Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު ކުންފުނިތައް ގެއްލުމުގައި

ސަރުކާރުގެ ބޮޑު 12 ކުންފުނި ގެއްލުމުގައި! އެންމެ ބޮޑު ގެއްލުމެއް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ އާރްޑީސީ އަށް

ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެއްލުން ލިބިފައިވާ ކަން ޕީސީބީ ގެ ތަފާސްހިސާބުން ދެއްކި އިރު 12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް ކަން ޕީސީބީ ގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 17:18
12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް

12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް

މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ސަރުކާރު ހިއްސާވާ 12 ކުންފުންނި ހިންގީ ބޮޑު ގެއްލުމެއްގައި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕީސީބީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެސްއޯއީ ތަކަށް ލިބިފައި ވަނީ 13.29 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ.

Advertisement - newsAdvertisement

ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެއްލުން ލިބިފައިވާ ކަން ޕީސީބީ ގެ ތަފާސްހިސާބުން ދެއްކި އިރު 12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް ކަން ޕީސީބީ ގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. 

މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެންމެ ބޮޑު ގެއްލުމެއް ވީ، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ. ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އައިލެންޑް އޭވިއޭޝަން އަށް 46.36 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމަށް ވެސް ޕީސީބީ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ.

ތިން ވަނަ އަށް ވެސް އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށެވެ. އެގޮތުން ތިން ވަނަ އަށް އެންމެ ބޮޑަށް ގެއްލުން ވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް ފުރަތަމަ ކުއަރޓަރުގައި ލިިބިފައި ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

މީގެ ކުރިން ފައިދާގެ ރިކޯޑުތަކާއެކު ހިންގަމުން އައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ވެސް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ބޮޑު ގެއްލުމެއް ލިބިފައި ވެ އެވެ. އެމްޓީސީސީ އަށް 19.66 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު އިރު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ކުންފުންޏަށް 17.55 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. 

ތަފާސްހިސާބަށް ބަލާއިރު ފަހި ދިރިއުޅުން ކޯޕަރޭޝަން އަށް 14.05 މިލިއަންގެ ގެއްލުން، ޓްރޭޑްނެޓް އަށް 10.55 މިލިއަންގެ ގެއްލުން، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އަށް 7.15 މިލިއަންގެ ގެއްލުން، ހައްޖު ކޯޕަރޭޝަން އަށް 6.60 މިލިއަންގެ ގެއްލުން، ޕީއެސްއެމް އަށް 5.72 މިލިއަންގެ ގެއްލުން، ބީސީސީ އަށް 3.65 މިލިއަންގެ ގެއްލުން އަދި ޕޯސްޓް ލިމިޓެޑް އަށް 2.26 މިލިއަންގެ ގެއްލުން ވަނީ ލިބިފަ އެވެ.

ރައީސް މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ހިންގުން ހަރުދަނާ ކޮށް އެފިޝަންޓް ކުރުމަށް ހިމެނިފައިވީ ނަމަވެސް މިހާތަނަށް ވެސް މިކަމަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަން މި ރިޕޯޓުން އެކަނި ވެސް ހާމަ ވެ އެވެ.

އޭގެ އިތުރުން ސަރުކާރު ކުންފުނިތައް ނާގާބިލު ވުމުގެ ސަބަބުން އެ ފައިސާގެ ބައެއް ކުންފުނި ހިންގަން ބޭނުން ކުރާ ކަމަށް އޮޑިޓަރ ޖެނެރަލް ވެސް ވަނީ ހާމަ ކުރައްވާފަ އެވެ. 

މިދިއަ ނޮވެމްބަރު މަހު އޮޑިޓަރ ޖެނެރަލް ނެރުއްވި "ރިވިއު އޮފް ބަޖެޓް ޕޮޒިޝަން ރިޕޯޓް 2024" ގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅިގެން ޚިދުމަތުގެ ނުވަތަ ތަކެތީގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ ސަބަބުން ކުންފުނިތަކަށް ލިބޭ މާލީ ގެއްލުންތަކުގެ ބަދަލު ދިނުމަށް އިންޑައިރެކްޓް ސަބްސިޑީ ދެމުން އައި ނަމަވެސް، މި ސަބްސިޑީ އަކީ އެ ކުންފުނިތަކުގެ ހިންގުމުގެ ނާގާބިލު ކަމަށް ހައްލު ހޯދައިދިނުމަށް ދޫކުރާ ސަބްސިޑީތަކެއް ނޫން ކަން ފާހަގަ ކޮށްފައި ވެ އެވެ.

އެހެން ނަމަވެސް ކުންފުނިތައް ހިންގުން ނާގާބިލު ވުމުގެ ނަތީޖާއެއްގެ ގޮތުން، ސަބްސިޑީ ގެ ގޮތުގައި ދޫކުރާ ފައިސާ ބޭނުން ކުރަނީ ހަމައެކަނި އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެކަނި ނޫން ކަމަށް އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓު ގައި ވެ އެވެ. "އެއާ ޚިލާފަށް، ކުންފުނިތައް ހިންގުމުގައި ހުރި ނާގާބިލުކަމުގެ ސަބަބުން ކުރަންޖެހޭ ޚަރަދުތަކަށް ވެސް،" އެ ފައިސާ ބޭނުން ކުރާ ކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކުންފުނިތައް ހިންގުމުގައި ހުރި މިފަދަ ނާގާބިލުކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވާ ބުރައަށް ރިއާޔަތް ކޮށް، 2024، އަދި 2025 ވަނަ އަހަރުގެ ބަޖެޓުގައި މިފަދަ ބައެއް ސަބްސިޑީތައް އުވާލައި، އޭގެ ބަދަލުގައި ސީދާ ފައިސާގެ އެހީ ހައްގުވާ ފަރާތައް ދިނުމުގެ ނިޒާމެއް ތައާރަފު ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ރާވާފައިވާ ކަމަށް ބުނި ނަމަވެސް، މި ސިޔާސަތުތައް ތަންފީޒުކޮށްފައި ނުވާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައި ވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައްޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

30 ޖެނުއަރީ 2025
އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި

އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި

19 ޑިސެމްބަރު 2024
ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ

ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ

22 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު