Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީސީބީ

ސަރުކާރު ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރަން އަންގައިފި

ޕީސީބީ އިން ބުނީ އެ ކުންފުނިތަކުގެ ފަރާތުން އާންމުންނާއ މީޑިއާ އަށް މައުލޫމާތު ދިނުމަށް އަދި އެކި ފަރާތްތަކުން ސާފުކުރަން ހުށަހަޅާ މައުލޫމަތު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރަން ޖެހޭނެ ކަމަށެވެ. އެ މަގާމަށް އައްޔަނު ކުރާ މީހުންގެ ޝަރުތުތައް ބަޔާން ކޮށް ޕީސީބީ އިން ބުނީ އެ މަގާމަށް ހަމަޖައްސާ މީހުންނަކީ ގާނޫނީ ތަޖުރިބާ ހުރި ނުވަތަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް އަހުލުވެރި ބަޔަކަށް ވުން މުހިއްމު ކަމަށެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 11:24
އެސްއޯއީ ތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އެގްޒެކެޓިވް ޑިރެކްޓަރުން، އަދި ނޮން އެގްޒެކެޓިވް ޑިރެކްޓަރުން އައްޔަނު ކުރުމުގެ ތެރެއިން

އެސްއޯއީ ތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އެގްޒެކެޓިވް ޑިރެކްޓަރުން، އަދި ނޮން އެގްޒެކެޓިވް ޑިރެކްޓަރުން އައްޔަނު ކުރުމުގެ ތެރެއިން

ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހޯދަން އެދި ހުށަހަޅާ މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ޚާއްސަކޮށް، އެ ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރަން  ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ. 

އެ ބޯޑުން އަންގާރަ ދުވަހު މިކަން އަންގާފައި ވަނީ ސަރުކާރު ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އެ ކުންފުނިތަކުގެ ސަބްސިޑަރީތަކަށެވެ. 

Advertisement - newsAdvertisement

މިކަން އަންގައި ޕީސީބީ އިން ބުނީ އެ ކުންފުނިތަކުގެ ފަރާތުން އާންމުންނާއ މީޑިއާ އަށް މައުލޫމާތު ދިނުމަށް އަދި އެކި ފަރާތްތަކުން ސާފުކުރަން ހުށަހަޅާ މައުލޫމަތު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރަން ޖެހޭނެ ކަމަށެވެ. 

އެ މަގާމަށް އައްޔަނު ކުރާ މީހުންގެ ޝަރުތުތައް ބަޔާން ކޮށް ޕީސީބީ އިން ބުނީ އެ މަގާމަށް ހަމަޖައްސާ މީހުންނަކީ ގާނޫނީ ތަޖުރިބާ ހުރި ނުވަތަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް އަހުލުވެރި ބަޔަކަށް ވުން މުހިއްމު ކަމަށެވެ. އަދި އިންފޮމޭޝަން އޮފިސަރުންނަށް ވަކި އީމެއިލް އެޑްރެހެއް ހަދަން ޕީސީބީ އިން ވަނީ އަންގާފަ އެވެ.

އެ ބޯޑުން ބުނީ އިންފޮމޭޝަން އޮފިސަރަށް ވަކި އީމެއިލް އެޑްރެހެއް ހެދުން މުހިއްމު ވަނީ އެ މަގާމުގައި ހުންނަ މުވައްޒަފު ބަދަލުވި ނަމަވެސް، ކުންފުންޏަށް ހުށަހަޅާފައިވާ އާރުޓީއައި ރިކުއެސްޓުތަކާއި އެފަދަ އެހެން މައުލޫމާތުތައް ފަސޭހައިން އެއްތަނަކުން ފެންނަން ހުންނާނެތީ ކަމަށެވެ. 

އެ މަގާމަށް އައްޔަނު ކުރާ އޮފިސަރުންގެ މައުލޫމާތު ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނަން ވާނެ ކަމަށް ވެސް ޕީސީބީ އިން ބުނެ އެވެ. އެ މައުލޫމާތާއެކު އާރުޓީއައި ފޮނުވާނެ އީމެއިލް އާއި އިންފޮމޭޝަން އޮފިސަރަށް ގުޅޭނެ ނަންބަރު ވެސް ފަސޭހައިން ފެންނަގޮތަށް ވެބްސައިޓު ގައި ހުންނަން ވާނެ ކަމަށް ޕީސީބީ ގެ ސާކިޔުލާގައި ބުނެފައިވެ އެވެ.

ޕީސީބީ އިން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލު ކުރުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ލާޒިމު ކަމެކެވެ. އެހެން ކަމުން އެކަން ކުންފުނިތަކަށް އެ ބޯޑުން ވަނީ ހަނދާން ކޮށްދީފަ އެވެ. 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ސަރުކާރު ކުންފުނިތައްސަރުކާރު ހިއްސާވާ ކުންފުނިތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

15 ޑިސެމްބަރު 2025
ސަރުކާރުގެ ބޮޑު 12 ކުންފުނި ގެއްލުމުގައި! އެންމެ ބޮޑު ގެއްލުމެއް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ އާރްޑީސީ އަށް

ސަރުކާރުގެ ބޮޑު 12 ކުންފުނި ގެއްލުމުގައި! އެންމެ ބޮޑު ގެއްލުމެއް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ އާރްޑީސީ އަށް

14 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
3 އޮކްޓޯބަރާއި ގުޅިގެން ރައީސް މުއިއްޒު ދުއްވެވި ދެބޯގެރިއަކަށް މިފަހަރު ރައްޔިތުންނެއް ނުބެލި!

3 އޮކްޓޯބަރާއި ގުޅިގެން ރައީސް މުއިއްޒު ދުއްވެވި ދެބޯގެރިއަކަށް މިފަހަރު ރައްޔިތުންނެއް ނުބެލި!

04 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު