Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުހައްމަދު މުއިއްޒު

3 އޮކްޓޯބަރާއި ގުޅިގެން ރައީސް މުއިއްޒު ދުއްވެވި ދެބޯގެރިއަކަށް މިފަހަރު ރައްޔިތުންނެއް ނުބެލި!

މިހުރިހާ ކަމެއް މިސަރުކާރުން ކުރަމުން ދިޔައީ އެންމެ ބޭނުމެއްގައެވެ. 3 އޮކްޓޯބަރު ފެއިލް ކޮށްލުމެވެ. މީހުން ނުކުތަ ނުދިނުމެއެވެ. ސަރުކާރަށް ތާއީދު ގެއްލިއްޖެކަން ނުފެންނާނެހާ ގޮތެއް ހެދުމަށެވެ. ހަދިޔާ ދީގެންނެއެވެ. ބިރު ދައްކައިގެންނެވެ. މަޖުބޫރުކޮށްގެންނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2025 | ހޮނިހިރު 14:25
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާ ހުއްޓާލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރޭ

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާ ހުއްޓާލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރޭ

އޮކްޓޯބަރ 3 ގައި އެމްޑީޕީ މުޒާހަރާއެއް ބާއްވަން އިއުލާން ކުރުމާއި އެކު ފެނުނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ތެޅިގަތްތަނެއެވެ. ތުރުތުރު އަޅައިގެން ތަނެއެވެ. ދުވަސް ކައިރި ވަމުން ދިޔަ ވަރަކަށް މި ތުރުތުރާއި ތެޅުން ދިޔައީ އިތުރުވަމުންނެއެވެ. އެއްވުމަށް ހަފްތާއަކަށް ކައިރިވިއިރު ސަރުކާރު ހީވަނީ ފަޔަށް ހިނި އަރައިގެން އުޅޭ ހެންނެއެވެ. ކުކުޅަށް ވަޅި ފެނިގެން އުޅޭ ހެންނެއެވެ. ގިނި ދުށް މީހާއަށް ރަތް މަލެއް ފެނިގެން އުޅޭ ހެންނެއެވެ.

ވާނީވެސް އެހެން ނޫންތޯ އެވެ. ސަރުކާރުގެ އުމުރުން ދެ އަހަރާއި ގާތްވެފައިވާއިރު، ސަރުކާރު އޮތީ ރައްޔިތުންގެ މަތިން ހަނދާން ނައްތާލައިގެންނެއެވެ. ސަރުކާރު ހޭބޯ ނާރާ އުޅުނީ އަމިއްލަ އަންބޮނޑި ބޮޑު ކުރުމާއި އަމިއްލަ ބާހީލަށް ބަންޑާރަ ކަފަ ލެއްވުމުގައެވެ. ރައްޔިތުން ކުރަމުންދިޔަ ޝަކުވާ ތަކާއި، ކުރަމުން ދިޔަ އަދޭސްތަކަށް ސަރުކާރު އޮތީ ބީރު ކަންފަތެއް ދީގެންނެއެވެ. ރިޔާސީ އިންތިހާބުގަޔައާއި މަޖިލިސް އިންތިހާބުގައި، ވީހާ ވައުދުތައް ފުނި ފުންޏަށް އެހުރި ތަނެއްގައި ހުރީ އެވެ. ރައްޔިތުންނަށް ދެއްކިހާ ހުވަފެން، ބިލާހަކަށްވެ ނިމުނީ އެވެ. ކިޔަމުން ގެންދިޔަހާ ޅެން ފަރިއްސަވެ، ދެއްކެވިހާ ވާހަކަ ދޮގަށްވެ، އެހުރިހާ ދޮގެއް ބުހުތާނު ދޮގަށް ބަދަލުވެ، ނިމުނީއެވެ. މިހާހިސާބަށް އައި އިރު އިދިކޮޅު އެމްޑީޕީން މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ރައްޔިތުންގެ މަޖިލިސް ތެރެއިންނާއި، މަގުމަތިން ކުރިހާ މަސައްކަތްވެސް އޮތީ ބޭކާރުވެފައެވެ.

ކޮންމެއަކަސް އޮކްޓޯބަރު 3 އަކަށް، ހަފްތާއަކަށްވީއިރު ސަރުކާރަށް ރައްޔިތުން ފެނިއްޖެ އެވެ. ވައުދުތައް މަތިންވެސް ހަނދާންވެއްޖެއެވެ. ސަރުކާރު ހީވީ މޮޔަ ހަސަނަށް މަންމަ ފެނިގެން އުޅޭހެންނެވެ. ކުއްލިއަކަށް އިވުނީ 1 ނޮވެމްބަރުގައި ހުރިހާ އެންމެންގެ މުސާރަ ބޮޑު ކުރަން ނިންމެވި ވާހަކައެވެ. އޭރު އެބުނާ މުސާރައެއް ބޮޑު ކުރަން ބަޖެޓް ފޮތުގައި ޖަހާތާ 2 އަހަރުވީއެވެ. ދެން އިވުނީ ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑު ކުރައްވަން ނިންމެވި ވާހަކައެވެ. ދެން އިވުނީ މިއަހަރު ނިމުމުގެ ކުރިން 300 ހައުސިން ޔުނިޓްގެ މަސައްކަތް މާލެ ސަރަހައްދުގައި އަމަލީ ގޮތުން ފައްޓަވާނެ ވާހަކައެވެ. އޭރު ނުދީ ހިފަހައްޓައިގެން އުޅުނު 4000 ފްލެޓްގެ ތަޅުދަނޑިތައް ބަހަން ފަށައިފިއެވެ. އެންމެ ފަހުން އިވުނީ ދިވެހި ކުންފުނިތަކަށް ސަރުކާރުން ނުދައްކާ ހުރި 9 ބިލިއަނެއްހައި ރުފިޔާ ފަސް ހަފްތާގެ ތެރޭގައި ދެއްވާ ހަލާސް ކުރާނެ ކަމުގެ ވާހަކައެވެ. އޭރު މިވައުދެއްވެސް ތިން ހަތަރު ފަހަރު ކުރިން ވެސް ވެވަޑައިގެންފި އެވެ.

މިވަރަކުން ސަރުކާރަކަށް ހަމަޖެހުމެއް ނުލިބުނެއެވެ. ދެން ސަރުކާރުން ނުކުތީ މުޒާހަރާ އިއުލާން ކުރި މީހުން ބަދުނާމް ކުރާށެވެ. ހުކުރު ވިލޭރޭގެ ދަންވަރު ދެ ބިލިއަނެއް ހައި ރުފިޔާގެ ވައްކަމެއް ފަޅާ އަރާފިއޭ ކިޔައިގެން އޮޑިޓަރ ޖެނެރަލް ލައްވާ ރިޕޯޓެއް ނެރުވައިފިއެވެ. އެމްޓީސީސީންނާއި އެޗްޑީސީ އިންނާއި އާރްޑީސީން ކުއްލި ބަޔާންތައް ނެރެ ކުރީ ސަރުކާރުގެ ވައްކަންތަކެއް ފަޅާ އަރައިފި ކަމުގެ ވާހަކަތަކެއް ދައްކަން ފަށައިފި އެވެ. އަބަދު ނިދާފައި އޮންނަ އޭސީސީއާއި ޕްރޮސެކިއުޓަރ ޖެނެރަލް ހޭލާ ބައިތިއްބައިގެން މައްސަލަތައް ނިންމަން ފަށައިފިއެވެ.

މިހާވަރަކުންވެސް ނުވިއެވެ. ދެން ފެށީ ރައްޔިތުން ބިރުގަންނުވާށެ އެވެ. ގައުމީ ދިފާއީ ބާރުން ކަނޑު މަތީގެ އޮޕަރެޝަނެއް ކަމަށް ބުނެ ސިފައިން ކަނޑު މައްޗަށް ނެރުވައިފި އެވެ. ޑްރިލްތަކެއް ނަމުގައި ސިފައިންނާއި ފުލުހުން ބަރު ހަތިޔާއއި އެކު މަގުމައްޗަށް ނެރެ މުޅި މަގުތައް އެމީހުންނާއި ގެން ފުރައިފި އެވެ. އެންމެ ފަހުން ގޮސް ފުލުހުން ލައްވާ ސިޔާސީ ބަޔާނެއް ނެރެ މުޅިމާލޭގައި އަލިފާން ރޯކުރަން އުޅޭ ކަމުގެ އިންޓެލިޖެންސް ރިޕޯޓް ލިބިއްޖެ ކަމަށްބުނެ، ބިރު ދައްކަން ފަށައިފި އެވެ.

މިހާވަރަކުންވެސް ސަރުކާރަށް ހަމަ ނޭވާއެއް ނުލެވުނެއެވެ. ބޮޑު މުޒާހަރާއެއް ފެނިދާނެ ކަމުގެ ބިރެއް ނުފިލިއެވެ. ދެން ދިމާކުރީ ސަރުކާރުގެ ކުންފުނިތަކަށާއި އޮފީސް ތަކަށެވެ. ބޭނުންވީ އޭގެ ތެރެއިން އެންމެ މީހަކުވެސް މުޒާހަރާއަށް ނުކުތަ ނުދިނުމެވެ. 3 އޮކްޓޯބަރުގައި އެޗްޑީސީ މުވައްޒަފުން ލައްވާ މުރަކަ އިންދަން ފެށީ އެވެ. ސްޓެލްކޯގައި އޮތީ ޓީވިތް އެމްޑީ ކިޔާ ސަޔަކާއި ފްރީ ޑިނަރއެކެވެ. އެމްޕީއެލް މީހުންނަށް އޯޓީ ހަމަޖައްސާފައި، އެންމެން ބޭތިއްބީ އެތެރޭގައެވެ. ކަސްޓަމްސް އެންމެން ފޮނުވީ މަހަށެއެވެ. ހުޅުމާލޭގައި ޒުވާނުންނަށް ހާއްސަ ޝޯވް ތަކެކެވެ. ބާކީ ހުރި ތަންތަން ރެޑް އެލަރޓްގައެވެ.

ކޮންމެއަކަސް މިހުރިހާ ކަމެއް މިސަރުކާރުން ކުރަމުން ދިޔައީ އެންމެ ބޭނުމެއްގައެވެ. 3 އޮކްޓޯބަރު ފެއިލް ކޮށްލުމެވެ. މީހުން ނުކުތަ ނުދިނުމެއެވެ. ސަރުކާރަށް ތާއީދު ގެއްލިއްޖެކަން ނުފެންނާނެހާ ގޮތެއް ހެދުމަށެވެ. ހަދިޔާ ދީގެންނެއެވެ. ބިރު ދައްކައިގެންނެވެ. މަޖުބޫރުކޮށްގެންނެވެ.

އޮކްޓޯބަރު 3 ވަނަ ދުވަހު އިރު އޮއްސުނުއިރު ސަރުކާރުގެ މޭގަނޑު އޮތީ ތެޅި ތެޅިއެވެ. ޕޮލިހާއި އެމްއެންޑީއެފް އޮތީ ރެޑް އެލަރޓްގައެވެ. މުޒާހަރާ ފަށަން އޮތީ 8:30 ގައެވެ. 8 ޖެހިއިރު މުޒާހަރާ ފަށަން ހަމަޖެހިފައިއޮތް މައިދާން ފުރި ބާރުވެއްޖެއެވެ. އެތައްހާސް ދިވެހި ރައްޔިތުންނާއިގެން މުޅި ހިސާބުގަނޑު ތޮއްޖެހިއްޖެއެވެ. ފެނިދާނެ ކަމަށް ސަރުކާރުން ބިރުން އުޅުނު މަންޒަރު ފެނިއްޖެއެވެ. އަތުވެދާނެ ކަމަށް ސަރުކާރުން ހާސްވެގެން އުޅުނު ވަގުތު އައިސް ޖެހިއްޖެއެވެ. މުޒާހަރާ ފެށިއްޖެއެވެ. އެތައްހާސް ދިވެހި ރައްޔިތުންނެއް ސަރުކާރަށް ނުރުހޭކަން ބުނެފިއެވެ. ރައީސްގެ އިސްތިއުފާއަށް ގޮވައިފިއެވެ. ގައުމު ރައީސް މުއިއްޒުގެ ސަރުކާރުން ލޫޓުވައިފިކަމަށް އެންމެން އެއް އަޑުން އިގުރާރު ވެއްޖެއެވެ. ރައްޔިތުންނާއި އެކު ނުނިކުންނާނެ ކަމަށް ނުފެންނާނެ ކަމަށް ސަރުކާރުން ބުނަމުން އައި އެމްޑީޕީގެ ލީޑަރޝިޕް ތިބީ އެންމެ ކުރީގައެވެ. ވީހާލެއްގައި ވާށެއެވެ. ސަރުކާރަށް ޖެހުނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ އެއްވުން ރޫޅާލާށެއެވެ. އެކަމެއް ނުވިއެވެ. ލަދު ގަންނަން ޖެހުނީ ސަރުކާރެއެވެ. އެތައް ބައިވަރު އަސޭމިރުސް ދުމާއި ސޮނިކް ވެޕަންގެ ނުރައްކާތެރި ގަދަ އަޑުގެ ތެރޭގައިވެސް ފަހަތަށް ނުޖެހި އެމީހުން އަޑު އުފުލަމުން ދިޔައެވެ. އެންމެ ފަހުން އެތައް ބަޔަކު ހައްޔަރުވެސް ކުރީއެވެ. 12 ޖެހުމާއި އެކު އެމްޑީޕީން މުޒާހަރާ ނިންމާލި އިރު ސަރުކާރު ހަމަ ރަނގަޅަށްވެސް ބަލިވެއްޖެ އެވެ. އެމްޑީޕީއާއި ރައްޔިތުން މޮޅުވެއްޖެއެވެ. ލަދުން އިސްޖަހާލަން ސަރުކާރަށް ޖެހުނުއިރު، މުޒާހަރާއިން ނިކުތް މީހުން ގެއަށް ދިޔައީ ފަހުރުވެރިކަމާއި ކާމިޔާބީއާއި އެކުއެވެ.

މިފެންނަނީ ހަމަ ހަގީގަތުގައިވެސް އެމްޑީޕީއެވެ. އަދިވެސް އެމީހުންނަކީ މަގުމައްޗަށް ފަރިތަ އިންތިޒާމްވެގެން ސިޔާސީ ހަރަކާތް ހިންގަން ކުޅަދާނަ ހުދުމުހުތާރު ސަރުކާރުތަކުގެ ކުރިމަތީގައި ގަދަފަދަ ބައެއް ކަން އެމީހުން އެސާބިތު ކޮށްދިނީ ބަދަހި ސަފުތަކެއްގެ ގޮތުގައި ތިބެގެންނެއެވެ. 3 އޮކްޓޯބަރުގެ ބޮޑު، މުޒާހަރާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ސަރުކާރު ލަދުގަންނަވާލާއިފި ކަމާއި މެދު ދެބަސްވާނެ ޖާގައެއް ނެތެއް ނޫންތޯއެވެ.

ރައީސް މުހައްމަދު މުއިއްޒުއެމްޑީޕީ ސަރުކާރު3 އޮކްޓޯބަރ މުޒާހަރާމާލެފުލުހުން-ސިފައިންސަރުކާރު ކުންފުނިތައް

ކޮމެންޓް

އިތުރަށް ކިޔާލަން

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް
ގައި ފުލުހަކު ހައްޔަރު ކޮށްފި

ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް ގައި ފުލުހަކު ހައްޔަރު ކޮށްފި

07 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު