Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޯޕަރޭޓް ގަވަރނަންސް

މުވައްޒަފަކާ އެކު ލޯބީގެ ގުޅުމެއް ހިންގައިގެން ނެސްލޭގެ ސީއީއޯ ވަޒީފާއިން ވަކިކޮށްފި

2 ސެޕްޓެމްބަރު 2025 | އަންގާރަ 11:34

ނެސްލޭގެ ސީއީއޯ ގެ މަގާމުގައި ހުރި ލޯރަން ފްރެކްސް 40 އަހަރާ ގާތްކުރާ މުއްދަތެއް އެކުންފުނީގައި ވަނީ ހޭދަކޮށްފައެވެ. މަގާމުން އޭނާ ވަކި ކުރުމާއެކު ފިލިޕް ނަވްރަޓިލް ވަނީ އައްޔަނުކުރެވިފައެވެ.

ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 11:34
ނެސްލޭގެ ސީއީއޯ ލޯރެން ފްރެކްސް

ނެސްލޭގެ ސީއީއޯ ލޯރެން ފްރެކްސް

ނެސްލޭގެ ސީއީއޯ ކުންފުނީގެ މުވައްޒަފަކާ ސިއްރު ލޯބީގެ ގުޅުމެއް ހިންގުމުން ވަޒީފާ އިން ވަކި ކޮށްފިއެވެ.

މަގާމުން ވަކި ކުރި އިރު އެ ވަޒީފާގައި އޭނާ ހޭދަ ކޮށްފައި ވަނީ އެންމެ އަހަރެއްހާ ދުވަހެވެ.

ކުންފުނިން ބުނީ ވަޒީފާ އިން ވަކި ކުރީ "ސީދާ އޭނާގެ ދަށުން މަސައްކަތްކުރާ" މުވައްޒަފަކާއެކު އޮތް "ލޯބީގެ ގުޅުން" ހާމަ ނުކުރުމުގެ ސަބަބުން ކަމަށެވެ.

ކިޓްކެޓް ޗޮކްލެޓް އާއި ނެސްޕްރެސޯ ކޮފީ ކެޕްސިއުލް އުފައްދާ ސުވިސް ކުންފުނިން ބުނެފައި ވަނީ ލޯރެން ފްރެކްސް ވަނީ "ވަގުތުން" ވަޒީފާ އިން ވަކިކޮށްފައި ކަމަށެވެ.

އޭނާ ވަކި ކުރީ ނެސްލޭގެ ޗެއަރމަނާއި ލީޑް އިންޑިޕެންޑެންޓް ޑިރެކްޓަރ ހިންގި ތަޙްޤީޤަކަށްފަހުގައެވެ.

ބީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ތަޙްޤީޤު ފެށުނީ ކުންފުނީގެ ވިސްލްބްލޯވިންގ ޗެނަލް މެދުވެރިކޮށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެންނެވެ.

ނެސްލޭގެ ޗެއަރ ޕޯލް ބުލްކް ވިދާޅުވީ: "މިއީ ކޮންމެހެން ނިންމަންޖެހުނު ނިންމުމެކެވެ. ނެސްލޭގެ އަގުހިފެހެއްޓުމާއި ހިންގުމުގެ އުސޫލުތަކަކީ ކުންފުނީގެ ވަރުގަދަ ބިންގަލެވެ. ލޯރަން ނެސްލޭ އަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރަމެވެ."

ބީބީސީ އިން ބުނީ އެނގިފައިވާ ގޮތުގައި މި ގުޅުމަކީ އެގްޒެކެޓިވް ބޯޑުގައި ނުހިމެނޭ މުވައްޒަފަކާ އެކުގައި އޮތް ގުޅުމެކެވެ. އަދި މިއީ މަސްލަހަތު ފުށުއަރާ ކަމަކަށްވާތީ ތަޙްޤީޤު ހިންގީ ކަމުގައެވެ.

ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރު ކުރީކޮޅު މިކަން ފެންމަތިވެ ފްރެކްސް އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފަކާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ކުންފުނީގެ މުވައްޒަފުން ކަންބޮޑުވުން ވަނީ ފާޅު ކޮށްފައެވެ. އެހެން ނަމަވެސް މި ކަންބޮޑުވުންތަކާ އެކު ހިންގި އިންޓަރނަލް ތަޙްޤީޤަކަށްފަހު، މި ތުހުމަތުތައް ސާބިތުނުވާ ކަމަށް ނިންމުނެވެ. ނަމަވެސް ޝަކުވާތައް އޭގެ ފަހުން ވެސް ދެމިގެން ދިޔުމާއެކު، ނެސްލޭ އިން ހިންގި އިތުރު ތަހުގީގަކުން ތުހުމަތުތައް ސާބިތުވިއެވެ.

ނެސްލޭގެ ސްޕޯކްސްޕަރސަން ބުނެފައިވަނީ: "ކުންފުނިން ހުރިހާ ވަގުތެއްގައިވެސް ޢަމަލުކުރީ އެންމެ ރަނގަޅު ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކާ އެއްގޮތައް ކަމަށެވެ. އަދި ކުންފުނީގެ ނިންމުން ދައްކުވައިދެނީ، ކުރެވޭ ތުހުމަތުތަކާއި ތަޙްޤީޤުތަކަށް ސީރިއަސްކޮށް ރިޢާޔަތް ކުރާކަމެވެ."

ވަޒީފާ އިން ވަކި ކުރި ފްރެކްސް ވަނީ ނެސްލޭގައި 40 އަހަރާ ގާތްކުރާ މުއްދަތެއް ހޭދަކޮށްފައެވެ. ނަމަވެސް މާކް ޝްނައިޑަރގެ ބަދަލުގައި ގްލޯބަލް ސީއީއޯގެ މަޤާމަށް އޭނާ އައީ މިދިޔަ ސެޕްޓެމްބަރުގައެވެ. ނެސްލޭ އިން ކަށަވަރުކޮށްދީފައި ވަނީ ވަޒީފާ އިން ވަކި ކުރި އިރު އޭނާއަށް އެގްޒިޓް ޕެކޭޖެއް ނުލިބޭނެ ކަމަށެވެ.

2001 އިން ފެށިގެން ނެސްލޭގައި މަސައްކަތް ކުރާ ފިލިޕް ނަވްރަޓިލް ވަނީ ފްރެކްސްގެ ބަދަލުގައި ސީއީއޯ ގެ މަގާމަށް އައްޔަން ކޮށްފައެވެ.

ދުނިޔޭގެ މަޝްހޫރު އެހެން ބައެއް ކުންފުނިތަކުންވެސް ވަނީ އިންޓާނަލް ތަހުގީގުތަކަށް ފަހު ސީއީއޯ އިން ވަކިކޮށްފައެވެ.

އެ ގޮތުން ތިން އަހަރު ވަންދެން ތެޔޮ ޖަޔަންޓް ބީޕީ ކުންފުނި ހިންގި ސީއީއޯ ބަރނާޑް ލޫނީ ވަނީ އިންޓާރނަލް ތަހުގީގަކާ ގުޅިގެން އިސްތިއުފާ ދީފައެވެ.

މުވައްޒަފަކާ އޮތް ގުޅުމެއް ފަޅާ އެރުމުން ސްޓީވް އީސްޓަރބްރުކް ވަނީ 2019 ގައި މެކްޑޮނަލްޑްސް އިން ވަކިކޮށްފައެވެ.

މަސްދަރު: ބީބީސީ

ނެސްލޭކޯޕަރޭޓް ގަވަރނަންސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
29 ޖެނުއަރީ 2017

މުޅި ބޮލީވޫޑް ބަންސާލީއާ އެކު

29 ޖެނުއަރީ 2017
މުޅި ބޮލީވޫޑް ބަންސާލީއާ އެކު
23 ޖެނުއަރީ 2017

"ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

23 ޖެނުއަރީ 2017
 "ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި
11 ޖެނުއަރީ 2017

"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު

11 ޖެނުއަރީ 2017
"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
10 ޖެނުއަރީ 2017

ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް

10 ޖެނުއަރީ 2017
 ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް