Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިމަންސް ކާވާ ކަޕް

ފުރިހަމަ ރެކޯޑާ އެކު ރާއްޖެ ފައިނަލަށް

ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ތާރީޚީ ފައިނަލްގައި ރާއްޖެ އިން ނިކުންނާނީ އަނެއްކާ ވެސް ކިރްގިސްތާނާ ދެކޮޅަށް. ރާއްޖެ އިން މިއަހަރުގެ މުބާރާތާ ކުރިމަތިލީ ވެސް ރަން މެޑަލް ހޯދުމުގެ އަޒުމުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 03:42
ސެމީ ފައިނަލްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސެމީ ފައިނަލްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ކަޕްގެ ސެމީ ފައިނަލްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ރާއްޖެ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ. 

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ރާއްޖެ އިން ކާމިޔާބު ކުރީ 25-17، 25-12، އަދި 25-12 އިންނެވެ. މުބާރާތުގެ ލީގު ބުރުގައި ވެސް ރާއްޖެ އިން ވަނީ ބަންގްލަދޭޝްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. ލީގު ބުރެކޭ އެއް ގޮތަށް، ސެމީ މެޗުގައި ވެސް ރާއްޖެ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

ހަތަރު ޤައުމު ވާދަ ކުރާ މުބާރާތުގެ ލީގު ބުރުގައި ރާއްޖެ އިން ކުޅުނުު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަދި ދެ ވަނަ މެޗުގައި އަފްޣާނިސްތާންގެ މައްޗަށް ރާއްޖެ އިން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ލީގު ބުރުގެ ފަހު މެޗުގައި ކިރްގިސްތާން އަތުން ތިން ސެޓު އެއް ސެޓުން މޮޅުވެ، ރާއްޖެ އިން ސެމީ ފައިނަލްގެ ފުރުސަތު ހޯދީ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ތާރީޚީ ފައިނަލްގައި ރާއްޖެ އިން ނިކުންނާނީ އަނެއްކާ ވެސް ކިރްގިސްތާނާ ދެކޮޅަށެވެ. ރާއްޖެ އިން މިއަހަރުގެ މުބާރާތާ ކުރިމަތިލީ ވެސް ރަން މެޑަލް ހޯދުމުގެ އަޒުމުގަ އެވެ. އެ އަޒުމުގައި ރާއްޖެ އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ތާރީޚީ ރަން މެޑަލް ހޯދުމުގެ އުންމީދު ރާއްޖެ އަށް ވަރަށް ބޮޑެވެ. 

މީގެ ކުރިން ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ވަނީ ރިހި މެޑަލް ވެސް ހޯދައިފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލްގައި ރާއްޖެ އިން ކުޅުނު ނަމަވެސް، އެ ފަހަރު ވަނީ ބަލިވެފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ރާއްޖޭގައި އޮތް ކާވާ މުބާރާތުގެ ފައިނަލްގައި ވެސް ރާއްޖެ އިން ވާދަ ކުރި އެވެ. އެ ފަހަރުގެ ފައިނަލްގައި ރާއްޖެ ބަލިވެފައި ވަނީ ކިރްގިސްތާން އަތުންނެވެ.

ކާވާވިމަންސް ކާވާ ކަޕްގައުމީ އަންހެން ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ކިރްގިސްތާން ބަލިކޮށް، އެއް ވަނައިގައި ރާއްޖެ ސެމީ ފައިނަލަށް

ކިރްގިސްތާން ބަލިކޮށް، އެއް ވަނައިގައި ރާއްޖެ ސެމީ ފައިނަލަށް

23 ޑިސެމްބަރު 2025
ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި

ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި

22 ޑިސެމްބަރު 2025
ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

21 ޑިސެމްބަރު 2025
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު