Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި

ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުން ކަމުގައިވީ ނަމަވެސް ވިހިވަނަ މަޖިލީހުގައި ޒުވާން އުމުރުފުރާގައި ހިމެނެނީ އެންމެ 11 ޕަސެންޓު މެންބަރުން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 12:58
މި ބިލު ހުށަހެޅުއްވި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

މި ބިލު ހުށަހެޅުއްވި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ރައްޔިތުންގެ މަޖިލީހުގެ 30 އިންސައްތަ ގޮނޑި 35 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މި އިސްލާހާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުން ކަމުގައިވީ ނަމަވެސް ވިހިވަނަ މަޖިލީހުގައި ޒުވާނުން ކަމަށް ބަލާ އުމުރުފުރާގައި ހިމެނެނީ އެންމެ 11 ޕަސެންޓު މެންބަރުން ކަމަށެވެ. އެހެންކަމުން ޒުވާނުންގެ ބައިވެރިވުން މަޖިލީހުގައި އިތުރު ކުރުމަށް މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަ ކުރުމަށް ހުށަހަޅައިފި ކަމުގަ އެވެ.

ބިލު ހުށަހެޅި ސަބަބުތައް ބަޔާން ކުރައްވަމުން މީކާއިލް ފާހަގަ ކުރެއްވީ ދިވެހިރާއްޖޭގެ އާބާދީގެ އެންމެބޮޑު ބައެއް ހިއްސާކުރާ އެއްބަޔަކީ ޒުވާނުންކަމަށްވީ ނަމަވެސް، ސިޔާސަތު އެކުލަވައިލުމާއި ގައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ސީދާ ބައިވެރިވުން ވަރަށް ކުޑަ ކަމަށެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ގައުމުގެ ކަންކަމުގައި އެންމެ އިސް ސަފުގައި ބަސްބުނުމުގެ ހައްޤު އެންމެ ފުޅާ ދާއިރާއެއްގައި ހޯދުމުގެ ފުރުސަތު ދައުލަތުން ޒުވާނުންނަށް ތަނަވަސް ކޮށްދިނުމެވެ. މީގެ އިތުރުން، ޒަމާނަށް އަންނަމުންދާ އަވަސް ބަދަލުތަކާއި ޓެކްނޮލޮޖީ އާއި މުއާސަލާތުގެ ވަސީލަތްތަކާއި ދުނިޔޭގެ ކަންކަމަށް ފުރިހަމައަށް ލޯ ހުޅުވިފައިވާ ބަޔަކީ ޒުވާނުންކަމަށް ވާތީ، މުސްތަގުބަލުގައި ގައުމު ކުރިއަށް ގެންދާނެ ޒުވާނުންނާ ގައުމުގެ މުހިންމު ކަންކަން ހަވާލުކުރުމުގެ މަރުހަލާތައް ނިޒާމީ ގޮތެއްގައި ފެށުން، މި ބިލު ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މީކާއިލް ފާހަގަކުރެއްވި އެވެ.

މި ބިލުގެ ދަށުން ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ (ނ) ގެ ފަހަތައް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާއިރު، މެންބަރުންގެ ޢަދަދު ކަމަށް ކަނޑައަޅާ ޖުމްލަ އަދަދުގެ ތިރީސް އިންސައްތަ ދާއިރާއަކީ، އުމުރުން ތިރީސްފަސްއަހަރު ނުފުރޭ މީހުންނަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅާންވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން، އުމުރުން ތިރީސްފަސްއަހަރު ނުފުރޭ މީހުންނަށް ހާއްސަކުރާ ދާއިރާތައް ކަނޑައަޅާނޭ ގޮތް ޤާނޫނަކުން ބަޔާންކުރާންވާނެ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

މި ބިލު ފާސްވެއްޖެނަމަ، ރާއްޖޭގެ ސިޔާސީ ނިޒާމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެ، ގައުމުގެ ކަންކަމުގައި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ޚިޔާލާއި ފިކުރު ބޮޑު ދައުރެއް އަދާކުރާނެ އެވެ. މީގެ އިތުރުން، ޒުވާން ޖީލަށް ސިޔާސީ ލީޑަޝިޕް ހޯދުމުގެ ފުރުސަތު ފަހިވެ، ގައުމުގެ މުސްތަގުބަލަށް ތައްޔާރުވެފައިވާ ޒުވާން ލީޑަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ރައްޔިތުންގެ މަޖިލިސްޤާނޫނުއަސާސީޒުވާނުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު