، ފްރާންސް އަދި ޖަރުމަނުން ވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅިގެން އދ އިން އެ ޤައުމަށް ކުރިމަތި ކޮށްފައިވާ ދަތި ކުރުންތަކަށް އަމަލު ކުރަން އަލުން ފަށައިފަ އެވެ. އެކަމާ ގުޅިގެން މީގެ ކުރިން ވެސް އީރާން އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

އީރާން އިން ހައްޔަރު ކޮށްފައި ތިބި އިނގިރޭސިވިލާތުގެ ދެ މީހުންނަކީ، ދެމަފިރިންނެވެ. އުމުރުން 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ އީރާންގެ މެދު ތެރޭގެ ސަރަހައްދުން ކަމަށް ބުނެފައިވެ އެވެ. އެއީ އީރާންގެ ކާމަން ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށެވެ. އެ މީހުން އެ ހިސާބުން ދަތުރު ކުރަމުން ދިޔައީ، ދުނިޔޭގެ ހުރިހާ ހިސާބަކަށް ދަތުރު ކުރުމުގެ ޕްލޭނެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ. 

އީރާން އިން ތުހުމަތު ކޮށްފައި ވަނީ މި ދެ މީހުން ވެސް ފަތުރުވެރިންގެ ގޮތުގައި އެ ޤައުމަށް ވަދެ، ބޭރުގެ އިންޓެލިޖެންސް ސާވިސް ތަކަށް މައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ދެ މީހުންގެ އާއިލާ އިން ވަނީ އެކަން ދޮގު ކޮށްފަ އެވެ. 

މަސްދަރު: އޭއެފްޕީ

އައްބާސް އަރަގްޗީއީރާން-އިނގިރޭސިވިލާތްއީރާން ނިއުކްލިއަރ ޕްރޮގްރާމްއިވެޓް ކޫޕަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އިނގިރޭސި ޚާރިޖީ ވަޒީރު އެ ގައުމުގެ ބޮޑު ވަޒީރުގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކޮށްފި

އިނގިރޭސި ޚާރިޖީ ވަޒީރު އެ ގައުމުގެ ބޮޑު ވަޒީރުގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކޮށްފި

05 ސެޕްޓެމްބަރު 2025
ސައުދީގެ ވަލީ އަހުދާއި، އީރާންގެ ޚާރިޖީ ވަޒީރުގެ ބައްދަލުވުމެއް

ސައުދީގެ ވަލީ އަހުދާއި، އީރާންގެ ޚާރިޖީ ވަޒީރުގެ ބައްދަލުވުމެއް

09 ޖުލައި 2025
އިސްރާއީލުން ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންދަން، އީރާނުން އޮތީ ފުރިހަމަ އަށް ތައްޔާރަށް: ރިޕޯޓް

އިސްރާއީލުން ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންދަން، އީރާނުން އޮތީ ފުރިހަމަ އަށް ތައްޔާރަށް: ރިޕޯޓް

08 ޖުލައި 2025
މަޝްވާރަތައް ފެށުމުގެ ކުރިން ސަލާމަތީ ޔަގީންކަން ބޭނުންވާ ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

މަޝްވާރަތައް ފެށުމުގެ ކުރިން ސަލާމަތީ ޔަގީންކަން ބޭނުންވާ ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

01 ޖުލައި 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު