Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސަރުކާރުގެ ވިޔަފާރި ކުންފުނިތައް

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ ދަށްވެ، ކުންފުނިތަކުގެ ޖުމްލަ ދަރަނި 55.8 ބިލިއަނަށް!

ޕީސީބީގެ 2024 ވަނަ އަހަރުގެ ރިޕޯޓު ދައްކާ ގޮތުން 13 ކުންފުންޏަކަށް ގެއްލުންވެފައިވާއިރު ކުންފުނިތަކުގެ ޖުމްލަ ދަރަނި 55.8 ބިލިއަނަށް އަރާފައިވެއެވެ. ސަރުކާރު ހިއްސާވާ 33 ކުންފުނީގައި ފައިނޭންސް ދާއިރާގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުން މަދުވުމާއި 13 ކުންފުންޏެއްގެ އެކްސްޓާނަލް އޮޑިޓް ނިމިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 13:47
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ކުރީ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު އާމްދަނީ 13 އިންސައްތަ ދަށަށް ގޮސް ސާފު ފައިދާ 3 އިންސައްތަ ދަށަށް ހިނގައްޖެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ގައި ބުނެފައިވަނީ، ހުސްވި އަހަރު 13 ކުންފުންޏަކަށް ގެއްލުންވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ސަރުކާރުން ފައިސާ ދީގެން ހިންގާ ކުންފުނިތަކެއް ކަމަށް ވެސް ޕީސީބީ އިން ބުނެފައިވެ އެވެ.

ޕީސީބީ އިން ބުނީ 2024 ވަނަ އަހަރު ނިމުނު އިރު ކުންފުނިތަކުގެ ޖުމްލަ ދަރަނި 55.8 ބިލިއަނަށް އަރާ ކަމަށެވެ. އެއީ ކުރީ އަހަރާ ބަލާއިރު 17.5 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ.

2024 ވަނަ އަހަރު ނިމުނު އިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި 33 ކުންފުނި އޮތެވެ. އޭގެ ތެރޭގައި ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަނީ 23 ކުންފުންޏެވެ.

ޕީސީބީ އިން ބުނީ، ކުންފުނިތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ކުންފުނިތަކުގެ ބޯޑުގައި ފައިނޭންސް ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުން މަދުވުމަކީ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމުގައެވެ.

ޗީފް ފައިނޭންޝަލް އޮފިސަރުންގެ ގޮތުގައި 2024 ވަނަ އަހަރު ވެސް 4 ކުންފުންޏެއް ގައި ޕީސީބީ އިން ކަނޑައަޅާފައިވާ ފެންވަރުގެ މުވައްޒަފުން ނެތް ކަމަށާއި، 13 ކުންފުންޏެއްގެ އެކްސްޓާނަލް އޮޑިޓް ނިމިފައި ނުވާތީ އަހަރީ އާންމު ޖަލްސާ ބޭއްވިފައި ނުވާ ކަމަށާއި އަހަރީ ރިޕޯޓު ވެސް ތައްޔާރުވެފައި ނުވާ ކަމަށެވެ. މީގެ ތެރޭގައި އެއް އަހަރަށް ވުރެ ގިނަ އަހަރު އޮޑިޓް ކޮށްފައި ނުވާ ކުންފުނިތައް ހުރި ކަމަށް ވެސް ބުނެފައިވެއެވެ.

2024 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑު ގައި ސަރުކާރު ތަމްސީލު ކުރާ 202 މީހުން ތިއްބެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިތައްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުކޯޕަރޭޓް ގަވަރނަންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ހިއްސާވާ 13 ކުންފުންޔެއް، 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރޭ

ސަރުކާރު ހިއްސާވާ 13 ކުންފުންޔެއް، 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރޭ

15 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު