Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުންފުނިތަކުގެ ވެރިންގެ މުސާރަ

ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

އިނާޔަތްތަކުގެ ގޮތުގައި 90،000އަށްވުރެ އިތުރަށް ލިބޭ ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތައް 90،000އަށްވުރެ އިތުރު ނުވާނޭހެން މުސާރައާއި އިނާޔަތްތައް ދިނުމަށް ވަނީ އަންގާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 30 ޖެނުއަރީ 2025 | ބުރާސްފަތި 13:26
 ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އިސް ވެރިންގެ މުސާރަ 90،000އަށް ކުޑަކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް ބުރާސްފަތި ދުވަހު އަންގައިފިއެވެ.

ޕީސީބީން މިގޮތައް އަންގާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ނެރުނު ސާކިއުލާއެއްގައެވެ.

މި ސާކިއުލަރ ގައި ވާގޮތުން މިއީ ސަރުކާރުގެ އިގުތިސާދީ އަދި އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި މުސާރައާ ގުޅޭ ގޮތުން ކުރިއަށް އޮތް ދެ އަހަަރު ދުވަހަށް އެޅުމަށް ރައީސް ނިންމަވާފައިވާ ފިޔަވަޅުތަކެކެވެ.

އެގޮތުން މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 90،000 އަށްވުރެ އިތުރަށް ލިބޭ ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތައް 90،000އަށްވުރެ އިތުރު ނުވާނޭހެން މުސާރައާއި އިނާޔަތްތައް ދިނުމަށް ވަނީ އަންގާފައެވެ. ނަމަވެސް، މި ފިޔަވަޅުތަކުން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން އިސްތިސްނާވެއެވެ.

ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރަ 90،000 އަށްވުރެ އިތުރުވާނަމަ، އިތުރުވާބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށްފަހު 90،000 ރުފިޔާއަށްވުރެ އިތުރުނުވާނޭހެން މުސާރައާއި އިނާޔަތްތައް ދިނުމަށާއި އެކަމާ ގުޅިގެން ގާނޫނީ ގޮތުން މުވައްޒަފުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ އަންގާފައެވެ.

އެހެންކަމުން މިހިނގާ ޖަނަވަރީ މަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ބޭންކުތައް ފިޔަވައި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން މިގޮތަށް އަމަލުކުރުމަށް ޕީސީބީއިން ވަނީ އެދިފައެވެ.

ޕީސީބީން މިއަދު މިފަދައިން ކުންފުނިތަކަށް އަންގާފައި ވާއިރު، ރައީސް ވަނީ އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓު ވެސް ނުނަގާ ގޮތަށް ހަމަޖެއްސުމަށް އަންގަވާފައި ކަމަށް ވެސް ވިދާޅުވެފަ އެވެ. މިކަން ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ. މައުލޫމާތް ލިބިފައިވާގޮތުގައި އެފަދަ ހުށައެޅުމެއް އަދި މަޖިލިހަކަށް ހުށައަޅުއްވާފައެއް ނުވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު