Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހދ ކުމުންދޫ

މިސަރުކާރުން ކުމުންދޫ ގައި ފެށި އެއްވެސް ކަމެއް އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދޭ، ސިއްހީ މަރުކަޒުގެ ބާ އިމާރާތް ތަޅަމުން ދަނީ އެމްޓީސީސީ އިން ގެންގުޅޭ މަރުތޭލަކުން: ކައުންސިލް ރައީސް އަމީން

ކައުންސިލްގެ ރައީސް އަމީން އަހުމަދު ވިދާޅުވީ ރައީސް މުޢިއްޒު ފެއްޓެވި މަޝްރޫއުތައް އުންމީދުކުރި ގޮތަށް ކުރިއަށް ނުދާ ކަމަށެވެ. ފިޓްނަސް ސެންޓަރާއި ސިއްހީ މަރުކަޒުގެ މަސައްކަތް އެންމެ ލަސްކަން ފާހަގަކުރައްވައި ރައީސް ވައުދުވެވަޑައިގެންނެވި ބަނދަރުގެ މަސައްކަތް ދެ މަސްތެރޭ ނުފެށި މިހާރު ހަތަރު މަސް ވަމުންދާއިރު ވެސް މަސައްކަތް ނުފެށޭކަން ފާހަގަކުރެއްވި އެވެ. އަމީން ވިދާޅުވީ ރައީސް ސާލިހްގެ ސަރުކާރުން ފެއްޓެވި ހުރިހާ މަޝްރޫއުއެއް ނިމިގެން ހިދުމަތް ދަނީ ލިބެމުން ކަމަށް.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 06:47
ކުމުންދޫ ކައުންސިލް ގެ ރައީސް އަމީން އަހުމަދު

ކުމުންދޫ ކައުންސިލް ގެ ރައީސް އަމީން އަހުމަދު

ރައީސް ޑރ މުހައްމަދު މުޢިއްޒު 27 އޮގަސްޓުގައި ކުމުންދޫ އަށް ވަޑައިގެން ގިނަ މަޝްރޫއުތަކެއް ފެއްޓެވި ދުވަހަކީ ކުމުންދޫ ރައްޔިތުން ގެ ހަޔާތުގައި ވަރަށް އުންމީދީ ދުވަހެއް ކަމަށާއި އެހެން ނަމަވެސް ފެއްޓެވި އެއްވެސް މަސައްކަތެއް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ކައުންސިލް ގެ ރައީސް އަމީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވި 'ފަށާއިރު' ޕްރޮގްރާމުގައި ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ކައުންސިލް ގެ ރައީސް އަމީން ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް އެ ދުވަހަކީ އުންމީދީ ދުވަހަކަށްވީ އެހާ ބައިވަރު މަޝްރޫއުތަކެއް ފައްޓަވައި ދެއްވީމަ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މަޝްރޫއުއެއް ރައްޔިތުން އުންމީދު ކުރިގޮތަށް ކުރިއަށް ނުދާކަން އަމީން ފާހަގަ ކުރެއްވި އެވެ. 

Advertisement - newsAdvertisement

އަމީން ވިދާޅުވީ، ރައީސް މުޢިއްޒު އެރަށަށް ވަޑައިގެން ފެއްޓެވި މަޝްރޫއުތަކުގެ ތެރެއިން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގެ ބިންގާ އެޅި ކަމަށާއި އެހެން ނަމަވެސް އެ މަޝްރޫއު ގެ އަމަލީ މަސައްކަތް ނުފެށޭ ކަމަށެވެ. އަދި ކުމުންދޫ ސިއްހި މަރުކަޒު ގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ، މިހާރު އެތަނުގައި ކުރިއަށް ދަނީ ކުރީގެ އިމާރާތް ތެޅުމުގެ މަސައްކަތް ކަމަށާއި އަދި އެކަން ކުރަނީ އެމްޓީސީސީ ގެ މީހުން މަރުތޭލުން ތަޅަައިގެން އެމީހުންނަށް ވީ ވަރަކުން ކަމަށެވެ. 

ފުލުހުންގެ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތުގެ ކޮންކްރީޓް މަސައްކަތް ކޮންމެސް ވަރަކަށް ކުރިއަށް އެބަ ހިނގާ، ދެން ސުކޫލު މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް އާމިރު މެންނަށް ވެސް ފެނިވަޑައިގަންނަވާނެ ފެންސުގެ މަސައްކަތް އެކަނި ކުރެވިފަ ވަނީ ދެން ކުމުންދޫ ހެލްތް ސެންޓަރު ގައި ވެސް އިމާރާތް ތެޅުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ހަމަ މަރުތޭލުން ހިފައިން އެބޭފުޅުންނަށް ވީވަރަކުން އެމަސައްކަތް ކުރަމުންދޭ. އަލުގަނޑުމެން ހަގީގަތުގައި ވަރަށް އުންމީދު ކުރިން އެމްޓިސީ އާ ހަވާލު ކުރީމަ، ކުރިން އެމްޓީސީ އަކީ ހަމަ އެކްސްކަވޭޓަރާ ލޮރީ އާއި އެއްޗެހި ހިފައިގެން އައިސް މަސްއްކަތް ފަށާ ބައެއް އެހެން ނަމަވެސް މިފަހަރު ހަމަ މިހުން އައީ އަދި މިތަނުގައި ހެވީ ވެހިކަލް އެއް ބޭނުން ކޮށްގެން މަސައްކަތެއް ކުރެވޭނެ ކަމުގެ ގާބިލު ކަމެއް ނުފެނެ.
ކުމުންދޫ ކައުންސިލް ގެ ރައީސް އަމީން އަހުމަދު 

އޭގެ އިތުރުން އަމީން ވިދާޅުވީ ކުމުންދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބަނދަރުގެ މައްސަލަ ކަމަށެވެ. އެގޮތުން ކުމުންދޫގެ ރައްޔިތުން އެދޭ ފަދަ އައު ބަނދަރު ގެ އަމަލީ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ފައްޓަވައި ދެއްްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ނަމަވެސް އޭގެ ފަހުން މިހާރު ދެމަސް ވެސް ފަހަނަ އަޅާ ގޮސް 4 ވަނަ މަސް ނިމުމަކާ ގާތަށް ދާއިރު ވެސް ނުފެށޭކަން އަމީން ފާހަގަ ކުރެއްވި އެވެ. އަދި އެއީ ރިޔާސީ އިންތިހާބު ގައި ވެސް ވީ ވައުދެއްކަމަށް އަމީން ވިދާޅުވި އެވެ. 

މީގެ އިތުރުން އަމީން ވިދާޅުވީ ރަށުގައި ދިމާވާ މައިގަނޑު ގޮންޖެހުމަކީ އާމްދަނީ ލިބޭ މަސައްކަތްތައް މަދުވުން ކަމަށާއި އެގޮތުން އެރަށުގައި ކުރަމުންދިޔަ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ވަޅު ޖެހިފައިވާ ކަމަށެވެ. އެގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދެ އޮޑި އޮންނަ ކަމަށާއި އެހެން ނަމަވެސް މިހާރު ދެ އޮޑި ވެސް ބަނދަރު ގައި އަޅާފައި އޮތީ ކަމަށް އަމީން ވިދާޅުވި އެވެ. ދެ އޮޑި ނުފުރި އޮންނަން ޖެހެނީ މަހުގެ ހަމަ އަގު ނުލިބޭތީ ކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ވަސީލަތް އެކަމުގެ ސަބަބުން ވަނީ ބަންދުވެފައި ކަމަށެވެ.

އަމީން ފާހަގަ ކުރެއްވި ގޮތުގައި ރައިސް ސާލިހް ގެ ސަރުކާރުން ކުމުންދޫ ގައި ގިނަ މަޝްރޫއުތަކެއް ފައްޓަވައި ގާތްގަނޑަކަށް ހުރިހާ މަޝްރޫއުއެއް ވެސް ނިމި ރައްޔިތުންނަށް ހިދުމަތް މިހާރު ދަނީ ލިބެމުންނެވެ. އެގޮތުން ފުޓްސްލް ދަނޑެއް ގާއިމު ކުރެވި، ފެނާއި ނަރުދަމާ ވެސް ގާއިމް ކުރެވި އެތަންތަނުގެ ހިދުމަތް ރައްޔިތުންނަށް މިހާރު ލިބެމުންދާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ފެން ޕްލާންޓް އަކާއި ފެނަކަ އައު އިމާރާތް ވެސް ގާއިމް ކުރެވިގެން ދިޔަ ކަމަށާއި އޭގެ އިތުރުން ވެސް ސުކޫލު 4 ބުރީގެ އިމާރާތަކާއި ވޮލީ ކޯޓެއްވެސް ގާއިމު ކުރެވި އެތަންތަނުގެ ބޭނުން ކުރެވެމުންދާ ކަމަށް އަމީން ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުކުމުންދޫއަމީން އަހުމަދުރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!

05 ޖެނުއަރީ 2026
ވިލިމާލެ ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2025 ގައި ފަށާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

ވިލިމާލެ ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2025 ގައި ފަށާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

04 ޖެނުއަރީ 2026
ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟

ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟

03 ޖެނުއަރީ 2026
ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

02 ޖެނުއަރީ 2026
ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު

ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު

02 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު