Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒު

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

28 ނޮވެމްބަރު 2025 | ހުކުރު 08:35

ކޮންމެ ބޭފުޅަކަށް ވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާ ކަންކަމާއި ބެހޭގޮތުން މިނިވަންކަމާއެކު ވާހަކަ ދެއްކޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ނޮވެމްބަރު 2025 | ހުކުރު 08:35
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މައްޗަންގޯޅި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މައްޗަންގޯޅި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުން ތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަން ޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ ތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަ ތަކެއް ކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުން ތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށް ވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާ ކަންކަމާއި ބެހޭގޮތުން މިނިވަންކަމާއެކު އެ ބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކަ އެއް ދެއްކެވުމުގެ ފުރުސަތު ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި ކުރިއަށްހުރި ބައްދަލުވުން ތަކުގައި ވެސް އަމަލު ކުރައްވާނީ އެ އުސޫލުން ކަމަށް ހީނާ ވިދާޅުވި އެވެ.

އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރައްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހީނާ މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މިފަހުން ރައީސް މުއިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލު ކުރެއްވުންތަކަށް ވަދެވެނީ ރައީސް އޮފީހުން ދައުވަތު ކާޑު ފޮނުވާ މީހުންނަށް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މައްޗަންގޮޅީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމާއި، ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުން ތަކުގައި އެއް ބަޔަކު ބައިވެރިވެ ސުވާލުކޮށް، ޝަކުވާ ހުށަހަޅާފައިވެ އެވެ. އަދި އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވާ މީހުން ވެސް މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެފައިވެ އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުހީނާ ވަލީދު ރައްޔިތުންނާ ބައްދަލުކުރުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް